ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ބޭނުންވޭ، “ބަތް ކައްކާ ކުޅޭ” ބަޔަކާ އެއްކޮށް ފައިދާއެއް ނެތް: ރައީސް

ގައުމުގެ ކުރިއެރުމަށްޓަކައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެ އިދިކޮޅު ސިޔާސީ ފަރާތްތަކެއް މިއަދު ގައުމަށް ނުހަނު ބޭނުންވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީން ބޭއްވި ޖަލްސާގައި، ރައީސް މުއިއްޒު ވަނީ،ރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެފައެވެ.ސިޔާސީ ގޮތުން ނާކާމިޔާބުވެފައިވާ ބޭފުޅުން ނުކުމެ ގައުމުގެ ކަންކަމާ މެދު ވާހަކަދައްކަވާއިރު، ޒުވާނުން އެކަންކަން ދެކެނީ ވަރަށް މާޔޫސްކަމާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމުގެ ތަރައްގީ ބާރަށް ކުރިއަށްދާއިރު، އިދިކޮޅުގައި ތިއްބެވި މި ބޭފުޅުންގެ ސަބަބުން ޒުވާން ޖީލަށް ލިބެނީ ބޮޑު މާޔޫސްކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.
“ފެއިލިއަރުން ނުކުމެ ގައުމުގެ ވާހަކަ ދެއްކީމަ ޒުވާން ކުދިން މިކަންކަން އެނަލައިސިސް ކުރާއިރު، އެ ކުދިން ތިބޭނީ ޑިސަޕޮއިންޓްވެފައި.”
މީގެއިތުރުން،ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ވާދަވެރިން އެމަނިކުފާނާ ގުޅުވައިގެން ޑޮކިއުމަންޓްރީތައް ތައްޔާރުކުރާތީ އެކަމާ ނުހަނު އުފާކުރައްވައި މާތް ﷲ އަށް ހަމްދުކުރައްވާ ކަމަށެވެ. އަދި ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައިގެން މީހެއްގެ އަގު ވައްޓާލައި އަބުރު ކަތިލަމުންދާ ދަނޑިވަޅުތަކުގައި ކެތްތެރިކަން އިސްކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން ފާހަގަކުރައްވަމުން، އެފަދަ ކަންކަމަށް ކެތްތެރިވާ މީހާއަށް މަތިވެރި ސަވާބާއި ދަރުމަ ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.






ކޮމެންޓު