ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 101 / 179

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަޔާ ސްޓޭޝަން ރެސްކިއު ޖެޓީގެ ހިޔަނި އަދި ޑޮކް ޑިޒައިންކޮށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ. އެ މަޝްރޫއުގެ އަޕްޑޭޓްތައް ހިއްސާކުރައްވަމުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ރޫފް ޓްރަސް އިންސްޓޯލްމަންޓްގެ މަސައްކަތް 85% ނިމިފައިވާއިރު، ޔޫޓިލިޓީ، އިލެކްޓްރިކަލް އަދި ޕްލަމްބިންގެ މަސައްކަތް މިހާރު ވަނީ 80% ނިމިފަ ކަމަށެވެ. އެމްޓީސީސީއިން އިތުރަށް ބުނީ، މި މަޝްރޫއު […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ. އެ ކުންފުނިން ބުނީ ހިޔާލު ހޯދުމުގެ މި ސާވޭއިން ލިބޭ ހިޔާލުތަކަށް ބިނާކޮށް، ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. މި ހިޔާލު ހޯދުމުގެ ސާވޭ އަށް ހާއްސަކޮށްފައިވާ ފޯމްގައި އެމްޕީއެލްގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ ގޮތާ މެދު ހިތްހަަމަޖެހޭ މިންވަރާއި ކުންފުންޏާ ދޭތެރޭ އިތުރާބު އޮތް މިންވަރާއި ކުންފުނީގެ މަސައްކަތުގެ ސްޕީޑް އަދި […]

ޙަބަރު

ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެ ރަށަކާ ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އިސްކަން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ޒުވާނުންގެ ހުށަހެޅުންތަކާއި އެހެނިހެން ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރޭ ބޭއްވެވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަން […]

އަޕްޑޭޓު
ޙަބަރު

ނޯތު ހާބަރުގެ ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް އެމްއެމްއޭ ކުރިމަތީގައި ވަގުތީ ގޮތުން ޕާކުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ. ދެވަނަ ސެގްމެންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ ކަނޑު އުޅަނދުތައް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށް އެމްޕީއެލް އިން މީގެ ކުރިން ވަނީ އަންގާފަ އެވެ. އެމްޕީއެލްއިން ބުނީ […]

އަޕްޑޭޓު
ޙަބަރު

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ %30 މަސައްކަތް ނިމިފައިވާކަމަށް މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. އެމްއޭސީއެލް އިން ބުނީ ރަސްމާލޭ މަޝްރޫއުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާރު ވަނީ 41 ހެކްޓަރުގެ ބިން ކާމިޔާބުކަމާއެކު ހިއްކާފަ އެވެ. 1 ޑިސެމްބަރ 2025 ގައި ފެށި މި މަސަތްކަތް ކުރިޔަށް ގެންދަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖާސް ކަމަށްވާ ކްރިސްޓޮބަލް ކޮލޮން ބޭނުންކޮށްގެން، 46،000 ކިއުބިކް […]

އަޕްޑޭޓު
ޙަބަރު

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި 304 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އެ ޕާޓީން ބުނެފި އެވެ. ރާއްޖޭގެ މިހާރުގެ އެންމެ ބޮޑު ޕާޓީން ރޭ ވަނ އެ ދެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައި ޕްރައިމަރީ ބާއްވަންޖެހޭ އިންތިހާބީ ދާއިރާތަކާއި އެ ދާއިރާތަކުން […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުން ގަތަރުގެ ގައުމީ އެއާލައިން, ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ. އާ ޓާމިނަލުން ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާޙީމް ޝަރީފު މުހައްމަދާއި ގަތަރު އެއާވޭސްގެ ނެޓްވޯކް ސްޓޭޝަންގެ ނައިބު ރައީސް ޕައުލް […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ އެވެއާނެސް ސެޝަނެއް މިއަދު ބާއްވައިފި އެވެ. މީރުމާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންނަށް އެވެއާނެސް ސެޝަން ނަންގަވައިދެއްވީ އެސިސްޓަންޓް އޮޑިޓަރު ޖެނެރަލް އިބްރާހީމް ފަޒީލެވެ. މި ސެޝަންއަށް ފަހު، ރިސްކް ޗެމްޕިއަނުންނަށް އައްޔަންކުރި މުވައްޒަފުންނަށް ބެޖާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފަ އެވެ. ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފަޒީލެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް […]

އަޕްޑޭޓު
ޙަބަރު

ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުމުގައި ހުރި އިންތިޒާމްތައް މިހާރަށް ވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ވަނީ ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި […]

އަޕްޑޭޓު
ޙަބަރު

މޫސުމާ ބެހޭ ޤައުމީ އިދާރާގެ އައު އިމާރާތެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފިއެވެ. މެޓް އޮފީހުގެ އައު އިމާރާތެއް ތަރައްޤީކުރަނީ ރާއްޖޭގެ މޫސުމާބެހޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢަކީ އާލީ ވާރނިން ފްރޭމްވޯކް އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބައެއްކަމަށެވެ. މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު […]

ޙަބަރު

ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10ގެ ކުރިން ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް […]

ޙަބަރު

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ބަދަލު ނުކުރަން ނިންމައި، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ. ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަކުރަންޖެހޭއިރު، ހިތަދޫއިން މި ފަހަރު ވެސް އަންހެނުންނަށް ޚާއްސަކޮށްފައިވަނީ ކައުންސިލްގެ މި ދައުރުގައި ވެސް އަންހެނުންނަށް ހާއްސަކޮށްފައިވާ މާމެންދޫ ދާއިރާ އާއި ބޭރުމަތި ދާއިރާ އެވެ. އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި […]