ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކައުންސިލްތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސަރުކާރުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އެންމެ ބޮޑަށް އެއްބާރުލުންދީ މަގުފަހިކޮށްދޭންޖެހޭ ފަރާތްތައް […]
ފަހުގެ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހެއްގެ މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި، އެ މީހާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މާލޭގެ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރޭގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:10 ހާއިރު އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނުނު މީހާގެ […]
މާލޭގެ ހުރިހާ ރައްޔިތުން ސިޔާސީ ޕާޓީގެ ރޫހު އެއްފަރާތްކުރުމަށްފަހު، ގައުމީ ވިސްނުމެއްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔާތު އަލައިކާ އަދުނާނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރޭ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރާއި ޕާޓީން އަބަދުވެސް އިސްކުރާނީ […]
މ. މުލީގައި ހުންނަ މ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ ސްކޫލުގައި 3 ފަންގިފިލާގެ އައު ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ […]
ބ. ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް ތަރައްގީކޮށް، އެއާޕޯޓުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ދަރަވަންދޫ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އެވެ. މި މަޝްރޫއާއެކު، މިއަދުން ފެށިގެން ދަރަވަންދޫ އެއާޕޯޓް ހިންގުމާއި ތަރައްގީކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައިވެސް މިއަދު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. […]
މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ފަށާ “މާލެ ޓެކްސީ” ލައިނަށް ބޭނުންވާ ކާރުތަކުގެ ތެރެއިން ދެވަނަ ބެޗް އިއްޔެ މާލެ ގެނެސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިފަހަރު އަލަށް ގެނެސްފައިވަނީ “ޗަންގަން ލޫމިން” މޮޑެލްގެ ކޮމްޕެކްޓް ކާރުތަކެކެވެ. މި ކާރުތަކަކީ ތިން މީހުންގެ ޖާގަ ހިމެނޭހެން، މާލޭގެ ހަނި މަގުތަކާ ގުޅޭގޮތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މާލޭގެ މަގުތަކުގެ […]
އޭޕްރިލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ކަނޑައަޅައިފިއެވެ. މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ އިންތިޚާބު އޮންނަ ދުވަހު މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކޮށް އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އަންނަ އޭޕްރިލް […]
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދާ ޚާއްސަ ތަމްރީނުތަކެއް މިއަދު ގެންގޮސްފި އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ. މިއީ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ތަމްރީނުތަކެކެވެ. މި ތަމްރީނުތައް ކުރިއަށްދާ ވަގުތުތަކުގައި، މާލޭގެ އިތުރުން ރަށްރަށުގެ މަގުމަތީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ ހަރަކާތްތައް އާންމު ވަގުތުތަކަށްވުރެ އިތުރުވާނެ […]
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، “ބިންވެރިޔާ” ޚާއްސަ ސްކީމުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި ފުރުސަތަކީ 1 މާރިޗު 2026 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ “ބިންވެރިޔާ ޚާއްސަ ސްކީމާ ގުޅޭ އުސޫލު” (އުސޫލު ނަންބަރު: 4-ޖީ/2026) ގެ ދަށުން ހުޅުވާލެވުނު ފުރުސަތެކެވެ. ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް […]
މިދިޔަ މާރިޗު މަހުގެ ތެރޭގައި ރާއްޖެއަށް 161,259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު މިހާރު ވަނީ 643,218 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ ދެމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން […]
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ފްލެޓް އެޅުމަށް 7 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފިއެވެ. ސަރުކާރުގެ “އެންމެންނަށް ބޯހިޔާވަހިކަން” ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ގުޅިގެން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، އެމްއެމްއޭގެ އިންކްލޫސިވް އެފޯޑަބަލް ހައުސިންގ ސްކީމުގެ ދަށުން، ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ ޕޯޓްފޯލިއޯގެ ފަސް އިންސައްތަ، ފަސް އިންސައްތައިގެ ޕްރޮފިޓް […]
ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ، ވޯޓުލާން އަންނަ މީހުންނާ ސުވާލުކުރުމަށްފަހު ވަކި ކަރުދާސްތަކެއް ދޫކުރުމަށް އެ ކޮމިޝަނުން ރާވަމުންދާކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ހަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅިގެންނެވެ. މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ފާހަގަކުރައްވައި، އީސީން ވިދާޅުވީ ކޮމިޝަނުގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލު […]









