ޙަބަރު

އަތޮޅު ކައުންސިލްތައް އުވާލަން ކޮމިޓީން ފާސްކޮށްފި

Hafeez

1 މިނިޓު
އަތޮޅު ކައުންސިލްތައް އުވާލަން ކޮމިޓީން ފާސްކޮށްފި

އަތޮޅު ކައުންސިލްތައް އުފެއްދުމަށް ގާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވާލުމަށް ހުށަހަޅާފައިވާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މި ބަދަލު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. އެ ބިލު ދިރާސާކުރީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

ބިދު ދިރާސާކުރުމަށްޓަކައި މިއަދު ބޭއްވި ކޮމިޓީ ބިލުގައި ސަރުކާރުން ހުށަހެޅި ގޮތަށް އެ ބިލު ފާސްކުރުމަށް ނިންމީ 52 މެމްބަރުންގެ ވޯޓުން ނެވެ. އެކަމާ ދެކޮޅަށް 10 މެމްބަރުން ވޯޓު ދެއްވި އެވެ.

އެ އިސްލާހުގައި ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ 3 ވަނަ ނަމްބަރުގައި އޮންނަ އަތޮޅު ކައުންސިލްތަކާ ގުޅޭ ބައިތައް އުނިކުރުމަށެވެ.

އެއާއެކު އަތޮޅު ކައުންސިލްތައް އުވިގެންދާނެއެވެ.

ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށްވެސް އިސްލާހު ހުށަހަޅާފައިވެއެވެ.

ޝެއާ

ކޮމެންޓު