ވޯކް ވިސާގެ ގޮތުގައި ދެން ބަލައިގަންނާނީ އީ-ވިސާ
ވޯކް ވިސާގެ ގޮތުގައި އީ- ވިސާ ބޭނުންކުރަން ފަށައިފި އެވެ. އިއްޔެއިން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްހަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް މީހުންނަށެވެ. އަލަށް ވޯކް ޕާމިޓް […]

ވޯކް ވިސާގެ ގޮތުގައި އީ- ވިސާ ބޭނުންކުރަން ފަށައިފި އެވެ.
އިއްޔެއިން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްހަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް މީހުންނަށެވެ. އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ހޯމްލޭންޑް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ” އެންޓްރީ ޕާސް” އެއް އޮވެގެން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.







ކޮމެންޓު