ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ. އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ނިލަޔަށް 93 ފަރާތަކަށް އައިވީއެފްގެ ފަރުވާއަށް ޖުމްލަ 7.13 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާއިން ބުނެ އެވެ. ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 […]
ޙަބަރު
ފަހުގެ ޚަބަރުތައް
އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް (އައިއެންއޭއެޗް) ގެ ދަށުން 3،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބިން ހަވާލުކޮށްފި އެވެ. ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް ފެށުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. އެ ޕްރޮޖެޓްގެ އެއް ބަޔަކީ، މާލީ އިދާރާތަކާ ގުޅިގެން ހައުސިންގ ޔުނިޓްތައް ތަރައްގީކޮށް، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް […]
މިއަދު ފެށި “އޮޕަރޭޝަން އަލިމަގު”ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90 އަށް ވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަން އަލިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ […]
ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެެވެ. މި ފަހުމުނާމާގައި ސޮއިކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު މުއީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި […]
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަށް، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ. މިކަން ހާމަކުރައްވާ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިޔަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ. މިއަދު އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަން ބަލާ ފާސްކުރާ އޮޕަރޭޝަނެއް ފުލުހުން ހިންގާނެކަމަށާއި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެކަމަށް ރައީސް […]
ކ. ގުޅީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ. މި މަޝްރޫއު ހަވާލުކުރެވުނީ ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވުނު ރަސްމިއްޔާތުގަ އެވެ. 530 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، ބަނދަރު އަދި ނެރު ފުންކޮށް، ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް […]
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށް 2،200 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީއާ ހަވާލުވެއްޖެ އެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ގުޅީފަޅުން ގޯތިލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 6 ވަނަ […]
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ސާވިސް ލައިންތަކާއި، ޑްރެއިނޭޖް ސިސްޓަމްތައް ހަރުކުރުމާއި، ސައިޑްވޯކް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެެވެ. އަދި ސަބް ބޭސްގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްގީކުރުމާއި، […]
ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ހދުމަތް ދާއިމީ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. ސައުދީ އަރަބިއްޔާއަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކުރައްވަވާ ރަސްމީ ދަތުރުގައި އިއްޔެ ވަނީ މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވާފައިއެވެ. މައްކާ ރޫޓްގެ ދަށުން ހައްޖުގެ ހިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް އެ ކޮމިޓީން ވިދާޅުވެފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ މިދިޔަ ހައްޖަކީ […]
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް ކުންފުނީގެ ނަން ‘އެސްއެމްއީ ޑިޖިޓަލް’ އަށް ބަދަލުކޮށްފިއެވެ. އެސްޑީއެފްސީ މިހާރު ހިނގަމުން ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ދަށުންނެވެ. ކުންފުނީގެ ނަން ބަދަލުކޮށްފައި މިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ކުންފުނީގެ ހިއްސާދާރުން ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާގައި ފާސްކޮށްގެންނެވެ. އޭގެ ފަހުން މިހާރު އިގްތިސާދީ ވުޒާރާގައި މި ނަން ރަޖިސްޓްރީކޮށްފައިވާކަމަށް އެކުންފުނިން ބުންޏެވެ. އަދި އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ […]
ކުރިޔަށް އޮތް ފަސް މަސް ދުވަސްތެރޭ ރަސްމާލޭން 15،000 ގޯތި ދޫކުރަން އިއުުލާންކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ހެންދުނު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ގައުމާ މުހާތަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްް ވަނީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ އަދި ދާދި އަވަހަށް ހުޅުވާލާނެ ބައެއް ފުރުސަތުތަކުގެ ހުލާސާއެއް ހިއްސާކުރައްވާފައެވެ. މާލޭ ސަރަޙައްދުގެ ބިން އިތުރުކުރުމަށް ބާރު ދުވެލީގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް […]
ދިވެހިން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތައް މިގައުމަށް ހޯއްދަވައިދެއްވާނެކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް ވިދާޅުވީ، “ދިވެހީންގެ ރާއްޖެ” ދިވެހީންނަށް ހޯދައިދީ ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށްދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ މާތްﷲގެ ހަޒްރަތުން ވާގި އެދިތިބެ، އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. ރައީސް ވަނީ ދިވެހި ރައްޔިތުންގެ […]











