ފާއިތުވި 2 އަހަރު ތެރޭގައި ޒުވާނުން ތަމްރީނު ކުރުމުގެ އެކި ޕްރޮގްރާމްތަކުން 541 ޒުވާނުން ތަމްރީނު ކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފި އެވެ. ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް މުޖުތަމަޢުގައި ފަހި ފުރުސަތުތައް ހޯދާ ދިނުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާނުންނަށް ހާއްސަ ކޮށްގެން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ، ހިނގަމުން ނެވެ. އޭގެތޭރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމް ހިމެނެއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި […]
ޙަބަރު
ފަހުގެ ޚަބަރުތައް
ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ މައުލޫމާތު އެއްކުރުމަށް “މޯލްޑިވްސް ވިޒިޓަރ ސަރވޭ”ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ހާއްސަ ސާވޭއެއް ފަށައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރަސްމީކޮށް މި މަސައްކަތް ފަށާފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ސާވޭ ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. ލްޑިވްސް ވިޒިޓަރ ސަރވޭއަކީ، ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހިންގާ “އެގްޒިޓް ސަރވޭ” އެކެވެ. މި ސަރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް […]
މިިދިޔަ ނޮވެމްބަރު މަހު ފުވައްމުލަކު ސިޓީގެ ފެނަށް ބިލު ނުކުރަން ފެނަކައިން ނިންމައިފި އެވެ. މިދިޔަ މަހު، ފުވައްމުލަކު ސިޓީގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި، ތަގައްޔަރު ފެން އައުމާއި ފެނުގެ ޕްރެޝަރު ދަށްވުންފަދަ ކަންކަން ވަނީ މެދުވެރިވެފަ އެވެ. ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ނެވެމްބަރު މަހު ފުވައްމުލަކުގެ ފެނަށް ބިލުނުކުރާގޮޮތަށް ނިންމާފައިވާކަމަށެވެ. ފުވައްމުލައް ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، […]
“ޑެޓް-ފޮރ-ކްލައިމެޓް” އަދި “ޑެޓް-ފޮރ-ނޭޗަރ” މަޝްރޫޢުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފި އެވެ. މިކަމަށް މަޝްވަރާކުރައްވާފައިވަނީ، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރި ‘ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން’ ގަ އެވެ. މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިންނެވެ. މި ބައްދަލުވުމުގައި، ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމް.ޑީ.ބީ.) […]
ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ހާލަތުގައި އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ހާއްސަ ޓެލެތޯނަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ. 37 މީޑިއާއެއް ގުޅިގެން ބޭއްވި ސިލޯނާއެކު ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ އިއްޔެ މެންދުރުފަހު 14:00ގަ އެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ […]
ކުރިއަށްއޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުން ވަނީ، މި ސަރަހަށްދުތަކަށް ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށެވެ. ވައިޖެހޭނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ 5 މޭލާއި 15 މޭލާއި ދެމެދުގެ […]
ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ. މި ބަދަލު ގެންނަން ނިންމާފައި ވަނީ 2027 ގެ ދިރާސީ އަހަރާ އެކުކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ. ޔުނިފޯމަށް ގެންނަން ނިންމައި ބަދަލާ ގުޅޭ ސާކިއުލާއެއް އިއްޔެ ސްކޫލްތަކަށް ފޮނުވާފައިވެއެވެ. އެގޮތުން ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމް ގެންނަ ބަދަލާ އެކު ހަތަރު ކުލައެއް ބޭނުން ކުރެވޭނެ ކަމަށް ނިންމާފައިވެ އެވެ. އެއީ ފެއްސާއި ރަތާއި ހުދުގެ އިތުރުން ނުލެވެ. ޔުނީފޯމަށް ގެންނަ ބަދަލުގައި އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް […]
ރާއްޖޭގައި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ. ރާއްޖޭގައި ހުންނަ އެ ގައުމުގެ އެންބަސީން ބުނީ ސައުދީގެ އިންވެސްޓްމަންޓާ ބެހޭ މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ބައެއް ކުންފުނިތަކުގެ އޮފިޝަލުންތަކެއް ހިމެނޭ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ދަތުރަކީ ދެ ގައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ކުދާ ދަތުރެއް ކަމަށް ވެސް އެމްބަސީން ބުންޏެވެ. […]
ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި “ސިލޯނާއެކު ދިވެހީން” ޓެލެތޯންގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 250,000 ރުފިޔާ ހަދިޔާކޮށްފި އެވެ. އެމްއޭސީއެލް އިން ބުނިގޮތުގައި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ދަށުން، އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ގުޅިގެން 250,000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ. އަދި އެމްއޭސީއެލް އިން ވަނީ މި ހާދިސާގައި ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް ހަމްދަރުދީ ވެސް ފޮނުވާފަ އެވެ. […]
ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯންގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ވަނީ 350،000 ރުފިޔާ ހަދިޔާކޮށްފި އެވެ. އެމްޕީއެލްއިން ބުނީ، މި ފައިސާއަކީ ކުންފުނިން ހަދިޔާކުރި ފައިސާ އާއި ހުރިހާ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާކަމަށެވެ. މި ޓެލެތޯންގައި އެމްޕީއެލްގެ 3 ސަރަހައްދެއްގައި ފަންޑް ފޮށި ވެސް ބެހެއްޓިއެވެ. އެއީ އެމްޕީއެލް ހެޑް އޮފީސް، މާލޭ ނޯތު ހާބަރ އަދި މާލޭ ސައުތު ވެސްޓް ހާބަރ […]
ނިމުނު ނޮވެމްބަރު މަހު ރާއްޖެއަށް 195،127 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިިދޔަ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 12.8 އިންސައްތަ އިތުރެެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 172،987 ފަތުރުވެރިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް2،022،061 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. ރާއްޖެއަށް […]
މިދިޔަ އޮކްޓޯބަރު މަހު ކުޑަކުދިންނަށް އަނިޔާކޮށްގެން 100 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 34 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން […]










