ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 12 / 179

ޙަބަރު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުރީފް ކުރައްވައިފިއެވެ. އެމަނިކުފާނު ޕާޓީއަށް ތައުރީފު ކުރައްވާފަ ވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕީއެންސީގެ ކޮންގުރެސް ޖަލްސާގައެވެ. މި ކޮންގުރެސްއަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގުރެސް ޖަލްސާއެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ޕާޓީގައި 3،000 މެމްބަރުން ތިބި އިރު މިހާރު މި އަދަދު 80،000 މެމްބަރުންނާއި ގާތްކޮށްފަވާކަން ރައީސް ވަނީ […]

ޙަބަރު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދުތަކަށް ގެނެވުނު އިސްލާހުތައް ފާސްކޮށްފިއެވެ. ޕީއެންސީގެ އަސާސީ ގަވާއިދުތަކަށް ގެނެވުނު މި އިސްލާހުތައް ފާސްކޮށްފަ ވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕީއެންސީގެ ކޮންގުރެސް ޖަލްސާގައެވެ. ސާސީ ގަވާއިދު އެންޑޯސްކުރުމަށް ބޭއްވި ސެޝަނުގައި ބައިވެރިވެވަޑައިގެންނެވީ 1064 މަންދޫބުންނެވެ. މި އިސްލާހުތަކަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެފައިވާ މިންވަރަަށް ބަލައި، ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވިއެވެ. […]

ޙަބަރު

ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާކަމަށް އެ ގައުމުގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފަ ވަނީ ރާއްޖެއާއި މެލޭޝިއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމަށް ފަހު މީޑިއާއަށް ދެއްވި ބަޔާނުގައެވެ. މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އެދިފައިވާ އެދުމާމެދު ރައީސް މުއިއްޒު މަޝްވަރާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވީހާވެސް […]

ޙަބަރު

ރާއްޖެއާއި މެލޭޝިއާއާ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރަން މަޝްވަރާކުރެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާއަށް ދިން ބަޔާނުގައެވެ. އިގްތިސާދީ އަދި މާލީ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން، މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޯގްރާމް (އެމްޓީސީޕީ) އަދި ސްކޮލަރޝިޕްތައް މެދުވެރިކޮށް އެގައުމުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިއާއެކު، ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށާއި، އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް […]

ޙަބަރު

ދީނީ އަދި ދިފާއީ ކަންކަމުގައި އެއްބާރުލުން ދޭން މެލޭޝިއާއާއި ރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފަ ވަނީ މިކަމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން، ދިފާއީ ދާއިރާގެ އެކި އެކި ކަންކަމުގައި މުއާމަލާތްކުރުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮނިގަނޑެއް އެކުލަވާލެވޭނެއެވެ. ދެވަނަ އަށް ސޮއިކުރައްވާފަވަނީ އިސްލާމްދީނުގެ ކަންކަމުގައި ދެގައުމުން އެއްބާރުލުން […]

ޙަބަރު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގުރެސް ޖަލްސާ ރަސްމީކޮށް ފަށައިފިއެވެ. މި ޖަލްސާ ފަށާފައި ވަނީ މިއަދުގެ ހެނދުނު 7 ޖެހި އިރުގައެވެ. މި އަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. އިފްތިތާހީ ޖަލްސާއަށް ފަހު ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތާއި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މިނިސްޓަރުން ހާއްސަ ސެޝަންތަކެއް ހުށައަޅާނެއެވެ. މަޖިލީހުގެ ހާޒިރީން ޕާޓީގެ މުސްތަގުބަލަށް ކުރާ އުންމީދުތަކުގެ ޝުއޫރުތައް ފާޅުކުރުމާއި، ޕާޓީގެ މުސްތަގުބަލުގެ ތަސައްވުރު ވެސް […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަނެފިއެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮންނާނީ މާދަމާއެވެ. މެލޭޝިއާގެ ބޮޑުވަޒީރު މި ދަތުރުފުޅުގައި، ރައީސްއާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ދެ ގައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ،ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. އެގޮތުން ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް، ގދ. ތިނަދޫ ޝިފާ، އަހުމަދު ހަބީބް އައްޔަންކުރައްވާފައެވެ. ރައީސް އޮފީހުގެ އާ މަގާމަށް އައްޔަންކުރެއްވި މުހައްމަދު […]

ޙަބަރު

މީގެކުރީގެ ސަރުކާރުތަކުން ގާނޫނުތައް ފުރިހަމައަށް ތަންފީޒުނުކޮށް އޮތުމަކީ ގާނޫނުތަކާ ހިލާފުވެ މުގުރައިލުމަށް ލިބޭ ހުއްދައެއް ނޫން ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ޣައިރުޤާނޫނީ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކަމަށް ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 12 މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. ޣައިރުގާނޫނީ ގޮތެއްގައި ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާކަން ތަހުގީގަށް […]

ޙަބަރު

ސަރުކާރުން ކަޅު ބާޒާރު ބަންދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ޑޮލަރުގެ ރޭޓުތައް މިހާރު ކުރީގެ ހުރި މިންވަރަށް ތިރިވެފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަރުކަޒީ ބޭންކުގެ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކުން ހުއްޓުވުމަށް އެޅުނު ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގު މިހާރު ވަނީ މި ސަރުކާރުން ވެރިކަމާ […]

ޙަބަރު

ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެން، އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާއެކު ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، “ޖާމިއުއްސުލްތާން މުހައްމަދު ބިން އަބްދުﷲ” އަދި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ. ހުޅުމާލޭގައި ބިނާކުރާ މި ބޮޑު މިސްކިތާއި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒާއި އިސްލާމީ […]

ޙަބަރު

ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައި، މުސްތަގުބަލުގައި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ހަތީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމީ ދަޢުވަތު ފެތުރުމުގެ މުހިންމު ޒިންމާއާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތައުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ކުދިން މި މަހާސިންތާގައި ބައިވެރިވުމަކީ ރާއްޖޭގެ އިސްލާމީ ރޫހަށް ލިބުނު […]