ޙަބަރު

އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ

އާންމު ތަންތަމުގައި ނިވާކަން ކުޑަކޮށް އުޅޭ ބިދޭސީންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރަކަށް އައިސް، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއާ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައި އަދި އެނޫން އާންމު ތަންތަނުގައި އުޅޭކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި އަމަލުތަކަކީ މުޖުތަމައުގެ އާންމު ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއްކަމާއި، އޭގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަަސަލަސްކަމަށް ނޭދެވޭ އަސަރުކޮށްފާނެ ހާލަތްތަކެއް ކުރިމަތި ވމުގެ ކުރިން އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ގާނޫނުގެ ދަށުން އަޅަން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

މިއާއެކު، ބިދޭސީން ބަލަހައްޓާ ދިވެހިން އެމީހުންގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން މިފަދަ އަމަލުތައް ނުފެންނާނެ ހެން އެމިހުންގެ އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ދިރިއުޅޭ މީހުންގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ހާއްކޮށް ކަނޑައަޅާފައިވާ ސަހައްދުތައް ފިޔަވައި، އެނޫން ތަންތަނާއި މަގުތަކުގައި ފަތުރުވެރިން އުޅޭ އުޅުމުގައި ދިވެހި މުޖުތަމައުގެ ސަގާފަތާއި އާދަކާދަ އަށް އިހްތިރާމްކޮށް، މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތައް ހެދުން އެޅުމަށް އެފަދަ ފަރާތްތަކަށް ހިދުމަތްދޭ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޝެއާ

ކޮމެންޓު