ޙަބަރު
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢު: ޝީޓް ޕައިލް ކުރުމުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލޭ އުތުރު ފަރާތް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސެގްމެންޓް 2، 3 އަދި 4 ގެޝީޓް ޕައިލް ކުރުމުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން މައުލޫމާތު ދިންގޮތުގައި،މި ސެގްމެންޓްތަކުގައި ޝީޓް ޕައިލް ކުރުމުގެ އިތުރުން ގިނަ މަސައްކަތްތަކެއް ދަނީ އެއްވަގުތެއްގައި ކުރިއަށެވެ. އެގޮތުން ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ވިއްސާރަ ދުވަސްވަރު މަގުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކެޗްޕިޓްތަކާއި ފެންވަޅުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން އެންކަރ ބްލޮކްތަކާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.






ކޮމެންޓު