ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދް ފްލޯޓިއްލާއަށް، ޔަހޫދީ އިސްރޭލުން ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ. ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުމޫދް ފްލޯޓިއްލާއަށް ދިނީ ބިރުދެއްކުމުގެ ހަމަލާއެއް ކަމަށާއި އެކަންކަމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި، އިންތިހާއަށް އެހީއަށް ބޭނުންވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ މަދަނީ ބަޔަކަށް ހަމަލާދީ، ހިސާރުކުރުމަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފުކަމެއް ކަމުގައި […]
ޙަބަރު
ފަހުގެ ޚަބަރުތައް
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުން 12 ގޮނޑި ދެވުނީތީ ރައްޔިތުން ހިތާމަކުރާކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅި ގައުމު ދަރުވާލިކަމަށެވެ. އަދި ދެވަނަ ވެރިކަމުގައި ފަސް އަހަރު ތެރޭގައި 60 ބިލިއަން ރުފިޔާގެ ދަރަނި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާކަމަށެވެ. “އާމްދަނީއެއް ހޯދާނެ އެއްވެސް ގޮތެއް […]
އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ، މި ނިންމެވުމާއެކު ހެންކެޑެ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ޤަރާރު އުވާލާފައިވާ ކަމަށެވެ. މިއީ، އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމެއްކަމަށް ރައީސް އޮފީހުން […]
މިއަހަރު މާލޭ ސިޓީގައި 3000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ މާނައިން ބަލާނަމަ އެންމެ ބޮޑު އެެއް ކަމަކީ، ބޯހިޔާވަހިކަންކަމުގަ އެވެ. މި ސަރުކާރުން ބޭނުންވަނީ މާލެ ސަރަހަށްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ބޯހިޔާވަހިކަން ކަށަވަރުކުރުންކުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދާއިރާއިން އެމަނިކުފާނު ވެވަޑައިގެންވި ހުރިހާ ވައުދުފުތައް ފުއްދެވުމަށް […]
50 ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެ، ގައުމާއި އިސްލާމްދީންދެކެ ލޯބިވާ ޒުވާނެއް ބިނާކުރުން މާ މުހިންމުކަމަށް ރައީސުޖްލުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ރާއްޖޭގެ ތަރައްގީ ފުރިހަމަ ގޮތުގައި ހާސިލްވާނީ ޒުވާނުން ބިނާކޮށް، ގައުމާއި، އިސްލާމްދީންދެކެ ލޯބިވާ، އަހުލާގު ރަނގަޅު އަދި ހުނަރުވެރި ޖީލެއް ބިނާކޮށްގެންކަމަށެވެ. މި ޕްރޮގްރާމް ނިމޭއިރު، ޕްރޮގްރާމުގެ ބައިވެރިން ވެގެންދާނީ، […]
މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލްތައް ޕާކުކުރަން ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތައް ކެންސަލްކޮށް، އެތަންތަނުގައި އާންމުންނަށް ޕާކްކުރެވޭ ގޮތް ހަދައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންގއަށް ދޫކޮށްފައިވާ ސަރަޙައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއްނޫންކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާކަމަށް ބުނެ، އެކަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، […]
ސަލްމާން މިސްކިތުގައި ގާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފިއެވެ. ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އިސްލާމީކް ލައިބްރަރީއަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވި ލައިބްރަރީއެކެވެ. މި ލައިބްރަރީގައި 15،000 އަށްވުރެ ގިނަ ފޮތް ބަހައްޓާފައި ވެއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ލައިބްރަރީ ހުޅުވާފައި ހުންނަ ގަޑިތައް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު ލައިބްރަރީގެ ހިދުމަތް، ކޮންމެ އާދިއްތަ ދުވަހަކުން، ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:30 އިން […]
އެކި ސަބަބުތަކާ ހުރެ، މިިދިޔަ އޯގަސްޓް މަހު 129 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓް މަހު ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ހިމެނެނީ ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި އެކި ކުށްތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީންގެ އިތުރުން ވިސާއާ ހިލާފުވި 87 ބިދޭސީއެކެވެ. ޑީޕޯޓް ކުރުމުގެ އިތުރުން ތަފާތު އެކި ސަބަބުތަކާހުރެ އަމިއްލަ ގައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންވެސް ވަނީ އެ […]
ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ ވެފައިވަނީ، ރާއްޖެ އާއި ކުދި ޖަޒީރާ ގައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއަކަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 76 ވަނަ ގައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ރޭ ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ، ގިނަ ގައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްގީވަމުން އަންނަ […]
އަންނަ ހުކުރުދުވަހު އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ ސިޔާސީ އެއްވުމުގައި، ކުށްކުރާ ގުރޫޕްތައް ނެރެ ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާ އެއްގޮތްވާ ގޮތުގެ މަތީން، ސުލްހަވެރިކަމާއެކު ކުރިޔަށްގެންދާ ހަރަކާތްތަތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހަށްދުތަކުގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއް ކަމަށެވެ. ނަމަވެސް، ފުލުހުން […]
މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން 2.2 ބިލިއަން ރުފިޔާއަށް ހިޔާނަތްތެރިވިކަން ހާމަކޮށް ނެރުނު އޮޑިޓް ރިޕޯޓާއި ގުޅިގެން، އެކަމުގައި އިހުމާލުވި މުވައްޒަފުންނަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް ފެނަކައިން ބުނެފިއެވެ. އޮޑިޓް ރިޕޯޓްގައިވާގޮތުން، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމަށް ފެނަކައިން ޖުމްލަ 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި، ކުންފުނީގެ އާންމު އޮޕަރޭޝަންތަަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމަށް ކުރި ހަރަދުގެ އިތުރަށް، އެވަގުތަށް މުހިންމު […]
ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ މަގާމުތަކުގައި ތިއްބައި ކުށަށް ފިޔަވަޅު އެޅުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. އިހުސާން ކުރައްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަމަށެވެ. ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަމަށް އިހުސާން ވިދާޅުވި އެވެ. މި ފުރުސަތު ފާއިތުވި 15 އަހަރު ލިބި، މިކަން ނުކޮށް، ސިޔާސީ […]











