ފަހުގެ

ސަފުހާ 64 / 192

ޙަބަރު

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ. ސައުދިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ 30 މާޗު 2016 ގައެވެ. މި ފަހަރުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، 10 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި އިއްޔެ ރާއްޖެ އައި ސައުދިއާގެ SV838 ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް […]

ޙަބަރު

މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް، ރިޓަޔަރޑް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ މިއަދު މޫސާ ޢަލީ ޖަލީލް، އުއްޗުގެ އަރިހަށް ޗަމްޕާގިރިއަށް ކުރެއްވި ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުމުގައި އުއްޗު ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލަކީ އެންމެ އެކަށީގެންވާ ބޭފުޅާކަން ފާހަގަކުރައްވައި، އޭނާ އެންޑޯޒްކުރައްވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިންތިޚާބުގައި މޫސާ ޢަލީ […]

ޙަބަރު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، މިހާރަށްވުރެ މިނިވަން އަދި އިންސާފުވެރި މަޖިލިސް އިންތިހާބަކަށް ފުރުސަތު ފަހިވާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ ގިނަ ރައްޔިތުން ތާއީދުކުރާނެ ހެޔޮ ބަދަލެއް ކަމަށެވެ. މިހާރު އޮންނަ ނިޒާމުގައި ރައީސަކު އިންތިހާބުވާތާ ހަ މަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާތީ، […]

ޙަބަރު

މާލެ ސަރަޙައްދުގެ އެކި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ގޯތި ދޫކޮށްލުމަށްފަހު ސަރުކާރުގެ އައު ފްލެޓް ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ. ރައީސް ވިދާޅުވީ، “ބިންވެރިޔާ” ސްކީމާއި، އޭގެ ކުރީގެ އެކި ސަރުކާރުތަކުން ހިންގާފައިވާ ސްކީމްތަކުގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށްވެސް، މިހާރު އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން […]

ޙަބަރު

ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޕްލޭނިންގ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަށް ވެސް ވަނީ ނިންމާފައެވެ. މި މަޝްރޫޢު ކުރިއަށްދާ ސްޕީޑާ ގުޅޭގޮތުން ވާހަކަފުޅު […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ “ރިކޯލް ވޯޓު” ނެގުމުގެ އިސްލާހު، މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިޚާބީ މަގާމުތަކަށް ރައްޔިތުން އިންތިޚާބުކުރާ މީހަކު ވަކިކުރުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށެވެ. މިހާރު އޮތް ނިޒާމުގައި، ސުޕްރީމް ކޯޓުގެ ހުކުމަކުން […]

ޙަބަރު

ސަރުކާރުގެ ޓެކްސީ ލައިންގައި ޑްރައިވަރުކަން ކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފިއެވެ. އެމްއޭސީއެލުން ބުނިގޮތުގައި މި ވޯކިން އިންޓަވިއު އޮންނާނީ އަންނަ އަންގާރަ ދުވަހުގައެވެ. އެމްޓީސީސީން ބުނިގޮތުގައި މި އިންޓަވިއު ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 10 ކުން މެންދުރު 12 އަށް އަދި މެންދުރު 1 ކުން ހަވީރު 4 އަށެވެ. މިއާއެކު، މި އިންޓަވިއު ކުރިއަށްދާނީ މާފަންނު ބަސް ޓާމިނަލްގައި […]

އަޕްޑޭޓު
ޙަބަރު

ސަރުކާރުގެ ޓެކްސީ ލައިން ކަމަށްވާ “މާލެ ޓެކްސީ” ލައިންގެ ޑުރައިވަރުންގެ ދުވަނަ ބެޗްގެ ޓްރެއިނިން ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ސެޝަންތަކުގައި ފަސްޓު އެއިޑް ޓުރެނިންގެ އިތުރުން ޖެނެރަލް ސޭޕްޓީ އެވެއާނެސް ޓުރެއިނިންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓުރެއިނިންތަކަކީ ޓެކްސީ ޑުރައިވަރުންނަށް ކޮންމެ ހެން ދޭންޖެހޭ މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ބޭނުންވާނެ ތަމްރީން ދިނުމަށް ކުރިއަށް ގެންދާ މުނިންމު ޓުރެއިންތަކެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެމްޓީސީސީން ބުނިގޮތުގައި މި […]

ޙަބަރު

އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުކުރާތާ 30 އަހަރު ފުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއަން އެއާލައިންސް އިން އިއްޔެ ފުރި 324 ފަސިންޖަރުންނަށް އެމްއޭސީއެލުން ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް އިއްޔެ ކައިރިކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ ބޮޑުބެރާއި އެކީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިއީ އޮސްޓްރިއަން އެއާލައިންސް އާއި އެމްއޭސީއެލްއާ ދެމެދު އޮތް […]

ޙަބަރު

ކ. ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 35 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފި އެވެ. މި މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖެހިފައި ވަނީ 167.15 ހެކަޓަރެވެ. މީގެ ތެރެއިން މިހާރު ޖުމްލަ 35 ހެކްޓަރު ހިއްކާ ނިއްމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ބުނެފައެވެ. މިހާރު އެމްއޭސީއެލުން ދަނީ ނުހިއްކާ އޮތް 97.15 ހެކްޓަރު ހިއްކުމުގެ މަސައްކަތް ކުރަމުން ނެވެ. ގިރާވަޅު ފަޅު ހިއްކުމަށް އެމްއޭސީއެލުން ބޭނުން ކުރަމުން ދަނީ […]

ޙަބަރު

ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ މަލްޓި ސްޓޯރޭޖް ޕާކިން އިމާރާތްތަކުގެ ތެރެއިން ފުރަތަމަ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައި ގަނެފައެވެ. މި ރަސްމިއްޔާތައް ފަހު މި އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ ޓުރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ. މި މަޝްރޫއަކީ ޓުރާންސްޕޯޓް މިނިސްޓްރީއާއި އެޗްޑީސީއިން ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި […]

ޙަބަރު

މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ގިރާވަރުފަޅަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް […]