ޙަބަރު

ޕީއެންސީގެ މަތީ މަޖިލީހަށް ހޮވާ އާއްމު 18 މެންބަރުން އިންތިހާބުކޮށްފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހަށް ހޮވުމަށް ހަމަޖެހިފައިވާ އާއްމު 18 މެންބަރުން އިންތިހާބުކޮށްފިއެވެ. އެގޮތުން ޕާޓީގެ ހަ ނައިބުރައީސުން ހޮވުމުގެ އިތުރުން، މަތީ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރި ގޮނޑިތަކަށާއި، ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ހޮވާ އާއްމު 18 މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ވަނީ ވޯޓުލާފައެވެ. މަތީ މަޖިލީހުގެ 18 އާއްމު ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގައި، އެ މަގާމުތަކަށް 70 އަށްވުރެ ގިނަ ބޭފުޅުން ވާދަކުރައްވާފައިވެއެވެ. ޖުމްލަ […]

އާމިނަތު ރޫޔާ

1 މިނިޓު
ޕީއެންސީގެ މަތީ މަޖިލީހަށް ހޮވާ އާއްމު 18 މެންބަރުން އިންތިހާބުކޮށްފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ގެ މަތީ މަޖިލީހަށް ހޮވުމަށް ހަމަޖެހިފައިވާ އާއްމު 18 މެންބަރުން އިންތިހާބުކޮށްފިއެވެ.

އެގޮތުން ޕާޓީގެ ހަ ނައިބުރައީސުން ހޮވުމުގެ އިތުރުން، މަތީ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރި ގޮނޑިތަކަށާއި، ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ހޮވާ އާއްމު 18 މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ވަނީ ވޯޓުލާފައެވެ.

މަތީ މަޖިލީހުގެ 18 އާއްމު ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގައި، އެ މަގާމުތަކަށް 70 އަށްވުރެ ގިނަ ބޭފުޅުން ވާދަކުރައްވާފައިވެއެވެ.

ޖުމްލަ 1،200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި ހަރަކާތްތަކުގައި، އިންތިހާބުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން މަންދޫބުންނަށް ހާއްސަ މައުލޫމާތު ސެޝަންތަކެއް ކުރިއަށްގެންދިޔައެވެ. އަދި ކޮންގްރެސްގެ ޕާޓިގެ، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންދިޔައެވެ.

ޝެއާ

ކޮމެންޓު