ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 137 / 179

ޙަބަރު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށް ލައިފިއެވެ. ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއްކޮށްފައި މިވަނީ، ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާއެކު ހެދި އެއްބަސްވުމެއްގެ ދަށުން، ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލާގައެވެ. މި މައްސަލާގައި ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަމަށް ދައުލަތުން ބުނެއެވެ. މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ […]

ޙަބަރު

އަންނަ ނޮވެމްބަރު މަހުން ފެށިގެން ތިން ދާއިރާއެއްގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރ 1 އިން ފެށިގެން ބޮޑުވާނެކަމަށެވެ. “މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށް ވާނީ ދަންނަވާފައި. އަދި […]

ޙަބަރު

މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގައި އަހުމަދު ސައީދު ހުންނެވިއިރު، އެކުންފުނިން އުސުލުތަކާއި ހިލާފަށް އެތައް ކަމެއްކޮށް، ބިިލިއަނުން ގެއްލުން ވެފައިވާކަން ހާމަކޮށް ނެރުނު އޮޑިޓް ރިޕޯޓްގައި ހިމަނާފައިވަނީ ހަގީގަތާއި ހިލާފު މައުލޫމާތުކަމަށް ސައީދު ވިދާޅުވެއްޖެއެވެ. އޮޑިޓް އޮފީހުން ވަނީ ފެނަކަ ކުންފުނީގެ 2021-2023 ގެ މާލީ މުއާމަލާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައެވެ. މި ރިޕޯޓްގައި ވާގޮތުން އެ މުއްދަތުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނަތްތެރިވެފައި […]

ޙަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ލިސްޓަށް ބަދަލު ގެނެސްފައި ނުވާނެކަމަށް ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. މުއްތަލިބް މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑުވެފައިވާކަމަށްބުނެ ނޫހެއްގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ. މުއްތަލިބް ވިދާޅުވީ، 15 ނޮވެންބަރު 2023 ގައި އިއުލާންކުރި ފްލެޓް ލިސްޓަކީ ފައިނަލް ލިސްޓްކަމަށެވެ. އަދި އަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރި އިއުލާނުގައިވާ […]

ޙަބަރު

ޔަހޫދީ އިސްރޭލަށް ހަތިޔާރާއި، މާލީ އެހީތެރިކަން ފޯރުކޮށްދެނީ އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދައުވާކުރާ ގައުމުތަކުންކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ، އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުންނެވެ. ހަލީލް ވިދާޅުވީ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގައުމުތަކުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި ފަލަސްތީނުގައި ހިންގަމުންދިޔަ ގަތުލްއާންމު ނުފެންނަކަމަށް ހަދައިގެން ތިބި ތިބުމަކީ ބޮޑު ލަދެއްކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށްވެސް ދިރިހުރުމާއި ރައްކާތެރިކަން ކަށަވަރުވުމުގެ ހަމަހަމަ ހައްގު […]

ޙަބަރު

ބާޒާރުމަތީ މަސްމާރުކޭޓު ކައިރީގައި ހުންނަ ލިލީ އެފްއެންޑްބީ ފިހާރައެއްގައ ރޯވެ، މުދާތައް އަނދައިފިއެވެ. އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ، ރޭ ދަންވަރު 01:00 ހާއިރުކަމަށެވެ. އެއާއެކު ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ނިއްވާލެވުނީ ރޭ 02:39 ހާއިރުއެވެ. މި ހާދިސާގައި، އަލިފާން ރޯވިތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ގެއްލުންވެ […]

ޙަބަރު

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް މާކެޓްކުރުމުގެ ގޮތުން “އެކްސްޕީރިއެންސް މޯލްޑިވްސް” ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މޯލްޑިވްސް” ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް […]

ޙަބަރު

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަންހެނަކު ޒަހަމްކޮށްލައިފިއެވެ. ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނަކަށްކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ޙަބަރު

މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގައި އަހުމަދު ސައީދު ހުންނެވިއިރު، އެކުންފުނިން ޕްރޮކިއުމަންޓް އުސޫލުތަކާއި ޕީސީބީގެ ގައިޑްލައިންތަކާ ހިލާފަށް އެތައް ކަމެއްކޮށް، ބިިލިއަނުން ކުންފުންޏަށް ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓް އޮފީހުން ވަނީ ފެނަކަ ކުންފުނީގެ 2021-2023 ގެ މާލީ މުއާމަލާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައެވެ. މި ރިޕޯޓްގައި ވާގޮތުން އެ މުއްދަތުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނަތްތެރިވެފައި ވެއެވެ. 2021 ވަނަ […]

ޙަބަރު

ޒިންމާދާރު ގޮތެއްގައި ބައިނަލްއަގުވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް، އދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭން ގޮވާލައިފިއެވެ. ރާއްޖޭން މިކަމަށް ގޮވާލާފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް އާއި ބައިނަލްއަގުވާމީ ސުލްހަލަމަލަސަސް ކަމާއިގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ހައި ލެވެލް އޯޕަން ޑިބޭޓްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. މިިނިސްޓަރު ހަލީލްގެ ތަގުރީރުގައި ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް އަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު […]

ޙަބަރު

ޓިކްޓޮކް ލައިވްތަކުން މަޝްހޫރުވި އައިމިނަތު ފޭޒްލީން، ހުއްދަނެތި ގެއަކަށްވަދެ، މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން އޭނަ ދޫކޮށްލަން ކޯޓުން ކަނޑައަޅައިފިއެވެ. ފޭޒްލީން ހައްޔަރުކޮށްފައިވަނީ، ގދ ތިނަދޫގައި، ހުއްދަ ނުހޯދާއި ގެއަކަށް ވަދެ، އެގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައެއްގައިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ފޭޒްލީން ކޯޓަށް ހާޒިރުކުރުމުން ނިންމީ، 10 ގަޑިއިރު ތެރޭ 10،000 ރުފިޔާ ކޯޓުގައި ބަހައްޓާގޮތަށް ކަފާލާތުގެ ދަށުން ދޫކުރުމަށްކަމަށެވެ. 10 ގަޑިއިރުތެރޭ […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އެސެޓް ރިކަވަރީ ބިލު، ގާނޫނަކަށް ވާ ދުވަހުން ފެށިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެސެޓް ރިކަވަރީ ބިލެއް ހުށައެޅީ، މިދިޔަ ދުވަސްތަކުގައި ގަައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ […]