ޙަބަރު

ބޮޑުގެ ސަރަހައްދުގައި އަލަށް ތަރައްގީކުރާ މިސްކިތުގެ ބިންގާ އަޅައިފި

ބޮޑުގެ ސަރަހައްދުގައި އަލަށް ތަރައްގީކުރާ ‘މަސްޖިދުއްދައްވާ’ގެ ބިންގާ އަޅައިފި އެވެ. މި މިސްކިތުގެ ބިންގާ އާޅުއްވައިދެއްވީ އެކަމަށް ހާއްސަކޮށް މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހަށްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. 8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިމިސްކިތުގައި އެއްފަހަރާ 1،250 މީހުންނަށް ނަމާދުކުރެވޭނެ އެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، ތިން ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެ އެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ، ހާއްސަ އެހީއަށް […]

މަރިޔަމް ލީން

1 މިނިޓު
ބޮޑުގެ ސަރަހައްދުގައި އަލަށް ތަރައްގީކުރާ މިސްކިތުގެ ބިންގާ އަޅައިފި

ބޮޑުގެ ސަރަހައްދުގައި އަލަށް ތަރައްގީކުރާ ‘މަސްޖިދުއްދައްވާ’ގެ ބިންގާ އަޅައިފި އެވެ.

މި މިސްކިތުގެ ބިންގާ އާޅުއްވައިދެއްވީ އެކަމަށް ހާއްސަކޮށް މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހަށްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިމިސްކިތުގައި އެއްފަހަރާ 1،250 މީހުންނަށް ނަމާދުކުރެވޭނެ އެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، ތިން ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެ އެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެ ނުކުމެ އުޅުމަށް ބޭނުންވާ ވަސީލަތްތަކާވެސް އެކުގަ އެވެ.

މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓަށް ފަންޑުކުރަނީ، އަމިއްލަ ތިން ފަރާތަކުންނެވެ. އެއީ، މުހަންމަދު އާދިލް، ނިޒާރު އަހުމަދު، ޒީބާ ސައީދު އަދި ރަހްމަތުﷲ އެވެ.

ޝެއާ

ކޮމެންޓު