ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ފްލެޓް ދޫކުރުމުގައި ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންނަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ހާމަކޮށްފި އެެވެ. “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ފުރަތަމަ ބުރުގައި ޖުމްލަ 7،500 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ފްލެޓް ދޫކުރަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފަ އެެވެ މީގެއިތުރުން ހާއްސަ […]
ޙަބަރު
ފަހުގެ ޚަބަރުތައް
“ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯތި ދޫކުރާ ފުރަތަމަ ސްކީމަށް ކުރިމަތިލުމުގެ އުސޫލުތައް އާންމުކޮށްފި އެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފައެވެ. މި އުސޫލުގެ ދަށުން ޖުމްލަ 15،000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާނެކެމަށް ވުޒާރާއިން ބުނެ އެވެ. މި ގޯތިތައް ބެހިފަވާ ކެޓަގަރީތައްވެސް ވަނީ އިއުލާނުކޮށްފަ އެވެ. މާލެ ރަށްވެހިން 10،000 ގޯތި އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ […]
އެއާ އެމްބިއުލްންސްގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދުބާއީާ ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ހެލްތް މިނިސްޓްރީއާ އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާއި ދެމެދުގަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނާއިބު އަހުމަދު ހަމްދާން ނާސިރު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް […]
ހިޔާ ފްލެޓާއި ވިނަރެސްއާ ގުޅޭ މަސައްކަތްތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތަކަށް ލުއިދިނުމަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކެއްކަމަށެވެ. މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެބޭންކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ރައީސް އަންގަވާފަވަނީ، މި ލޯނުތަކުގެ […]
އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިހެން ވިދާޅުވީ 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވާ އެކަމަނާ ވަނީ، ގައުމަށް އެކި ރޮނގުރޮނގުން ހިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، […]
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގައިފައިވާ މައްސަލަ، ދިވެހި ފުލުހުންނަށް ހުށަހަޅާފައިވައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު 2025 ނޮވެމްބަރ 12 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ އެ މަސަލަގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު އަލަމިން މިއާ (36އ) އެވެ. އޭނާގެ ބަންދާމެދު […]
އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާ ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިިން ވިދާޅުވީ، “ރެހެންދި އެވޯޑް” ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާލުވީ އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާކަން ފާހަގަކުރައްވާ މިކަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ހާއްސަ އިސްކަމެއްދީގެން ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ. އޮސްޓްރިއަން އެއާލައިންސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ ޑިރެކްޓަރު ފާތިމަތު ރާމިޒާއެވެ. އަދި ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ […]
ރަސްމާލެ ހިއްކާ ނިމޭއިރު، އެތަނުން ގޯތި ލިބޭ މީހުންގެ ލިސްޓު އޮންނާނީ ކަނޑައަޅާ ނިމިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް ފަސްމަސް ދުވަހުގެ ތެރޭގައި ބިންހިއްކާ ނިމޭނެ ކަމަށެވެ. އެ މަސައްކަތް ނިމުމުގެ ކުރިން އެތަނުން 15،000 ގޯތި ލިބޭ މީހުން ކަނޑައެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމާއި […]
އަންނަ ރޯދަމަހު ކަރަންޓު ބިލުތައް 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިރޭ ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ރޯދަމަހުވެސް ކޮންމެ ގޭބިސީއަކަށް މަސް ދަޅުކޭސް ލިބޭނެ ކަމަށެވެ. އަދި ރޯދަމަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބިލުގެ ބާކީ ބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި […]
މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫޕް، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފި އެވެ. މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފައިވަނީ މިހާރު ކުރިޔަށްދާ ޕީއެންސީގެ ބޮޑު ޖަލްސާގަ އެވެ. މި ޖަލްސާގައި މަހުލޫފްގެ މެމްބަަޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ މަހު ފަހުކޮޅު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. މަހްލޫފް އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އެއަށްފަހު ޕީޕީއެމްއާ ގުޅިވަޑައިގެން، މަޖިލީހުގައި […]
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ) އިން މިރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު މާލެ އައިސްފި އެވެ. މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައެވެ. ޖަލްސާގައި ހަމައެކަނި ވާހަކަފުޅު ދައްކަވާ ގޮތަށް ވެސް ހަމަޖެހިފައި އޮތީ ރައީސް ޑރ. މުއިއްޒެވެ. މިއީ ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާއެވެ. މި […]











