ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 11 / 179

ޙަބަރު

ދިވެހި ސަރުކާރުން އަދާކުރަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލެއް (ޓީ-ބިލް) އެއްކޮށް ދައްކައި ހަލާސްކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން ރައްޔިތުންނަށް ޔަގީންކަން އަރުވާފައިވާ ގޮތުގައި، މި ބޮޑު ފައިސާ ދެއްކި ނަމަވެސް ރާއްޖެއަށް އެންމެ ބޭނުންތެރި އަސާސީ މުދާ ކަމަށްވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އެއްވެސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމުތައް ފުރިހަމައަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން މިފަހަރު ދައްކައި ނިންމާލި 50 މިލިއަން ޑޮލަރަކީ، 2019 […]

ޙަބަރު

ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑަރޑްގެ އާ ވަރޝަން (ވަރޝަން 18.0) ގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފިއެވެ އެމްއެމްއޭއިން ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރު ތައާރަފުކުރި ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑަރޑްގައި ހިމެނުމާއެކު، ވެބްސައިޓްތަކާއި، މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ޔުނިކޯޑް ސްޓޭންޑަރޑްގެ ވަރޝަން 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައި، އެ […]

ޙަބަރު

އަންނަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހުބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފިއެވެ. ޕީއެންސީގެ މި ހާއްސަ ބައްދަލުވުމުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުން މި ގަރާރު ފާސްކުރިއިރު، މަޖިލީހަށް މި ގަރާރު ހުށަހަޅުއްވައިދެއްވީ މަންދޫބު އަބްދުﷲ އިބްރާހީމެވެ. ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އާ އިސްލާހުގެ ދަށުން، ވެރިކަމުގައި ހުންނަވާ ޕާޓީގެ ރައީސަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން […]

އަޕްޑޭޓު
ޙަބަރު

ދިވެހިރާއްޖެއިން ކަނޑުމަގުން ކުރާ ވިޔަފާރީގެ ދަތުރުފަތުރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި މެރިޓައިމް ސެކިއުރިޓީ ވަރުގަދަކުރުމަށް ސައުދީ އަރަބިއްޔާއިން އުފެއްދި “މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” ގެ ޗާޓަރުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ބަންޑާރަކޮށީގައި ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ކޯލިޝަންގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ބައްދަލުވުމުގައި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި، ހާރިޖީ ވަޒީރު ޑރ. […]

ޙަބަރު

މާލެ ސަރަހއްދުގެ ދަތުރުފަތުރުގެ ނިޒާމަށް ތައާރަފުކުރި “މާލެ ޓެކްސީ ލައިން” މޯބައިލް އެޕްލިކޭޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، ފާއިތުވީ ތިން މަސްދުވަހުގެ ތެރޭގައި 157،000 އަށްވުރެ ގިނަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. އެމްޓީސީސީން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އެޕްލިކޭޝަން ތައާރަފުކުރި ފަހުން ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ޖުމްލަ 157,971 ދަތުރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މި ހިދުމަތް ބޭނުންކުރުމަށް […]

ޙަބަރު

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހަށް ހޮވުމަށް ހަމަޖެހިފައިވާ އާއްމު 18 މެންބަރުން އިންތިހާބުކޮށްފިއެވެ. އެގޮތުން ޕާޓީގެ ހަ ނައިބުރައީސުން ހޮވުމުގެ އިތުރުން، މަތީ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރި ގޮނޑިތަކަށާއި، ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ހޮވާ އާއްމު 18 މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ވަނީ ވޯޓުލާފައެވެ. މަތީ މަޖިލީހުގެ 18 އާއްމު ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގައި، އެ މަގާމުތަކަށް 70 އަށްވުރެ ގިނަ ބޭފުޅުން ވާދަކުރައްވާފައިވެއެވެ. ޖުމްލަ […]

ޙަބަރު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ މަޖިލީހުން ޒުވާނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފިއެވެ. ޕީއެންސީގެ މަތީ މަޖިލީހުގެ މެންބަރުންނާއި ނައިބުރައީސުން ހޮވުމުގެ އިންތިހާބު ބާއްވާފައިވާއިރު، މި އިންތިހާބުގައި ޕާޓީގެ ނައިބުރައީސްކަމަށް ހަ ބޭފުޅަކު އިންތިހާބުކޮށްފައިވާއިރު، މަތީ މަޖިލީހުން އަންހެނުންނަށް ހާއްސަކުރި 10 ގޮނޑިއާއި ޒުވާނުންނަށް ހާއްސަކުރި 7 ގޮނޑިއަށް ވެސް ވަނީ މެންބަރުން ހޮވައިފައެވެ. ޒުވާނުންނަށް ހާއްސަކުރި ހަތް މަގާމަށް ޖުމްލަ 12 މެންބަރަކު ވާދަކުރައްވާފައިވެއެވެ. އެއީ؛ ސިމާން ހާދީ – 881 ވޯޓް […]

އަޕްޑޭޓު
ޙަބަރު

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބުކޮށްފިއެވެ. ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެކި މަގާމުތަކަށް މެންބަރުން ހޮވުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބޭފުޅުންތަކެއް ކުރިމަތިލެއްވިއިރު، އެންމެ ފޯރިގަދަ ވާދަވެރިކަމެއް ފެނުނީ ނައިބު ރައީސްކަމުގެ މަގާމުތަކަށެވެ. އެގޮތުން ހޮވަންޖެހޭ ހަ ނައިބު ރައީސުންގެ މަގާމަށް ޖުމްލަ އަށް ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ: އަސްމާ ރަޝީދު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަބްދުﷲ ރާފިއު އަހުމަދު […]

ޙަބަރު

ދިވެހިރާއްޖެއަށް ހަގީގީ ތަރައްގީއާއި ހަމަޖެހުން ގެނެސް، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދޭނީ މަދުވެގެން 10 އަހަރު ދުވަހު އެއް ވެރިޔަކު ގައުމުގެ ވެރިކަމުގައި ހުންނަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހީމް އަބްދު ﷲ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފެދުމުގެ އަސާސީ ބޭނުމަކީ ވެރިކަން ކުރުން ކަމަށާއި، ވެރިކަމުގައި ނެތް ނަމަ ސަރުކާރު ޒިންމާދާރުކުރުވުން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، […]

ޙަބަރު

ރާއްޖޭގައި ކުރީން އޮތް ސިޔާސީ ހަލަބޮލިކަމަށް ނިމުން ގެނެސް، ޤައުމުގައި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ގައުމަށް ފުރިހަމަ އަދި ހަގީގީ ސިޔާސީ ހަމަޖެހުމެއް ހޯދައިދިނުން ކަމަށެވެ. އަދި އެ ލަނޑުދަނޑިއަށް ވާސިލުވުމަށް ފެއްޓެވި މަސައްކަތުން، ވެރިކަމުގެ ތިންވަނަ އަހަރު ނިމެމުންދާއިރު، މީގެ ކުރިން ރާއްޖޭގައި އޮތް […]

ޙަބަރު

ޕީއެންސީގެ އަދި ދިވެހި ހުރިހާ ރައްޔިތުން ވެސް ގައުމީ ޖޯޝުގަ، ގައުމީ ލޯބީގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިހެން ގޮވާލެއްވީ މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިގޮތަށް މަސައްކަތް ކުރަމުން ދާނަމަ ގައުމަށް ހަގީގީ މާނާގައި ތަރައްގީ ލިބިގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހެން ފޯރީގައި ޕީއެންސީގެ މެންބަރުންވެސް މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ. ޒިންމާދާރު ސިޔާސީ މަސައްކަތްތަކެއް ވެސް ކުރެވޭނީ އެކަމުގައި […]

ޙަބަރު

އަމާޒަކީ މި ކޮންގުރެސް މަޖިލީސް ނިމެންވާއިރަށް ޕީއެންސީގެ މެންބަރުންގެ އަދަދު 80،000 އަށް ވުރެ މަޗަށް އެރުން ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިހާރު ޕީއެންސީގެ މެންބަރުންގެ އަދަދު ހުރީ 79000 އަށްވުރެ އިތުރު އަދަދެއް ކަމަށް ފާހަގަކުރައްވާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ޕީއެންސީގައި ތިބީ 3000 އެއްހާ […]