ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ. މި ގާނޫނަށް ގެނައި އިސްލާހުތަކުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި، ނުޙައްގުން މުއްސަނދިވެފައިވާ މީހުންނަށް ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ، އިސްލާހުތައް ގެނެސްފައެވެ. މި ބިލް ފާސްކޮށްފައިވަނީ މި […]
ޙަބަރު
ފަހުގެ ޚަބަރުތައް
މި ފަސް އަހަރު ނިމޭއިރު ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. އިހުސާން މިހެން ވިދާޅުވީ ފުލުހުންގެ ނަޒާހާތްތެރިކަމާއި އެ ހިދުމަތަށް އާންމުން ކުރާ އިތުބާރު އަނބުރާ ގެންނަން އިހުސާން މަސައްކަތް ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. ޔާމީނަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި ވަޑައިގެން “ސިޓިން ރޫމްގައި ފްރޮންޓް އޮފީސް” ހިންގަވަމުން ފުލުހުންގެ […]
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައެޅުމުން، އެ ތަކެތި އެތެރެކުރުން ހުއްޓުވޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން، ރާއްޖެ އަންނަ އިރު ޑްރަގު އެތެރެކޮށްފި ނަމަ، އެ މީހަކަށް މަރުގެ އަދަބު ދިނުމަށްވަނީ ފާސްކޮށްފައެވެ. […]
ދިވެހިރާއްޖޭގެ “ޒަކާތު ގާނޫނު”އަކީ، ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް ވަރަށް ހަރުދަނާ ގާނޫނެއް ކަމަށާއި، މިއީ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާނެ ފުރިހަމަ ގާނޫނެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މި މަސައްކަތަށް ގާނޫނީ ހައިސިއްޔަތު ލިބުމަކީ ނިޒާމު ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު […]
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ޒަކާތުގެ ބިލު ތަސްދީގުކުރައްވައިފިއެވެ. މި އުސޫލުގައި ވަނީ، ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅާފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާއިން އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު […]
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު އަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ، 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ […]
ބޮޑުތަކުރުފާނު މަގު މަޝްރޫއުގެ ދެވަނަ ފިޔަވެހި ހެދުމަށް އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުވާލައިފި އެވެ. މާލޭ ބޭރުމަގު، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރުމަށް ހަދަންޖެހޭ އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ދަނީ ކުރަމުންނެވެ. އީއައިއޭގެ މަސައްކަތްކުރުމަށްޓަކައި އެ މަޝްރޫއުގެ ސަބަބުން އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި، އަދި މަޝްރޫއުގައި ހުރި އާންމުން ކަންބޮޑުވާ ކަންކަން ބެލުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އާންމުނަށް ހިޔާލު ފާޅުކުރެވޭނީ ގޫގުލް ލިންކް މެދުވެރިކޮށެވެ. […]
އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކެއްގެ ބޮޑުންތަކެއް ހަޔްޔަރުކޮށްފ އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިޔަށްގެންދާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ރޭގެ ވަގުތެއްގަ އެެވެ. މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފެށީ މި އަހަރު މާޗް މަހުގެ ތެރޭގަ އެވެ. ފުލުހުން ބުނީ، މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް […]
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު އައްޔަންކުރައްވައިފި އެވެ. މަހްލޫފް ސަފީރުކަމަށް އައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޚްލޫފު އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. ގިނަ އަހަރުތަކެއްވަންދެން ސިޔާސީ މަސައްކަތް ކުރައްވާފައިވާ މަހްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ޕީއެންސީއާއި ގުޅިވަޑައިގަތީ މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި ބޮޑު ޖަލްސާ ގައެވެ. […]
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ހިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ކަމަށާއި، އެ މަގުސަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ހިދުމަތުން ޖާގައެއް ނޯންނާނެ ކަމަށެވެ. ދިވެހި ފުލުހުންގެ […]
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 20:30ގައި، ތާޖުއްދީން ސްކޫލްގައި ކަމަށެވެ. އެހެންވެ މާފަންނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށްވަނީ ދައުވަތު އަރުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަން ބޭނުންވާ […]
ލޭބާ ސެންޓާ އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގަ (އޯއައިސީ) ގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ހޯދުމަށް ހުށައަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އޯއައިސީގެ ލޭބާ ސެންޓަރުގައި ބައިވެރިވުމަށާއި އެ ސެންޓަރުގެ ސްޓެޓިއުޓްގައި ރާއްޖެއިން ސޮއިކޮށް، ތަސްދީގު ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް މައްސަލައެއް ހުށައަޅުއްވާފައެވެ. އޯއައިސީގެ ލޭބާ ސެންޓަރުގައި ބައިވެރިވުމަށް ރުހުން ހޯއްދެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ވަނީ، 10 ނޮވެންބަރު 2025ގައި ބޭއްވި ވަޒީރުންގެ […]









