ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 116 / 179

ޙަބަރު

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފި އެވެ. އެރަށުގައި ހޮޓަލެއް ތަރައްއްގީ ކުރުމަށް ބަޔަކު ހޯދަމަށް ފުރަތަމަ އިއުލާން ކުރީ، މިދިޔަ ޖޫން މަަހުގެ 25 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓރީީން ބުނީ، ބާރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް މީޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގިކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި […]

ޙަބަރު

ބޭންކު ހިންގަނީ ފައިދާގައި ކަމަށާއި މިހާރު ބައިނަލްއަގުވާމީ ބޭންކުތަކުންވެސް ބީއެމްއެލް ބަލައިގަނެފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ހަފުތާ 104 ޕްރޮގްރާމުގައި ވޭތުވެދިޔަ 2 އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ހޯދި މުހިންމު ކާމިޔާބީތަކަށް ޝަރީފް ވަނީ އަލިއަޅުވާލައްވާފައެވެ. ބީއެމްއެލްއަކީ، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކެވެ. ޝަރީފް ވިދާޅުވީ، ބޭންކުގެ ހިންގުމާއި އޭނާ ހަވާލުވެ ވަޑައިގެންނެވިއިރު ބޭންކަށް […]

ޙަބަރު

އއ މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަށް ދައުވާކޮށްފި އެވެ. އަބްދުއްރަހުމާން އާދަމް މަރުވެފައިވަނީ މިއަހަރުގެ ޖުލައި 12 ވަނަ ދުވަހުގެ ރޭ، އޭނާގެ އަނބިމީހާ ނާޒިމާގެ ގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލާއަކާ ގުޅިގެންނެވެ. އަބްދުއްރަހުމާނަށް ހަމަލާދީފައި އޮއްވައި ފެނުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ރޭ ދަންވަރު 1:50 ހާއިރުއެވެ. އޭނާ މަރުވީ މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށެވެ. މި މައްސަލާގައި އޮގަސްޓް މަހުގެ […]

ޙަބަރު

އިދިކޮޅު އެމްޑީޕީން އޮކްޓޫބަރު 3 ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާއިން ހައްޔަރުކުރި 8 މީހަކަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ. މުޒާހަރާއިން ހައްޔަރުކުރި އަށް މީހުން: ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު، ޔައުގޫބު އަބްދުﷲ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު، ޔާސިރު އަބްދުއްލަތީފް މާފުށީ ކައުންސިލްގެ ރައީސް، ހަސަން ސަލާހު އަޒީމް އަލީ އަލީ ޖުމާން މުހައްމަދު ހަލަފް އިބްރާހީމް ހުސައިން ޝާކިރު މި މީހުންގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް […]

ޙަބަރު

ދިވެހި ކުންފުނިތަކުން ގަވައިދުން ސަރުކާރަށް ޓެކްސް ދައްކަމުންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. ޒަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ވޭތުވެދިއަ ދުވަސްތަކަށް ބަލާއިރު، ޓެކްސް ގަވައިދުން ދައްކާކަން ފާހަގަކުރެވެނީ ދިވެހިންގެެ ކުންފުނިތައް ކަށެވެ. “އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއްކަމަކީ ދިވެހިންގެ ކުންފުނިތަކުން ރާއްޖޭގަ އޮޕަރޭޓްކުރާ ދިވެހިންގެ ކުންފުނިތަކުން ވަރަށް ބަރާބަރަށް ޓެކްސް ދައްކަމުންގެންދާކަމަށް ފާހަގަކުރެވޭ. މިސާލަކަށް ބިޒްނަސް ޕްރޮފިޓް ޓެކްސް ކަމުގަވިއަސް.” ވަޒީރު ފާހަގަކުރެއްވި އެވެ. […]

ޙަބަރު

މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން، ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ, އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ. އައު ޓާމިނަލުން އިން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ރަސްމިއްޔާތުގައި އެއާއޭޝިއާ ގުރޫޕުގެ ސްޓޭޝަން މެނޭޖަރު އިބްރާހިމް އަބްދުލް ކަރީމް އަދި […]

ޙަބަރު

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ގޫގުލްއިން ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއެއް ގާއިމުކުރުމަށް ނިންމައިފިއެވެ. ގޫގުލްއިން މި ބޮޑު އިންވެސްޓްމަންޓް ކުރަނީ އައްޑޫ ސިޓީގެ ހިތަދޫގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންއަކާއި ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށެވެ. މި މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އެގްޒެކެޓިވްސްއާ ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް […]

ޙަބަރު

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާންކޮށްފި އެވެ. މި އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެ އެވެ. އީސީއިން ވަނީ، އޮފިޝަލުންނަށްވުމަސް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 21 އާ ހަމައަށް ހުޅުވާލާފަ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ […]

ޙަބަރު

ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕަބްލިކް ސަރވިސް މީޑިޔާއަށް ދެއްވި ހައްސަ ބަސްދީގަތުމެއްގައެވެ. ވޭތުވެދިޔަ ދެއަހަރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތާއި ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވެރިކަމުގެ ފުރަތަމަ […]

ޙަބަރު

އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެންވެސް ކަވަރު ނުކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ ހައިރާންވެވަޑައިގަންނަވާ ކަމެއްކަމަށެވެ. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން […]

ޙަބަރު

ގައުމީ އެއަރލައިން މޯލްޑިވިއަނުން ށ. ފުނަދޫ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ. މޯލްޑިވިއަން އިން ބުނީ، މިއަދުން ފެށިގެން ފުނަދޫ އެއަރޕޯޓަށް ހަފްތާއަކު 4 ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފްތާއެއްގެވެސް، އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މޯލްޑިވިއަނުން މިހާރު ފުނަދޫ އެއަރޕޯޓަށް ކުރަނީ، ހަފްތާއަކު 3 ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ފުނަދޫ އެއަރޕޯޓުގެ ހިދުމަތް […]