ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 102 / 179

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން މިހާތަނަށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ. އެމްއޭސީއެލުން ބުނީ އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވި ދުވަހުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް 508,008 ފަސެންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 252,340 ފަސެންޖަރުންގެ އިތުރުން ރާއްޖެ އައި 255,66 ފަސެންޖަރުންނެވެ. އައު ޓާމިނަލް ހުޅުވިފަހުން އެންމެ ގިނަ ފަސެންޖަރުންނަށް ހިދުމަތް ދިނީ އިއްޔެ އެވެ. އެގޮތުން އިއްޔެ […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއް އެއާލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި އެވެ. ޓާމިނަލް 1 އިން އެމިރޭޓްސް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް އެވެ. ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ […]

ޙަބަރު

ގިނަ ދާއިރާތަކަކުން ޒުވާނުން ހިމަނައިގެން ބާއްވާ ޒުވާނުންގެ ގައުމީ ކޮންފަރެންސް ފަށައިފި އެވެ. މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދާއި އެވުޒާރާގެ އިސްވެރިންނާއި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ބައިވެރިވި އެވެ. “ނޭޝަނަލް ޔޫތު ކޮންފެރެންސް” ނުވަތަ ޒުވާނުންގެ ގައުމީ ކޮންފަރެންސަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޔޫތް މިނިސްޓްރީއާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. ދެ ދުވަހުގެ މުއްދަތައް މާލޭގައި ޔޫތު ހަބްގައި ކުރިއަށްދާ މިކޮންފަރެންސްގައި އެކި ދާއިރާތަކުން 93 […]

ޙަބަރު

ޝަރީއަތް ނިމެންދެން ވަކި މުއްދަތެއްނެތް ގޮތަށް ޖަލުގައި ތިބި މީހުންގެ ތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް، އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލަ ހައްލުވާން ދެން މާ ގިނަ ދުވަހެެއް ނުވާނެ ކަމަށެވެ. މިއީ އެތަށް […]

ޙަބަރު

ހުޅުމާލޭ ފޭސް ތިނަކުން 40 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބުނެފިއެވެ. މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްއޭސީއެލުން ބުނީ މިހާތަނަށް 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާ ކަމަށެވެ. މިއީ ހުޅުމާލޭ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 63 އިންސައްތަ މަސައްކަތެވެ. ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ބިން […]

ޙަބަރު

ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ. އޭނަ ހައްޔަރުކޮށްފައިވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންނެވެ. މިމައްސަލައާ ގުޅިގެން، ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރި އިރު އޭނާ އަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފަ ހުރިކަމަށް […]

ޙަބަރު

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި އެވެ. ރަސްމާލެއަކީ މާލޭ ކައިރި ފުށިދިއްގަރު ފަޅުން 1،009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަށެކެވެ. މިއީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ކޮންސަލްޓެންސީގެ މައިގަނޑު މަގްސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް […]

ޙަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މައާފުކޮށް ދީފިއެވެ. ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދީފައިވާ ކަމަށެވެ. ޖޫރިމަނާގެ ގޮތުގައި 1.9 މިލިއަނެއްހާ ރުފިޔާ އަރާފައިވާކަމަށް އޭނަ ވިދާޅުވި އެވެ. މައާފުކޮށް ދީފައި ވަނީ މިިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިިދިޔަ މަހުގެ ނިޔަލަށް […]

ޙަބަރު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައިފި އެވެ. މާޕަރު އެއާޕޯޓް އޮޕޮރޭޓްކުރާ އައިލެންޑް އެވިއޭޝަނުން ބުނީ، އަލަށް ހުޅުވި ބަޔާއިއެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 ފްލައިޓު ޕާކު ކުރެވޭނެ ކަމަށެވެ. މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ، މާފަރު އެއާޕޯޓުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި، އިތުރު ޓަރމިނަލް އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތުގެ ބިންގާވެސް އަޅާފައެވެ. ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން 2 ފަންގިފިލައަށް ތަރައްގީ ކުރާ މިއިމާރާތުގައި 12،000 […]

ޙަބަރު

ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެެވެ. ފުލުހުން ބުނީ، ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ލިބުނީ، މިއަދު 10:17 އެހާކަންހާއިރުކަމަށެވެ. ފުލުހުން ދަނީ އެސަރަހަށްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމަަކަށް ނިސްބަތްވާ މީހެއްކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ޙަބަރު

ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ. ރައީސް މިކަން އިއުލާންކުރެއްވީ ގައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ސަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީހު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމު ކަމަށާއި ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ފްރާންސްގެ ގައުމީ އެއާލައިން, އެއާ ފްރާންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ. ޓާމިނަލް 1 އިން އެއާ ފްރާންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫންއެވެ. ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ޓާމިނަލް 1 އިން އެއާ ފްރާންސްއަށް […]