އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފުރާވަޑައިގަންނަވައިފިއެވެ، މިދަތުރުފުޅުގައި، މީހުން ދިރިއުޅޭ 10 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުހައްމަދު ރިޒްވީ ހަސަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. ލަންކާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ، އެކަމަށްޓަކައި މިއަދު މެންދުރު، ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާއި ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރުދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ. ރަސްމިއްޔާތަށް ފަހު، ދެ ބޭފުޅުން ވަނީ، ވިޔަފާރި އާއި އިގްތިސާދާއި، […]
ތިނަދޫ ސިޓީގައި، މަގު ހުރަސްކުރި ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ފަރުވާދޭން ފަށައިފި އެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ، ތިނަދޫ ސިޓީ، އާބާދީ ހިނގުމުން ހުޅަނގަށް އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުއްޖާގެ ގައިގައި ޖެހިގެންކަމަށެވެ. މި އެކްސިޑެންޓް ހިންގާފައިވަނީ އިއްޔެ އިރުއޮއްސި 18:16 ހާއިރު އެވެ. މި އެކްސިޑެންޓްގައި، މަގުހުރަސްކުރި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން […]
ޕެޕާ ސްޕްރޭއަކީ ހާޓް އެޓޭކެއް ޖެހޭފަދަ ޒާތުގެ އެއްޗެއް ނޫންކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ. އައިޖީއެމްއެޗްއިން މިހެން ބުނެފައި މިވަނީ، އެމްޑީޕީން މިިދިޔަ ހުކުރުދުވަހު ކުރިޔަށްގެންދިޔަ މުޒާހަރާގައި ހުއްޓާ އެމުޒާހަރާގެ ބައިވެރިއެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން އޭނައަށް ހާޓް އެޓޭކެއް ޖެހުނުކަމަށް އިދިކޮޅު ކުރާ ތުހުމަތުތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ. މުޒާހަރާގައި ހުއްޓާ ހާޓް އެޓޭކެއް ޖެހި ފަރުވާ ދެމުންދަނީ، އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް […]
ރަސްމާލެ ޑިޒައިންކޮށް، މާސްޓާ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި އެވެ. މާލެ ކައިރި ފުށިދިއްގަރު ފަޅުން 1،009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި ރަށެއްގެ ގޮތުގައެވެ. ރަސްމާލެ ޑިޒައިންކޮށް މާސްޓާ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށް ޕްލޭނިން މިނިސްޓްރީން ބުނީ، މި މަސައްކަތުގެ މަގްސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގްތިސާދީ […]
ގައުމަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރު އޮތީ މުދައްރިސުންގެ އަތްމަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިދަފައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިއްސުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، މި ގައުމުގެ ދިދަ މާދަމާ އުފުލާނެ އޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު ތިބީ މަދަރުސާތަކުގައި ކަމަށާއި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތު ވާނީ މުދައްރިސުން މިއަދު ދިން […]
މުދައްރިސުން ނެތް މުޖްތަމައެއްގައި ކުރިމަގެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރަމުންދާ މުދައްރިއްސުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށެވެ. އެއްޖީލުން އަނެއްޖީލަށް އިލްމު ފޯރުކޮށްދީ، ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުންކަން އެކަމަނާ ފާހަގަކުރެއްވި އެވެ. ސާޖިދާ ވިދާޅުވީ، މުދައްރިސުން ނެތް މުޖްތަމައެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމަށެވެ. “ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ހިދުމަތް އަބަދުމެ […]
އިދިކޮޅު އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންނަށް އާޓިފިޝިއަލް ބީޗަށްވުރެ ކުރިޔަށް ނުދެވި، މުޒާހަރާ އެއްކޮށް ނިންމާލައިފިއެވެ. މިރޭ ކުރިޔަށްގެނދިޔަ މުޒާހަރާގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިން ބައިވެވަޑައިގެންނެވިއެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން މިދިޔަ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންވެސް މުޒާހަރާގައި ބައިވެރިވެފައި ވެއެވެ. މުޒާހަރާ ނިންމާލާފައިވަނީ، އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ގެ ހާއްސަ ދުއާއަކުންނެވެ. ދުއާއަށް ފަހު މުޒާހަރާ ނިންމާލިކަން […]
އެމްޑީޕީން މިހާރު މާލޭގައި ކުރިޔަށްގެންދާ ހަމަނުޖެހުން ހިންގަން ފައިސާދީފައިވާކަމަށްބުނެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ޗެޓް ލޮގެއް ލީކްވެއްޖެއެވެ. އެމްޑީޕީގެ މުޒާހަރާ ހޫނުވެފައިވާ މި ދަނޑިވަޅުގައި ‘ދޮންރިހަ’ ނަމަކަށް ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފައްޔާޒް ވަޓްސްއެޕްއިން މީހަކަށް ކުރި މެސެޖުތަކެއްގެ ސްކްރީންޝޮޓެއް އާންމުކޮށްފައެވެ. މެސެޖުތަކުގައި ވަނީ، ވެރިކަމާއި ހަވާލުވާން ތައްޔާރުކަމަށެވެ. އަދި މުޒާހަރާގައި އަނިޔާކުރާއިރު ލޭ ދައްކައިންގެން އަނިޔާކުރުމަށް އަންގާގައި ވެއެވެ. އަދި މާލޭގެ ކޮންމެސް ހިސާބެއްގައި މަޑުކޮށްގެން ހުރެ، އޭނަ އެންގުމުން […]
އިދިކޮޅު އެމްޑީޕީން މާލޭގައި މިހާރު ކުރިޔަށްގެންދާ މުޒާހަރާގައި ފުލުހުންނަށް އަނިޔާކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ. ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެއްވުން ކުރިޔަށްގެންދަން ކުރިން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް، މަޖީދީމަގުން ކުރިޔަށްދާން ފެށުމާއި ގުޅިގެން އެގޮތަށް އަމަލުނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރުދީފައިވާނެކަމަށެވެ. ނަމަވެސް، އެކަމަށް އިޖާބަނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އަމަލުތައް […]
އިދިކޮޅު އެމްޑީޕީން މިރޭ ބާއްވާ ސިޔާސީ ހަރަކާތުގައި ހަމަނުޖެހުން ހިންގާނެތީ، މުޒާހަރާގައި ބައިވެރިނުވާން އިލްތިމާސްކޮށްފިއެވެ. މިރޭގެ މުޒާހަރާގައި ކުށްކުރާ ގްރޫޕްތައް ނެރެ، މާލެތެރެ ހަލަބޮލިކުރަން ރާވާފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން އެކަމަށް ސަމާލުވެ، މުޒާހަރާގައި ބައިވެރިނުވުމަށް ސަރުކާރުގެ އިސްވެރިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެމްޑީޕީން ކުރިޔަށް ގެންދާ މުޒާހަރާއަކީ ގޮތް ހުސްވެގެން ގައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލްކުރަން ބާއްވާ […]
ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދެމުންދާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ. އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުރި އިއުލާނެއްގައި ބުނީ، ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފަރާތުން، ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދީ ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ. އޮބްޒާވާ ބޯޓެއްގައި ރާއްޖެއިން އައިއޭސީގެ ޖެނެރަލް ސެކެޓްރީ އިބްރާހިމް ޝާޒް ފްލޯޓިއްލާގައި ބައިވެރިވުމާ ގުޅިގެން، އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މިނިސްޓްރީ […]











