ފުލުހުން
ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގުލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަޙްމަދު ނަޞީރު (62އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ރާއްޖެއަށް އެތެރެވި ވަގުތު، ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުންނެވެ. އަޙްމަދު ނަޞީރު ހައްޔަރުކުރުމަށްފަހު ބަލައިފާސްކުރިއިރު، […]
އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، 22 އަހަރުގެ ދިވެހި އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގައި އެކްސްޕްލޮއިޓް […]
ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތްކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފަ ވަނީ ވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހުން ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތް ކޮށްފަވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ […]
ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތުގައި ރީކުރަންގޮވާލި މައްސަކައެއް ފުލުހުން ބަލަންފަށައިފި އެވެ. މިހެން ގޮވާލާފަ ވަނީ ކުރީގެ އެމްއެންޑީއެފްގެ ނާވަލް އާކިޓެކް ފަސްޓް ލެފްޓީނެންޓް އަދި މި ސަރުކާރުގެ ކިރީގެ ޓުރާންސްޕޯޓް ޑެޕިއުޓީ މިނިސްޓަރުކަން ކުރި ޒިހާން ހަސަން އެވެ. އޭނާ ވަނީ ފޭސްބުކްގައި ރައީސް އޮފީހާއި މަޖިލީހާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލާފައެވެ. މިހެން މާނަ ދޭހަވާނެހެން ގިނަ ޕޯސްޓުތަކެއް އޭނާ ވަނީ ކޮށްފަ އެވެ. އަދި މިކަން ކުރުމުން ވަރަށް މަޖާވާނެ ކަމަށް ވެސް […]
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފޮ އެބެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، ބަލައިފާސްކޮށްފައިވަނީ ހ. މާދޫ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ. މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރެވުނު ތިން މީހުންނަކީ މި ނެޓްވޯކުގެ މުހިންމު ފަރާތްތަކެއް ކަމަށް ފުލުހުން ބުނެ އެވެ. […]
މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އިތުރަށް މަތިކުރުމުގެ ގޮތުން “ސްމާޓް ޑްރޯ” ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަން މެދުވެރިކޮށެވެ. މީގެ މަޤްސަދަކީ އެކްސިޑެންޓުތަކުގެ ތަހުގީގުތައް ހިންގާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހޯދޭ ހެކިތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ. “ސްމާޓް ޑްރޯ” އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި […]
މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް (26އ) އެވެ. ފުލުހުން ވިދާޅުވީ، 2026 އޮކްޓޫބަރު 4 ވަނަ ދުވަހުގެ ފަތިހު 03:52 އެހައިކަންހާއިރު، ހެލްމެޓް ނާޅައި ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭއިން ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން މާލޭގެ ޓްރެފިކް […]
އާންމު ތަންތަމުގައި ނިވާކަން ކުޑަކޮށް އުޅޭ ބިދޭސީންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ. މިހާރަކަށް އައިސް، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއާ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައި އަދި އެނޫން އާންމު ތަންތަނުގައި އުޅޭކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި އަމަލުތަކަކީ މުޖުތަމައުގެ އާންމު ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއްކަމާއި، އޭގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަަސަލަސްކަމަށް […]
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ފެށި ހާއްސަ މަސައްކަތުގެ ދަށުން، އަލަށް ގާއިމުކުރި ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. ފުލުހުންގެ ހޮޓްލައިނަށް ލިބުނު 65 ރިޕޯޓުގެ ތެރޭގައި ޤަވާއިދާ ހިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއަކާއި، ހުއްދައެއް ނެތި ފައިސާ މާރުކުރާ 18 ތަނެއް ހިމެނޭ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.އަދި ބޮޑު އަގުގައި ފައިސާ […]
ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި 12 ޑިސެމްބަރު 2024ގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ސުވާލުކުރުމަށް ފުލުހުން ފޮނުވި ޗިޓާ ހަވާލުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންކާރު ކުރައްވައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި އެ އިމާރާތުގައި ރޯކޮށްލާފައިވަނީ ގަސްތުގައެވެ. ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ އަމަލު ހިންގި ފަރާތް ފުލުހުންނަށް ރަނގަޅަށް އެނގޭނެ ކަމަށާއި، އެ ކަމުގެ […]
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކް ފޯހުން އިއްޔެ ހިންގި ހާއްސަ ރޭޑެއްގައި، ޖުމްލަ 426 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އުފައްދާފައިވާ ހާއްސަ ޓާސްކްފޯހުން 13 ބިދޭސީއަކު ހިފަހައްޓައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ރާއްޖޭގައި ގަވާއިދާ […]











