އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއާއި ކައުންސިލްތައް ގުޅިގެން ފަށަފައިފިއެވެ. ބައެއް ކައުންސިލްތަކުން ވަނީ ކައުންސިލުން ކަނޑައަޅާ ތާރީހުތަކަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އިއުލާނުކޮށްފަ އެވެ. ރޯދަ ހަދިޔާއަކީ ގޭބިސީތަކުގެ އަދަދަށް ބެލުމަށްފަހު ދޭ ހަދިޔާއެކެވެ. އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކަށް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހޭނެއެވެ. ހަދިޔާ ލިބޭ ލިސްޓް ތައްޔާރުކޮށް […]
ޙަބަރު
ފަހުގެ ޚަބަރުތައް
އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް 8.8 ބިލިއަން ރުފިޔާ އަދި ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާ ހާއްސަކޮށްފި އެވެ. ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާއަށެވެ. 2026 ގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ވަށާޖެހޭ ތަރައްގީއެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައި ވެއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި ސިއްހީ ދާއިރާގެ އެކި […]
ގަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، “ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް” ގައި ބައިވެރިވެވަޑައިގަތުމަށް ނައިބުރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު، ރޭ ފުރާވަޑައިގެންފިއެވެ. މި ސަމިޓްގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާއީ ތަރައްގީ ކުރިއެރުވުމާއި، ފަގީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމައެއް ބިނާކުރުމާބެހޭގޮތުން، މަތީފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ. އދ.ގެ […]
އައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެެވެ. އެގޮތަށް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން އައްޑޫގައި އެއްފަސްކޮށް އުފެދިފައިވާ ރަށްތަކާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންނަށް ފެނޭތޯ ބެލުމަށް މިދިޔަ މަހުގެ 25 ގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ […]
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. ސަރުކާރުގެ އިސް ވަފުދަކާ އެކު އެމަނިކުފާނު އެ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. ރައީސްގެ މި ދަތުރުގައި ފުވައްމަލުކުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިހާހުކޮށް ދެއްވައި، އާ މަޝްރޫތަކެއް އިއުލާން ވެސް ކުރައްވާނެއެވެ. ފުވައްމުލަކު ދަތުރަށް ފަހު މާދަމާ ރައީސް އައްޑު އަށް ވަޑައިގަންނަވާނެއެވެ. އެގޮތުން އެ މަނިކުފާނު އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާނެއެވެ. އައްޑޫން ވެސް […]
ސްކޫލްތަކުން ވޭޕް ސްޓިކް މިހާރު ނުފެނެއޭ ބުނެވޭ ވަރަށް އެ އެއްޗެހި މަދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. އިއްޔެ އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ “ޖެނެރޭޝަނަލް ބޭން”ގެ ހާއްސަ ޓީވީ ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދުވާލަކު 50-60 ވޭޕް ސްޓިކް ފެންނަ ކަމަށެވެ. ރާއްޖެއަށް ވޭޕް […]
ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް، ނަސްރުގެ ދުވަހުގެގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އަރުވައި، ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މިގޮތަށް ރައީސް ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި […]
އައްޑޫ ހިތަދޫ ފުލުހުންގެ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވެއްދި ފުލުހަކު ހައްޔަރުކޮށް އޭނަގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޕޮލިސް ކޮންސްޓަބަލެއްގެ މަގާމުގައި ހުރި ހިތަދޫ، ފުނަގެ މުހައްމަދު ނައުފް ނަސީމް، 25، އެވެ. އޭނަ ސެޕްޓެމްބަރު މަހު ހައްޔަރުކޮށް ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން މިހާރު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނައުފަލް […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިން, އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފި އެވެ. ޓާމިނަލް 1 އިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ. މިރަސްމިއްޔާތުގައި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން […]
ރައްޔިތުންނަށް ސީދާގޮތުން ފައިދާވާ ތިން ކަމެއް ތަންފީޒުކުރަން ފެށުމުން، އެކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދިން ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ. މިއަދުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވަނީ: 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ކުދިންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން. ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން. .ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ […]
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލައި، އެކަމާ ބެހޭ މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރުމަށް އެކުލަވައިފައިވާ ގަވާއިދު އާންމުކޮށްފި އެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ މި މެނޭޖްމަންޓް ޕްލޭން އަދި ގަވާއިދުގެ އެންމެ ބޮޑު މަގުސަދަކީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި، ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ކަށިމިޔަރުގެ މަސްވެރިކަން ބެލެހެއްޓުމެވެ. ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވައިލައިފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭގޮތުން މިވަގުތު ލިބެން ހުރި މައުލޫމާތަށް […]
‘ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ’ ގާނޫނީގޮތުން ތަންފީޒުކުރަން ފެށުމަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން މިއަދު ފަށާފައިވާއިރު، މިއަދުންް ފެށިގެން، 2007 ވަނަ އަނަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުންކުރުަން މަނާވާނެ އެވެ. މިކަމާއި ގުޅިގެން މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިއްހީ ދުޅަހެޔޮކަމަށް ވަކާލާތުކުރާ މީހެއްގެ ހައިސިއްޔަތުން، ސަރުކާރުގެ މި ނިންމުމަށް މަރުހަބާކިޔާކަމަށެވެ. […]











