ޙަބަރު

ފްލެޓް ދޫކުރުމުގައި ޓެކްސީ ޑްރައިވަރުންނާ މަސްވެރިންނަށް ހާއްސަ އިސްކަމެއް ދެނީ

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ފްލެޓް ދޫކުރުމުގައި ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންނަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ހާމަކޮށްފި އެެވެ. “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ފުރަތަމަ ބުރުގައި ޖުމްލަ 7،500 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ފްލެޓް ދޫކުރަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފަ އެެވެ މީގެއިތުރުން ހާއްސަ […]

މަރިޔަމް ލީން

1 މިނިޓު
ފްލެޓް ދޫކުރުމުގައި ޓެކްސީ ޑްރައިވަރުންނާ މަސްވެރިންނަށް ހާއްސަ އިސްކަމެއް ދެނީ

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ފްލެޓް ދޫކުރުމުގައި ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންނަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ހާމަކޮށްފި އެެވެ.

“ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ފުރަތަމަ ބުރުގައި ޖުމްލަ 7،500 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ފްލެޓް ދޫކުރަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފަ އެެވެ

މީގެއިތުރުން  ހާއްސަ އިސްކަންދޭ ކެޓަގަރީއެއްވެސް ހިމަނާފައިވެ އެވެ. އޭގެރޭގައި،

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
  • އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝިއަރީގެ މުވައްޒަފުން
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓް ލިބިފަ ނުވާ ފަރާތްތައް
  • ހާއްސަ އެސެސްމަންޓެއްގެ ދަށުން، ބޯހިޔާވަހިކަން ނެތް ފަގީރު އާއިލާތަކަށް ދޭ ބޯހިޔާވަހިކަން
  • ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން
  • މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން
  • ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން

ފްލެޓަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓް ދޭނެ އުސޫލުތަކުގެ ގަވައިދު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ. އެޕްލިކޭޝަން ހުށައެޅޭނީ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު” ނުވަތަ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު” ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންނެވެ.

މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 04 ޖަނަވަރީ އިން ފެށިގެން 03 މާރިޗުގެ ނިޔަލަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ޝެއާ

ކޮމެންޓު