ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 112 / 179

ޙަބަރު

އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން މިއަހަރު 738 އިމާމުންނަށް ތަމްރީންދީފައިވާކަމަށް އިސްލާމިކް މިިނިސްޓަރު ޑރ މުއްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވާއިރު، މާލެ ސަރަހައްދުގެ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ޖުމުލަ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު މިސްރުގެ އަލްއަޒްހަރު […]

ޙަބަރު

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ހާލަތުގައި އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ހާއްސަ ޓެލެތޯނަށް މިހާތަނަށް 5.7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ. އިއްޔެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދު މެންދުރު 2:00 ޖެހުމާއިހަމައަށް ކުރިއަށްދާނެއެވެ. ބީއެމްއެލްއިން މި ޓެލެތޯންއަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ހޯމަ ދުވަހުގެ ހެނދުނު 8:30 ޖެހުމާއި ހަމައަށް 5,729,941 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 5،087،837 ރުފިޔާއާއި 41،641 ޑޮލަރެވެ. މީޑިއާ […]

ޙަބަރު

ލަންކާއަށް އެހީވުމަށް ބާއްވާ “ސިލޯނާއެކު ދިވެހީން” ޓެލެތޯން އަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯނަކީ ލަންކާއަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޓެލެތޯނެކެވެ. 37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިއަދު 9 ޖެހި އިރު ފަށާފައިވާއިރު މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ. މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ […]

ޙަބަރު

ސްރީލަންކާއިން އެހީއަށް އެދުމުން އެންމެ ފުރަތަމަ އިޖާބަދިން ގައުމަކީ ދިވެހިރާއްޖެ ކަމަށާއި މިވަގުތު އިސްކަމެއް ދެނީ ރައްޔިތުން ސަލާމަތްކޮށް ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ކަމަށް ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެ އެވެ. ސަފީރު މިހެން ވިދާޅުވީ، ޕީއެސްއެމް އިސްނަގައިގެން ރާޢްޖޭގެ މީޑިއާތަކާއި ގުޅިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯންގައި ވާހަކަ ދައްކަވަމުންނެވެ. ސަފީރު ވިދާޅުވީ ސްރީލަންކާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޕީއެސްއެމްއިން ކުރިއަށްގެންދާ ޓެލެތޯނުގައި ވާހަކަ ދައްވަކަމުން އެ […]

ޙަބަރު

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރު 12:14 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ފުލުހުން މިހާރު އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުނެވެ. މަރުވެފައި އޮތީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

ޙަބަރު

އިނގިރޭސި ރަސްގެފާނު، ކިންގް ޗާލްސް ތިންވަނައިގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ. ރައީސްގެ މި ދަތުރުފުޅަކީ، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަޤުވާމީ […]

ޙަބަރު

މާދަމާ އިން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލް ރިސެސް އަށް ދާން ނިންމައިފިއެވެ. ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ބުނީ މާދަމާ ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ އެކަކާ ހަމައަށް އެއިދާރާ އޮންނާނީ ރިސެސްގައި ކަމަށެވެ. ރިސެސްގެ މުއްދަތުގައި، މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ނުބޭއްވި ނަމަވެސް، މިހާރު ތާވަލުކުރެވިފައިވާ އަޑުއެހުންތަކާއި، އަވަސް މައްސަލަތަކެއްގެ ގޮތުގައި ބަލަން ޖެހޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ކޮންމެހެން އަޑުއެހުމެއް ބާއްވަން ޖެހޭ ކަމަށް އެ މައްސަލަ ބައްލަވާ މަޖިލީހަކަށް ފެނިވަޑައިގަންނަވާ މައްސަލަތަކުގެ އަޑުއެހުންތައް އޮންނާނެއެވެ. އަދި ރިސެސްގެ މުއްދަތުގެ […]

ޙަބަރު

ސްރީލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޙާދިސާގައި އެހީތެރިކަން ބޭނުންވެފައިވާ ދިވެހިންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ދިވެހި ހައިކޮމިޝަނުން ފަށައިފިއެވެ. ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ރިޕޯޓުކުރުމަށް ވަނީ ޚާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފައެވެ. ހައި ކޮމިޝަނުން އަންނަނީ ދިވެހީންގެ ހާލު ގާތުން ބަލަމުންނެވެ. ހައި ކޮމިޝަނުން ބުނީ އެހީތެރިކަމަށް އެދުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ހައި ކޮމިޝަނުން ބުނީ ލަންކާގެ އެކި ސަރަޙައްދުތަކުގައި ކާބޯތަކެތި ހޯދުމަށް ދަތިވާ ދިވެހިންނަށް ކާ […]

ޙަބަރު

ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލިތާ 41 ގަޑިއިރުގެ ތެރޭގައި މިހާތަނަށް 29 ވިޔަފާރިއެއްގެ ރިޕޯޓު ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ގަވާއީދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިއުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރުތެރޭ، ބިދޭސީން ޤަވާޢިދާ ހިލާފަށް ހިންގާ […]

ޙަބަރު

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނާއެކު ބައިނަލްއަގްވާމީ މުޖުތަމައު ތިބިކަން އަމަލީ ގޮތުން ދައްކުވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސް އެކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެެވެ. ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ފަލަސްތީނު ރައްޔިތުންނާއެކު އެއްބައިވައްތަކަން ހާމަކުރުމުގެ ދުވަސް ފާހަގަކުރާއިރު، ފަލަސްތީނުގެ ބިމުގައި ހާލަތު އޮތީ އަދިވެސް ގޯސްކޮށް ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް […]

ޙަބަރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަގުވަޒަންކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އެމްއެސްއެމްޢި އެވޯޑު 21 ފަރާތަކުން ހޯދައިފިއެވެ. މި އެވޯޑު ދީފައިވަނީ ދެ ގިންތިއަކުންނެވެ. އެއީ އާންމުންގެ ވޯޓުން ހޮވާ ގިންތިއަކާއި، ފަނޑިޔާރުންގެ މާކްސްއިން ހޮވާ ގިންތިއެކެވެ. މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025 އަކީ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބިޒްނަސް […]

ޙަބަރު

ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ. އިސްލާމީ މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މި އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3 ގެ އުދުވާނުގައި ޝަހީދުވި ހއ. ދިއްދޫއަށް ނިސްބަތްވާ ޝަހީދު އުމަރު އަހުމަދުގެ ނަމުންނެވެ. މަސްޖިދު ޝަހީދު އުމަރު އަހްމަދުގެ ނަމުން މި މިސްކިތަށް ނަންދިނީ ޝަހީދު އުމަރު އަހުމަދަކީ އެ ހަމާލަގައި […]