ރިސޯޓް ތަރައްގީކޮށް ހިންގަން އިތުރު 13 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ފަސް ތަނަކާއި ހދ. އަތޮޅުގެ ވެސް ފަސް ތަނެއްގެ އިތުރުން ށ. އަތޮޅުގެ ތިން ތަނެކެވެ. މި ތަންތަނުގައި ރިސޯޓްތައް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންތަކެއް އަންނަ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ. މިއަދު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓި ގެންގޮސްފައިވާ ކަމަށެވެ. އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މި އަހަރު މެއި 23 ވަނަ ދުވަހު އަތުލައިގަތް ތަކެތި ކަމަށާއި އެ ސިނގިރެޓްތައް ހުރީ ވިލިމާލޭ ޕޮލިސް ސްޓޝަންގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ […]
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެެވެ. އެމްޓީސީސީން ބުނި ގޮތުގައި ބޮޑުތަކުރުފާނު މަގުގެ ކެރީޖްވޭގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ސަބް ގްރޭޑްގެ މަސައްކަތް ނިމި، އޭބީސީގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އާ ޑްރެއިނޭޖް ސިސްޓަމާއި ސާވިސް ލައިން އިންސްޓޯލްމަންޓްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފަ އެވެ. އަދި ސައިޑްވޯކް ހެދުމުގެ މަސައްކަތުގެ 87% ވަނީ ނިމިފަ […]
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ޓެކްސީ ލައިނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެމްޓީސީސީން ބުނީ، އެ ކުންފުނީގެ ޓްރާންސްޕޯޓުގެ ހިދުމަތް ފުޅާކުރުމާ އެކު 122 ޕާޓްޓައިމް ޑްރައިވަރުންނާއި 285 ފުލްޓައިމް ޑްރައިވަރުން ހޯދަން އިއުލާން ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، މުއަޒަފުން ނަގާއިރު އިސްކަންދެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ޑްރައިވަރުންނަށް ކަމަށ ްއެމްޓީސީސީން ބުނެފައިވެ އެވެ. އެމްޓީސީސީގެ ކެރިއާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުޅުވާލާފައިވާއިރު، […]
މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަގްފު އިމާރާތް ‘ދާރުލްއަރްޤަމް’ގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިއިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒުއާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެކެވެ. މި އިމާރާތުގެ […]
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފި އެވެ. މިކަމަށްޓަކައި މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ޕްރޮގްރާމްގެ ތެރެއިން ވަޒީފާ ހަމަޖެއްސި 40 މީހަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. އެމްޕީއެލުން ބުނީ އެކުންފުނިން ވަޒީފާ ހަމަޖެއްސި 40 މީހުންގެ ތެރޭގައި […]
ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް އެވޯޑެއް ލިބިއްޖެ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ، ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމުގައިވާ، ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީ.ޖީ.ޓީ.ސީ) އިން ރާއްޖެއަށް ދިނީ އެ ޖަމްއިއްޔާއިން ދެމުން އަންނަ “އިންޓެގްރިޓީ އެވޯޑް”އެވެ. ރާއްޖެއަށް މި […]
އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން ސަރުކާރުން މާލެ ސަރަޙައްދުގައި ގާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ. ރައީސް މި ސެންޓަރު ހުޅުވައިދެއްވީ އިއްޔެ މާފަންނު އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގައި ކުރިއަށްގެންދެވި ރަސްމިއްޔާތެއްގަ އެވެ. ރައީސްގެ ސިއްހީ ސިޔާސަތާ އެއްގޮތަށް، އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާވެގެންދާނެ ހިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ […]
ސިއްހީ ދާއިރާ ތަރައްގީވަމުން އަންނައިރު އެދާއިރާއަށް ބޭނުންވާ ބޭހާއި އަދި އެނޫންވެސް ވަސީލަތް ހޯދުމަށް ހާއްސަ ކުންފުންޏެއް ގާއިމުވެގެންދިޔުމަކީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކުންފުންޏެއް އުފެއްދެވީ މިއަހަރުގެ ސެޕްޓެންބަރު މަހުއެވެ. ބޭހާއި ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް އުފައްދަވާފައިވާ ކުންފުންޏާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ “ހަފްތާ 104” […]
އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި އެންމެ ޒަމާނީ އީގޭޓްތައް ހަރުކުރެވި ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، އީގެޓުތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، ވީއައިއޭ ބޭނުންންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ […]
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ. އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ 10 މެންބަރެއްގެ ވޯޓާއެކު އެވެ. ބަޖެޓު ފާސްކުރުމުގެ ކުރިން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް […]
ގޫގުލް އިން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންވެސްޓްމަންޓަށް އެއަތޮޅު ހިތަދޫއިން 15،000 އަކަމީޓަރުގެ ބިމެއް ހަމަޖައްސައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ބިމަކީ ހިތަދޫ ހިއްކި ބިމުން ހައުސިން މިނިސްޓްރީ އަށް ހަމަމަޖައްސައި ރަޖިސްޓްރީކޮށްފައިވާ ބިމެކެވެ. އެހެންވެ އެ މައްސަލަ ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޓީ އަށް ހުށަހަޅައި، ބިން ދޫކުރަން ނިންމާފައިވާކަމަށް ބުނެފައި ވެއެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ އެ ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒެވެ. […]











