އަވައްޓެރި ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ރާއްޖެއިން އެހީގެ ގޮތުގައި ފައިސާ އަދި މަސްދަޅުކޭސް ހަދިޔާކުރުމަށް ނިންމައިފި އެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 ޑޮލަރު އަދި މަސްދަޅުގެ 25،000 ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމާފައިވާކަމަށެވެ. ސަރުކާރުގެ މި ނިންމުމަކީ، ‘ޑިޓްވާ’ ތޫފާންގެ ސަބަބުން ސްރީލަންކާ ގެ އެކި […]
ޙަބަރު
ފަހުގެ ޚަބަރުތައް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ހިދުމަތް ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ފަށަން ތައްޔާރުވެއްޖެ އެވެ. މި ހިދުމަތް ފަށަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. އެގޮތުން، އެ ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ 2 ރަށަކީ ނ. މަނަދޫއާއި ރ. އުނގޫފާރެވެ. މި ހިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. އަދ،ި މި ފެރީގައި 2 ސީޓު އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ […]
ރަސްމީ ތައުލީމުގެ ތެރޭގައި މާތީ ސާނަވީ ވޮކޭޝަނަލް ޕާތުވޭ ހިމަނާ، މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފިއެވެ. މިކަމަށްޓަކާ ހާއްސަ ރަސްމިއްޔާތެއް ޕޮލިޓެކްނިކްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. މަތީ ސާނަވީގައި ހުނަރާ ތަމްރީން ދޭ ވޮކޭޝަން ޕާތުވޭގެ ކިޔެވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިވަނީ ފަށާފައެވެ. މި ސްކޫލްގެ ކިޔެވުން ގެންދަނީ، ތައުލީމީ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. ސަރުކާރުން މުޅިން […]
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކޮށްފި އެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ބެތަނީ ސޭރާ އެވެ. އޭނާ ރާއްޖެއައީ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފަ […]
މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާ ބެހޭ ފަރާތްތަކުން ބައްލަވާނޭކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވައިފި އެެވެ. މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ބެހޭގޮތުންނެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސް ވަނީ، މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫއުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަދާހަމަ، އަދި މަސައްކަތްތަކުގެ […]
ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. މި ބިލު ދިރާސާކުރި މަޖިލީހުގެ ވަގުތީ ކޮމިޓީން ބިލު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ބިލު ދިރާސާކުރި ވަގުތީ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، މިއަދު ބާއްވާ މަޖިލީހުގެ […]
މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަަށް ފުލުހުން ކުރިއަށްގެންދާ “އޮޕަރޭޝަން އަލިމަގު”ގެ ތެރެއިންް 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ. “އޮޕަރޭޝަން އަލިމަގު” އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވި ކަމަށެވެ. އަދި 105 ތަނެއް ބަލައި ފާސްކުރުމަށްފަހު 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. މި އޮޕަރޭޝަނުގެ ތެރެއިން މި […]
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ ބަނދަރު ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ %16 ނިމިފައިވާއިރު، މި މަޝްރޫއުގެ ދަށުން 2.29 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި، ރިވެޓްމަންޓްތަކާއި، ބްރޭކްވޯޓާ އަދި ގްރޮއިން ފަދަ ތަންތަން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން، ފޭދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިހާރު ދަނީ […]
ރާއްޖެއަކީ، އަންހެނުންނާއި އަންހެން ކުދިންނަށް ގޭގައާއި، މަސައްކަތުގެ މާހާއުލާއި، މުޖުތަމައު އަދި ޑިޖިޓަލް މަންސަތަކުގައި އަނިޔާއިން ރައްކާތެރި ކަމާއެކު ދިރިއުޅެވޭ ގައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ، ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަ ކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅު ހަރަކާތްތައް ކުރިއަށް ގެންދާ 16 ދުވަހުގެ ހަރަކާތްތައް ފެށުމާއި ގުޅުވައިގެން މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ. ދުވަހުގެ […]
ރާއްޖެއަށް މުދާ ގެންނަ ހިސާބުން ފެށިގެން އެ ތަކެތީގެ ލިޔެކިއުން ނިންމައި ބަނދަރުން މުދާ ދޫކުރުމާ ހަމައަށް ހޭދަވާ ވަގުތުތައް ކަސްޓަމްސް އިން “ޓައިމް-ރިލީސް ސްޓަޑީ” ސާވޭއެއް ފަށައިފިއެވެ. މި ސާވޭއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އެ ޖަމިއްޔާގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ހިންގޭ ސާވޭއެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން މި ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް […]
ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ރާއްޖޭގެ ދިފާއީ ވުޒާރާ އާއެކު ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިއެމްސީޓީސީން ރާއްޖޭގައި އިފުތިތާހު ކޮށްފައިވަނީ އެ ކޯލިޝަންގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ކަމަށްވާ “ކޮމްޕިޓެންސް” ނުވަތަ ގާބިލުކަން އަދި ސައިބާގެ ހަރަކާތްތަކެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި […]
އަތޮޅު ކައުންސިލްތައް އުފެއްދުމަށް ގާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވާލުމަށް ހުށަހަޅާފައިވާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ. މި ބަދަލު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. އެ ބިލު ދިރާސާކުރީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. ބިދު ދިރާސާކުރުމަށްޓަކައި މިއަދު ބޭއްވި ކޮމިޓީ ބިލުގައި ސަރުކާރުން ހުށަހެޅި ގޮތަށް އެ ބިލު ފާސްކުރުމަށް ނިންމީ 52 މެމްބަރުންގެ ވޯޓުން ނެވެ. އެކަމާ ދެކޮޅަށް 10 މެމްބަރުން […]











