އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވައިފިއެވެ. ފައްޔާޒު ވިދާޅުވީ އެ މަގާމުގައި ހުރި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހިތްވަރުގަދަ އާންމު މެންބަރުންނާއި ޕާޓީގެ ކަންކަމުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. “އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފް” ކުރިއަށް އޮތް ދުވަސްތަކުގައި […]
ޙަބަރު
ފަހުގެ ޚަބަރުތައް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިޓަލީގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ, ނިއޯސްއަށް ހިދުމަތް ދޭން ފަށައިފި އެވެ. ޓާމިނަލް 1 އިން ނިއޯސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އެ ރަސްމިއްޔާތުގައި ނިއޯސްގެ ގްރައުންޑް އޮޕަރޭޝަންގެ ޑިރެކްޓަރު ޑަމިއާނޯ ރޮސޯ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި […]
ވޯކް ވިސާގެ ގޮތުގައި އީ- ވިސާ ބޭނުންކުރަން ފަށައިފި އެވެ. އިއްޔެއިން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްހަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް މީހުންނަށެވެ. އަލަށް ވޯކް ޕާމިޓް […]
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް، ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށާފައިފިއެވެ. މެދުރާއްޖެ ތެރޭ ރަށެއްގައި އުމުރުން 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށްފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް ބުނެ އެ ކުއްޖާގެ ބައްޕަ ވަނީ ރޭ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި ބުނީ އޭނާގެ ދަރިފުޅު މަޢްރިބް ނަމާދަށް މިސްކިތަށް ދިޔަ މަގުމަތީގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި 17 އަހަރުގެ […]
ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ހއ. ދިއްދޫގައި ބޭއްވި ހާއްސަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ. މި މަޝްރޫއުގެ ދަށުން، 4 ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެ އެވެ. އަދި 1 ފަންގިފިލާގެ ސާވިސް ބްލޮކަކާއި ވަށާފާރެއް ރާނާނެ އެވެ. މިއީ 185.57 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ […]
ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖީލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަތީފު މުޙައްމަދާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި، ހއ. އަތޮޅު ކައުންސިލްގެ […]
ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަމާއި، މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި ތާރީހީ ހާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވައި ‘އެކްސް’ގައި ހިއްސާކުރެއްވި ޕޯސްޓެ ގައެވެ. މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް […]
މި ދައުރުގެ މިހާތަނަށް އެއާ އެމްބިއުލާންސްގެ ހިދުމަތަށް 114.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންއެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ހާއްސަކޮށް ރާއްޖޭގައި ފެށި ހިދުމަތެކެވެ. ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ރަސްމީކޮށް އެއަރ އެމްބިއުލާންސްގައި ފެށީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އެންސްޕާއިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ދައުރުގެ މިހާތަނަށް އެއާ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. […]
އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ވަނީ ކުޅުދުއްފުށި ޕޯޓަށް ބަނދަރުކޮށްފި އެެވެ. ކުޅުދުއްފުށި ބަނދަރަށް އިއްޔެ ބަނދަރުކުރީ ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން އައި “ވީބީ ޕްރޮގްރެސް” ބޯޓެކެވެ. މި ބޯޓުން ގެނައީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯ އެވެ. މި […]
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ, ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި އެވެ. އައު ޓާމިނަލުން ކޮންޑޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެވެ. ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ އޭޝިއާ އަދި އިންޑިއަން އޯޝަންގެ […]
އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމަށް މާލެ ސަރަޙައްދުގައި ގާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ހިދުމަތް ދޭން ފަށައިފި އެވެ. މި ސެންޓަރު ހުޅުވައި ދެއްވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. އައިޖީއެމްއެޗުން ބުނީ މެޑިކަލް ސެންޓަރުން ސިއްހީ އާންމު މައުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ހިދުމަތްތައް ދޭނެ ކަމަށެވެ. މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި […]
ފާއިތުވި 3 އަހަރު ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 24 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން ވަނީ 2023، 2024 އަދި 2025 ވަނަ އަހަރު ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު […]











