ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 123 / 179

ޙަބަރު

ދިވެހިބަހުގެ ދާއިރާއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ (ޑޮކްޓަރ އޮފް ފިލޯސަފީ) ހާސިލްކުރެއްވި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނި ޑރ. އާމިނަތު ޒާހިރާއަށް، ލެންގުއޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވަރަށް ހޫނު މަރުހަބާއާއި ތަހުނިޔާ ވިދާޅުވެއްޖެ އެވެ. ގައުމީ ޔުނިވަރސިޓީގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެކާމިޔާބީއަކީ ދިވެހިބަހަށާއި، ގައުމީ ސަގާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފަ އެވެ. މިނިސްޓަރު ވަނީ ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވައިލައްވާފަ އެވެ. މި […]

ޙަބަރު

އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ. އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މެނޭޖް ކުރުމަށްޓަކައި އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް އިއްޔެ މެންދުރުން ފެށިގެން ރެއާ ހަމައަށް ކަރަންޓު ކަނޑާފައި ވެއެވެ. ފެނަކައިން ބުނީ އައްޑޫއަށް ކަރަންޓު ދެމުން އަންނަ ބޮޑު އެއް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ ސިޓީން ކަރަންޓުގެ […]

ޙަބަރު

ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުސަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައި އޮތުން މުހިންމުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ހަވަނަ “ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މެޑަމް ސާޖިދާ ވިދާޅުވީ އެއްވެސް އަންހެނަކީ، އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނި ކުރިމަތިލާ މީހަކަށް ވާން ނުޖެހޭ ގޮތަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، […]

ޙަބަރު

ބޮޑުގެ ސަރަހައްދުގައި އަލަށް ތަރައްގީކުރާ ‘މަސްޖިދުއްދައްވާ’ގެ ބިންގާ އަޅައިފި އެވެ. މި މިސްކިތުގެ ބިންގާ އާޅުއްވައިދެއްވީ އެކަމަށް ހާއްސަކޮށް މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހަށްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. 8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިމިސްކިތުގައި އެއްފަހަރާ 1،250 މީހުންނަށް ނަމާދުކުރެވޭނެ އެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، ތިން ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެ އެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ، ހާއްސަ އެހީއަށް […]

ޙަބަރު

ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށާއި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ […]

ޙަބަރު

ތިންވަނަ ކުއާޓަރުގައި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެސްޓިއޯ އިން އާންމުކުރި ތަފާސްހިސާބު ދައްކާގޮތުން މިއީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކަމަށެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުންކަމަށް އެކުންފުނިން ބުނެ އެވެ. އެސްޓީއޯގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އަށް އިންސައްތައިން ވަނީ އިތުރުވެފައެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ […]

ޙަބަރު

މިލިޓަރީ ޑިސްޕްލޭގެ ރިހާސަލަށް މާލޭގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ. ފުލުހުން ބުނީ ނަސްރުގެ ދުވަހު ބާއްވާ މިލިޓަރީ ޑިސްޕްލޭގެ ރިހާސަލްތަކަށް، މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:00 އަށް ބައެއް މަގުތައް ބަންދުވާނެ ކަމަށެވެ. އަދި ރޭގަނޑު 23:00 ފެށިގެން ރިހާސަލް ނިމެންދެން ޓްފެކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން މިއަދު ކުރި ޕޯސްޓެގައި ވަނީ ބަންދުކޮށްފައިވާ މަގުތަކުގެ ޗާޓު އާންމުކޮށްފައެވެ. އެ […]

ޙަބަރު

ޔޫތު މިނިސްޓްރީން ކުރި އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ޙަވާލު ކުރުމަށް ނިންމަފައިވާ ކަމަށް މިނިސްޓްރީން ބުނެފިއެވެ. މިނިސްޓަރީން މިއަދު ގެޒްޓް ކޮށްފައި ބުނެފައި ވަނީ މިނިސްޓްރީން ކުރި އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ހާވާލު ކުރުމަށް ނިންމައިވާ ކަމަށެވެ. މިނިސްޓަރީ ބުނީ މި ގޮތަށް ނިންމެވީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ […]

ޙަބަރު

2026 ވަނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފި އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށައަޅުއްވައިދެއްވީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މުސާ ޒަމީރެވެ. 2026 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައި ވަނީ ޖުމްލަ 64,202,565,720 (ފަސް ދޮޅަސްް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ) އެވެ. މިއީ މި ހިނގާ 2025 ވަނަ އަހަރުގެ […]

ޙަބަރު

ސިއްޚީ ވުޒާރާއިން ގެނައުމަށް ނިންމާފައިވާ 56 އެމްބިއުލާންސްގެ ތެރެއިން 18 އެމްބިއުލާންސެއްގެ އިންސްޕެކްޝަންތައް ފުރިހަމަކޮށް ރާއްޖެ ގެނައުމަށް ތައްޔާރުވެއްޖެއެވެ. މި އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހެލްތު މިނިސްޓްރީ ހިމެނޭ ޓީމަކުން ދުބާއީގަ އެވެ. މި އިންސްޕެކްޝަންތަކުގައި، ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ އެމްބިއުލަންސްތަކުގެ ފެންވަރާއި، ބޭނުންވާ މިންގަނޑުތަކަށް ފެތޭތޯ ބަލާފައިވާ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ. އެއާއެކު އެ 18 އެމްބިއުލާންސްގެ ބެޗު ރާއްޖެއަށް ގެނައުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލް އިން ވަނީ […]

އަޕްޑޭޓު
ޙަބަރު

ރިސޯޓްތަކުން ބޭނުންކުރުމަށްފަހު އުކާލާ ތެޔޮ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ. އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓް ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބޭނުންކޮށް، ވިއްކާކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އެކަން އެގޮތަށް ކުރުމަކީ މަނާކަމެއްކަމަށާއި، އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމެއްކަމަށް 2018 ވަނަ އަހަރު އެ އޮތޯރިޓީން އަންގާފައިވާކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައި ވެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ޕޮންޒީ ސްކީމްގެ ތެރެއިން ގެއްލުން ލިބުނު މީހުންނަށް ބަދަލުދިނުމުން ދައުވާނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ. މި މައްސަލާގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރީ އަލްހާންގެ އިތުރުން އޭނަގެ ދެ ކޮއްކޮ، ސަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނީ، އެ ތިން މީހުންގެ […]