ޙަބަރު

ނުނަގާ ގިނަދުވަސްވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލްކުރަނީ

މަރިޔަމް ލީން

1 މިނިޓު
ނުނަގާ ގިނަދުވަސްވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލްކުރަނީ

ނުނަގާ ގިނަދުވަސްވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލްކުރާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ޕާސްޕޯޓު ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، ހަމަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތްތަކުން،  ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ. އެދުވަހުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ދިވެހި ޕާސްޕޯޓާބެހޭ ގަވައިދުގެ ދަށުން ކެންސަލް ކުރެވޭނެކަމަށް ވަނީ ބުނެފައެެވެ.

އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ މަރުހަލާ ވަރަށް ބޮޑަށް ލުއިކޮށްދީފައެވެ. އެގޮތުން މާލޭގެ އިތުރުން ސިޓީތަކާއި، އަތޮޅުތަކުންވެސް ޕާސްޕޯޓް ހެއްދޭނެ ގޮތް މިހާރު ވަނީ ފަހިކޮށްދީފައެވެ.

ޝެއާ

ކޮމެންޓު