ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ. އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީ އިން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން […]
ފަހުގެ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ މަދަނީ މީހުން ގެންނަނީ ޖުމްލަ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެމީހުން “އުމުރު ދުވަހު” ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި 89 އިންޑިއާ […]
ހުޅުމާލެ 3 ގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީން މިއަދު ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްއީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 3 ގެ ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަކޮށް، އެ ސަރަހައްދުގައި ގިގަބިޓް ޕެސިވް އޮޕްޓިކް ނެޓްވޯކް (ޖީޕޮން) ވެސް އަޅާނެ ކަމަށެވެ. މިއީ ފޯނާއި އިންޓަނެޓް ފަދަ ހިދުމަތްތައް ގޭގެއަށް ގުޅައިދިނުމަށް ބޭނުންކުރާ ނެޓްވޯކެވެ. މި ކަންކަމުގެ އިތުރުން މަގުތައް ވެސް […]
އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ބޭނުންކުރާ ސްލޯގަން ކަމަށްވާ “މިސްރާބު ހަމަމަގަށް” ނިސްބަތްކުރައްވައި ރައީސް މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕީއެންސީއިން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދުގެ ކެމްޕެއިނު އިވެންޓެއްގަ އެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ ލާބައަށް ހުރި ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކަށް ފާޅުގައި ގޮންޖަހާ ބަޔަކު މަޖިލީހަށް ހޮވައިފި ނަމަ ވާނެ ހެވެއް ނެތް ކަމަށެވެ. ރައީސް މިސާލު ނެންގެވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި އޮތް ސޮވްރިން ޑިވެލޮޕްމެންޓް ފަންޑާ ގުޅޭ […]
ހދ. ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން މާދަމާ ޖަނަރޭޓަރެއް އެ ރަށަށް ފޮނުވާނެ ކަމަށް ފެނަކަ އިން މިއަދު ބުނެފި އެވެ. ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރެ އެވެ. ހޫނު ގަދަވުމުގެ ސަބަބުން ލޯޑް ނުހިފެހެއްޓި، އެ ރަށުގައި ހުރި ޖަނަރޭޓަރުތަކުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކޮންމެ ދުވަހަކު ވެސް ވަކި ގަޑިތަކެއްގައި ޖެހެނީ ރަށުން ކަރަންޓު ކަނޑާށެވެ. އެކަމާ އެ ރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފެނަކައިގެ […]
ފައްޔާޒް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ މެންދުރު ފަހު 15:00 އަށެވެ. ފައްޔާޒް ހާޒިރު ކުރަން ފޮނުވި ޗިޓުގައި އޮތީ އާރުޑީސީ އަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރުޑީސީން ކުރި މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ. އެކަމާ ގުޅިގެން ފައްޔާޒް “އެކްސް” ގައި […]
މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ހާޒިރުކުރަން ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. މި މައްސަލަ ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން މަދުވެގެން ފަސް ދުވަހުގެ ތެރޭގައި ޣައްސާން ހާޒިރުކުރުމަށް ކޮމިޓީން މިވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ އެ މައްސަލައިގައި މަޖިލީހާއި ހިއްސާކުރަންޖެހޭ […]
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެ މިނިސްޓަރު ހާޒިކޮށް މަޖިލިސް މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖޭގައި ބޮޑެތި ބަލިތައް ފެތުރެމުންދާތާ ޒަމާންތަކެއް ވެފައިވާއިރު، މިކަމާއި ގުޅޭ ދިރާސާތައް، ޚާއްސަކޮށް ކެންސަރު ބަލި ޖެހޭ މީހުން ރާއްޖޭގައި އިތުރުވެފައިވާކަމަށް ވިދާޅުވެ މިކަމަށް ޚާއްސަ ދިރާސާއެއް ކުރުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. ރާއްޖޭގައި […]
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ބޯފެން ހަދިޔާ ކުރަން ނިންމާފައިވަނީ ޗައިނާގެ ޝީޒަންގް އޮޓޮމަސް ރީޖަންގެ ޗެއާމާން މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށެވެ. ހަދިޔާކުރާނެ ކަމަށް އޭރު ބުނެފައިވަނީ ގްލޭސިއަލް ނުވަތަ ފިނި ގަދަ ސަރަހައްދުތަކުގެ ގަނޑުފެނުން އުފައްދާ ފެނެވެ. މިގޮތަށް އުފައްދާ ފެނުގެ ސާފުކަން ބޮޑުވެފައި މިނެރަލް އިން މުއްސަންޖެވެ. ޝީޒަންގް އޮޓޮމަސް ރީޖަންގައި އަގު ބޮޑު ޕްރިމިއަން ބްރޭންޑްތަކުގެ ފެން އުފައްދަ އެވެ. ހަދިޔާކުރި ފެނުގެ ޝިޕްމެންޓް މިހާރު […]
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. ކުރީގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ފެނާއި ނަރުދަމާ ހޮޅިތަކަށް އަރަ އެވެ. އެހެންވެ، ބިމުގެ އިން ވަކިކޮށްފައި އޮތަސް، އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ. އެކަމަށް އަވަސް […]
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓު މުޙައްމަދު ޒަމީރުގެ ކެމްޕެއިނަށް ރޭ ބޭއްވި ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހަދަން ޖެހިފައިވާކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ދެވަނައަށް އެންމެ އިސްކަމެއް ދެއްވައިގެން ހައްލު ކުރައްވާނީ މަގުތަކުގެ މައްސަލަ ކަމަށެވެ.އެގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހަދަން ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ […]
“2 ބިލިޔަން ރުފިޔާ އެއީ މިހާރު އެގްރީމެންޓު ކުރެވިފައި ހުރި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަދަދު، މިހާރު ކުރިޔަށްދާ 52 ޕްރޮޖެކްޓެއް އެބައޮތް. އެ ޕްރޮޖެކްޓުތަކަށް އެކަނިވެސް 528 މިލިޔަން ރުފިޔާ އެބަ ޚަރަދުވެގެންދޭ ދައުލަތުގެ ބަޖެޓުން.” ހަލީލް ވިދާޅުވިއެވެ. މި އަހަރުގެ ބަޖެޓުގެ ތެރެއިން ހެލްތު މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 380 މިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ ފަށާފައިވާ މަޝްރޫއުތަކަށް ބަޖެޓުން ޖާގަ ދީފައި ނުވާ ކަމަށެވެ. އެގޮތުން ހަވާލުކުރެވިފައިވާ މަޝްރޫއުތައް ހިންގުމަށް […]











