ވ.އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން “އެމް.ވީ. ޑޫކް އޮފް ޔޯކް” ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް ސަސްޕެންޑްކޮށްފިއެވެ. ވ އަތޮޅަށް ފީނަން ގޮސް އުޅެނިކޮށް، އިޓަލޯ ވިލާތަށް ނިސްބަތްވާ 5 ފަތުރުވެރިއަކު ގެއްލުނު ކަމުގެ ރިޕޯޓް މި މަހުގެ 14 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ އަށް ލިބުނެވެ. މި ރިޕޯޓާއެކު އެމްއެންޑީއެފް އިން ވަނީ އެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ފަށާފައެވެ. މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ބުނީ، […]
ފަހުގެ
ވޭތުވެދިޔަ 40 އަކަށް ދުވަސް ތެރޭގައި ސަރުކާރުން، ބޭރުގެ ދަރަނީގެ ގޮތުގައި 974 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި، އިގުތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކާމިޔާބުވަމުން ކަމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ގައުމުގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖައްސަވާނެ ކަމަަށެވެ.ސަރުކާރުން ކުރަމުންދާ މި މަސައްކަތްތަކުގެ ބޭނުމަކީ ރައްޔިތުންނަށް އުފާވެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުން ކަމަށް […]
މަޖިލީހުގެ ސުޕަ މެޖޯރިޓީ ނުވަތަ 75 ގޮނޑި ރައްޔިތުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ދިނީ އުމު އަލުން އަނބުރާ ހޯދައިދިނުމަށާއި، އަސާސީ ބޭނުންތަކާއި ހިދުމަތްތައް ފުރިހަމަކޮށްދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަދައްކަަވަމުން އަބްދުއްރަހީމް ވިދާޅުވީ،ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމާއި، މިނިވަންކަން ދެމެހެއްޓުމާއި، އުމްރާނީ ތަރައްގީއާ އެކު އަދުލު އިންސާފު ގާއިމްކޮށްދިނުމަކީ ރައްޔިތުން ބޭނުންވެގެން އެ މަގާމުތައް ހަވާލުކުރި ސަބަބުތައް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ،ވެރިކަންކުރާ ޕީއެންސީ މިހާރު […]
ގައުމުގެ ކުރިއެރުމަށްޓަކައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެ އިދިކޮޅު ސިޔާސީ ފަރާތްތަކެއް މިއަދު ގައުމަށް ނުހަނު ބޭނުންވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނިމިދިޔަ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީން ބޭއްވި ޖަލްސާގައި، ރައީސް މުއިއްޒު ވަނީ،ރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެފައެވެ.ސިޔާސީ ގޮތުން ނާކާމިޔާބުވެފައިވާ ބޭފުޅުން ނުކުމެ ގައުމުގެ ކަންކަމާ މެދު ވާހަކަދައްކަވާއިރު، ޒުވާނުން އެކަންކަން ދެކެނީ ވަރަށް މާޔޫސްކަމާއެކުގައި ކަމަށް […]
މާލޭ އުތުރު ފަރާތް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސެގްމެންޓް 2، 3 އަދި 4 ގެޝީޓް ޕައިލް ކުރުމުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. އެމްޓީސީސީއިން މައުލޫމާތު ދިންގޮތުގައި،މި ސެގްމެންޓްތަކުގައި ޝީޓް ޕައިލް ކުރުމުގެ އިތުރުން ގިނަ މަސައްކަތްތަކެއް ދަނީ އެއްވަގުތެއްގައި ކުރިއަށެވެ. އެގޮތުން ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ވިއްސާރަ ދުވަސްވަރު މަގުގައި ފެންބޮޑުވާ […]
ހައްޖުގެ އަޅުކަމަށް ފުރާ ދިވެހި ހައްޖުވެރިންނާއެކު އެއާޕޯޓް ސަރަހައްދު އާދަޔާޚިލާފަށް ބާރުބޮޑުވާނެތީ، ހައްޖުވެރިން ފުރާ ވަގުތަކުގައި، އަމިއްލަ ވެހިކަލް ތަކުގައި ނުދިއުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފައެވެ. އެމްއޭސީއެލްއިން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ، މި މަހުގެ 15 އިން 19 އަށް ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ، އެ ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަމުގެ ސަބަބުން، އެއާޕޯޓްގެ ޕާކިންގެ އިތުރުން، އެއާޕޯޓްގެ ޓްރެފިކް ބާރުބޮޑުވެގެން […]
އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ބޭނުންވާ ވިޔަފާރިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު 13 މެއި 2026 އިން ފެށިގެން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ސަރަހައްދުގައި މުދާ ރައްކާކުރުމާއި ފްރީ ޒޯނާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ.ދިވެހިރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އައްޑޫ ސިޓީގައި “ފްރީ ޒޯން” އެއް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ވަނީ ފަށާފައެވެ. […]
ހިޖުރައިން 1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އިން (ވީއައިއޭ) ގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ހާމަކޮށްފިއެވެ. މި އިންތިޒާމުތައް ބަލަހައްޓަމުންދަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެންނެވެ. ފްލައިޓްތަކުގެ ތާވަލާއި މައްކާ ރޫޓް: މިއަހަރުގެ ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ […]
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ވެރިކަންކުރާ ޕީއެންސީ ގެ 73 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފިއެވެ. ޕީއެންސީގެ މެންބަރުން މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އޭނާގެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ފައިދާވާ ގޮތަށް ބައެއް ކަންކަން ނިންމަވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި، މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ […]
ގާނޫނަކާ ހިލާފު ނުވާހާ ހިނދަކު އެއްވެސް މީހަކަށް ސަރުކާރުން ފިޔަވަޅެއް ނާޅާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތު ދިނުން ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އަބަދުވެސް […]
ކުރިއަށް އޮތް އަޟްޙާ އީދާ ގުޅުވައިގެން، މިމަހުގެ 24 އަދި 25 (އާދިއްތަ އަދި ހޯމަ) ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވާފައެވެ. ރައީސް އޮފީހުން ބުނީ،އީދު ބަންދާ ގުޅިގެން މުވައްޒަފުންނަށް މެދުނުކެނޑި ދިގު ބަންދެއް ދެއްވުމަށް ރައީސް ނިންމެވީ، އާއިލާތަކާއެކު ގިނަ ދުވަހު އުފާވެރި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ކަމަށެވެ.ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 2026 މޭ […]
ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ނިގުޅައިގަނެފައި ނުވާނެ ކަމަށާއި، ޒާތީނުވެ އަދި ދޮގު ނަހަދާވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ހރިޓޭޖް އެންޑް ކަލްޗަރ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ،އަދު ޤައުމުގައި ކުރިމަތިވެގެން މިއުޅެނީ ހައްޤުތައް ހަނިވެގެން އުޅޭ މައްސަލައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދިމާވެގެން މިއުޅޭ މައްސަަލައަކީ މިނިވަންކަމުގެ ބޭނުން ހައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް […]









