ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިޓަލީގެ ގައުމީ އެއާލައިން, އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ. ޓާމިނަލް 1 އިން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމްއެވެ. މި ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ, ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި […]
ޙަބަރު
ފަހުގެ ޚަބަރުތައް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި، މެދު ރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާނެ ގޮތް ހާމަކޮށް މެޓް އޮފީހުން ބުނީ، އެވްރޭޖްކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޯށް ވާރޭ ވެހޭނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ. އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އާންމު ވައި ހުރީ 7 […]
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ނިންމާލައިފި އެވެ. ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައި ވަނީ ކަލާފާނު ސްކޫލުގަ އެވެ. ގޯތިތަކުގެ ގުރުއަތު އަލުން ނެގީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ގެނައި ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް […]
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ލަގްޒަރީ ހައުސިން މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ފޭސް ދޭއްގެ 125،387 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފަ އެވެ. އެތަނުގައި 47 މީޓަރު އުހަށް އިމާރާތް ކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެޗްޑީސީން ބުނީ، މި މަޝްރޫއު ހަވާލުކުރުމުގައި އިސްކަންދޭނީ، ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލްއަށް ކަމަށެވެ. ނަމަވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށްވެސް ހުށަހެޅޭނެ […]
ހުރިހާ ދާއިރާތަކުގެ ޒުވާނުންގެ ބައިވެރިވުމާއި އެކު ގައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ފަށަން ނިންމަެއިފި އެވެ، “ނޭޝަނަލް ޔޫތު ކޮންފެރެންސް” އަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޮންފަރެންސްއެކެވެ. މިކޮންފަރެންސް މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެ އެވެ. މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި […]
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކޮށްފައިވާ 4،000 ފްލެޓްގެ ކުލިތައް ކުޑަކޮށްދެއްވައިފި އެވެ. މިކަން ހާމަލުރައްވާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު، ރޭ ހުޅުމާލޭ ދެވަނަ ފިޔވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހައި ފްލެޓެއްގެ ކަންކަން ނިމި އެތަންތަން ވެރިފަރާތްތަކާއި ހަވާލުކުރެވޭނެކަމަށެވެ. އެތަނުން ފްލެޓް ލިބުނު މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ، އެޑްވާންސާއި، ކުލި ބޮޑުވުންކަން ފާަހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަމަށް ލުއިތަކެއް ދިނުމަށް ނިންމަވާފައިވާކަމަށެވެ. […]
ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ ފުލުހުން ބުނީ ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓްކުރީ މިއަދު 13:21 ހާއިރު ކަމަށެވެ. މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެމީހާއަކީ މުދާ ހިފައިގެން އެއަޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލިފައިވާ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން […]
ފިންގާ ޕްރިންޓް 509 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ޑީޕޯޓްކޮށްލާފައި ވަނީ، ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިންގާ ޕްރިންޓް ނުދީ ތިބި 509 ބިދޭސީންކަމަށެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޑީޕޯޓްކޮށްލި ބިދޭސީންގެ އަދަދު ވަނީ 9،697 އަށް އަރާފަ އެވެ. މިސަރުކާރުން ވެރިކަމާ ހަވާލުވިރު ބިދޭސީންގެ މައްސަލަ އޮތީ އަޑި […]
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން، ސައިޓް އޭގެ 23 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،009 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، ސައިޓް އޭގައި ހިއްކަން ހަމަޖެހިފައިވަނީ ޖުމްލަ 137.5 ހެކްޓަރުގެ ބިމެވެ. މީގެތެރެއިން މިހާތަނަށް 23 ހެކްޓަރު ވަނީ ހިއްކާ ނިމިފަ އެވެ. އެއީ އެއީ މުޅި މަޝްރޫއުގެ 17 އިންސައްތައެވެ. ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ […]
މާލެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ހެދުމަށް، އެސަރަހައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބުނެފި އެވެ. އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ […]
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތަށް، 62 އިންސައްތަ ރައްޔިތުން ތާއީދުކުރާކަމަށް ބާނި ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ދައްކައިފި އެވެ. ބާނި ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީއަކީ މަދަނީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ކުރި ސާވޭގައި އަހާފައިވަނީ، ޖުމްލަ ގޮތެއްގައި ބަލާއިރު ރައީސް މުއިއްޒުގެ ރައީސްކަމުގެ މަސައްކަތް ކުރައްވާގޮތާއި މެދު ހިތްހަމަޖެހެނީ ކިހާ މިންވަރަކަށްތޯކަމަށެވެ. މި ސާވޭކޮށްފައިވަނީ ރާއްޖޭގައި ވޯޓުލެވޭ މީހުންގެ މެދުގަ އެވެ. ސާވޭގައި ބައިވެރިވި މީހުންގެ 62 އިންސައްތަ މީހުން ބުނީ […]
މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ ހިލޭ ދޫކުރާނެކަމަށް ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޔޫތް މިނިސްޓަރު ވިދާޅުވީ މަދަނީ ޖަމިއްޔާތަކުން އެ ވުޒާރާއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް […]











