ޙަބަރު
ކަނޑުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް ސައުދީން އުފެއްދި އެމްއެމްޑީސީ ޗާޓަރުގައި ރާއްޖެއިން ސޮއިކޮށްފި

ދިވެހިރާއްޖެއިން ކަނޑުމަގުން ކުރާ ވިޔަފާރީގެ ދަތުރުފަތުރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި މެރިޓައިމް ސެކިއުރިޓީ ވަރުގަދަކުރުމަށް ސައުދީ އަރަބިއްޔާއިން އުފެއްދި “މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” ގެ ޗާޓަރުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ބަންޑާރަކޮށީގައި ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ކޯލިޝަންގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.






ކޮމެންޓު