ކުރީސަރުކާރުގެ ވެރިކަން ނިމުނުއިރު އަސާސީ ޚިދުމަތްތައް އޮތީ ”ނޭވާ ހޮޅިއަށް އެޅިފައި” : ވަޒީރު ޚަލީލް
ޑރ.ޚަލީލު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިން ކަމަށާއި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް ދިން ކަމަށެވެ. ނަމަވެސް ބޭނުން ގޮތަަކަށް ގައުމު ހިންގަން ލިބުމުން، 60 ބިލިޔަނުން ދައުލަތް ދަރަނިވެރިކުރުން ފިޔަވައި އިތުރުކަމެއްނުވާ ކަމަށް ޑރ.ޚަލީލު ވިދާޅުވިއެވެ. ނުވިތާކަށް ރައްޔިތުންނަށް ދޭން ލާޒިމްކުރާ އަސާސީ ޚިދުމަތެއް ކުރިނޭރުވުނު ކަމަށް ވެސް ޑރ.ޚަލީލު ވިދާޅުވިއެވެ.ޑރ.ޚަލީލު މިހެން ވިދާޅުވެފައިވަނީ ގައުމުގެ މިސްރާބު ހަމަމަގަށް […]











