ޙަބަރު
އީދު ބަންދަށް އިތުރު ދެ ދުވަސް: މުވައްޒަފުންނަށް 9 ދުވަހުގެ ބޮޑު ބަންދެއް!

ކުރިއަށް އޮތް އަޟްޙާ އީދާ ގުޅުވައިގެން، މިމަހުގެ 24 އަދި 25 (އާދިއްތަ އަދި ހޯމަ) ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން ބުނީ،އީދު ބަންދާ ގުޅިގެން މުވައްޒަފުންނަށް މެދުނުކެނޑި ދިގު ބަންދެއް ދެއްވުމަށް ރައީސް ނިންމެވީ، އާއިލާތަކާއެކު ގިނަ ދުވަހު އުފާވެރި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ކަމަށެވެ.ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ.






ކޮމެންޓު