ޙަބަރު
ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރު 12:14 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ފުލުހުން މިހާރު އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުނެވެ.
މަރުވެފައި އޮތީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.







ކޮމެންޓު