މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް އައިއިރު 10 ޝަކުވާއެއް ހުށަހަޅާފައިވާ އިރު، ރަޖިސްޓްރީކޮށްގެން ބަލަމުން އަންނަނީ އަށް މައްސަލައެވެ. ބާކީ އޮތް ދެ މައްސަލައާ މެދުގައި އޭސީސީން އަދި ވަކި ގޮތެއް ނުނިންމައެވެ.އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި ރިޝްވަތު ހުށަހެޅުމާއި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުން ހިމެނެއެވެ.މަޖިލިސް އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް […]
ފަހުގެ
އިހުސާން ވަނީ ކައުންސިލްތަކާއި ފުލުހުން މެދުވެރިކޮށް ރާއްޖޭގައި ތިބި ބިދޭސީން އިނގިލީގެ ނިޝާން ނަގައި ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތަށް ސޮފްޓްވެއާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގި، އެމީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައި ތިބި މީހުންކަން ކަށަވަރު ކުރުން ކަމަށް ވެސް އިހުސާން ވިދާޅުވެފައިވެއެވެ.މި ސޮފްޓްވެއަރ އާއެކު އެކި ރަށްތަކުގައި […]
ދައުލަތު މީޑިއާއަށް ރައީސް ދެއްވި އިންޓަވިއެއްްގައި ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫތައް ހަގީގަތަށް ހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ މައި ދޮރާށި، އެއާޕޯޓްގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.”އެއާޕޯޓްގެ މަސައްކަތް ދިޔައީ ވަރަށް ލަސްކޮށް ހިނގަމުން. ޓްރާންސިޝަން މަރުހަލާގައި ވެސް ބައްދަލުކުރި ކުންފުންޏަކީ އެ މީހުން އެކަނި. އެއީ ވެސް އެ މަޝްރޫއުގެ މުހިންމުކަމުގެ ސަބަބުން. ދެން ރަސްމީކޮށް އެ ސައިޓަށް ވެސް […]
ފުލުހުން ބަލަނީ އާރުޑީސީ ހިޔާނާތުގެ ފައިސާތަކެއް ފައްޔާޒަށް ޖަމާކުރި މައްސަލަފުލުހުން ބަލަނީ އާރުޑީސީއާ އެކު ވިޔަފާރިކުރާ ކުންފުންޏަކުން ފައްޔާޒަށް ޖަމާކުރި ފައިސާތަކެއްގެ މައްސަލަނަމަވެސް ފައްޔާޒް ވިދާޅުވި ގޮތުގައި، އެއީ އެ ކުންފުނިން އޭނާ ނެގި ލޯނެކެވެ. ފުލުހުންގެ އިދާރާއަށް މިއަދު މެންދުރުފަހު ފައްޔާޒް ހާޒިރުކުރީ އާރުޑީސީގެ ބައެއް މުވައްޒަފުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގާ ގުޅުން ހުރި މައްސަލައެއްގައި ސުވާލުކުރުމަށެވެ.ގާތްގަނޑަކަށް 30 ވަރަކަށް މިނެޓް އެ އިދާރާގައި ހޭދަކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް ދެއްވި ޕްރެސް ބްރީފިންގައި […]
މެޓް އޮފީހުން މިއަދު ފުރަތަމަ ސަމާލު ނެރެފައި ވަނީ އެންމެ ދެކުނުގެ ހުރިހާ އަތޮޅަކަށެވެ. މީގެ ތިން ގަޑިއިރު ކުރިން ނެރުނު ސަަމާލުގައި ބުނެފައި ވަނީ ގއ. އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާ ހަމައަށް ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށެވެ. އޭގެ ފަހުން މެޓް އޮފީހުން ވަނީ ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަަކަށް ސަމާލު ނެރެފައި ވެއެވެ. މ އަތޮޅުން ފެށިގެން ލ. އަތޮޅަށް ނެރުނު ސަމާލުގައި ބުނެފައި ވަނީ […]
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 17 ހެލްތު ސެންތަރުތަކަށް ލެބޯޓްރީ ސާމާނު ހޯދުމަށް ދިވެހިރާއްޖޭގެ ސިއްހީ ވުޒާރާއިން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޗައިނާއާއެކު ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ސިއްހީ ވަޒީރު ޑރ. އަބްދުﷲ ހަލީލްއެވެ. އަދި ޗައިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ. ސިއްހީ ވުޒާރާގައި ވެވުނު އެއްބަސްވުމާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެ ވުޒާރާއިން ބުނެފައިވަނީ، ޗައިނާއާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ދެމުން […]
ރާއްޖޭގައި މި އަހަރު ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތަކަށް އޭޝިއާގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ހިމެނިއްޖެއެވެ. އަންނަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބާއްވާ މި މުބާރާތުގައި އޭޝިއާގެ ފާހަގަކޮއްލެވޭ އެތުލީޓުން ވާދަކުރާނެއެވެ. އެގޮތުން މުބާރާތުގައި 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، ވޯލްޑް ކެރަމް ފެޑެރޭޝަންގެ މެންބަރުންނާއެކު 50 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޑެލިގޭޓުންގެ ޓީމެއް ރާއްޖެ އަންނާނެއެވެ. މުބާރާތް ރާއްޖޭގައި […]
މޯލްޑިވިއަންއިން ބުނެފައި ވަނީ، ހަފްތާގެ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ފްލައިޓްގެ ދަތުރުތައް ކޮލަމްބޯއަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ކޮލަމްބޯ ޓިކެޓްގެ އަގު 222 ޑޮލަރުން ފެށިގެން ދާއިރު، ބެގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބިގެންދާނެއެވެ. އޭގެ އިތުރުން، ކޮލަމްބޯއަށް ދަތުރުކުރާ އެހެން ފުލައިޓުތަކުން ބެގޭޖް އެލެވަންސްގެ އިތުރުކުރުމަށް ޗާޖެއް ނެގި ނަމަވެސް މޯލްޑިވިއަނުން ފޯރުކޮށްދޭ 30 ކިލޯގެ ބެގޭޖް އެލަވަންސަށް އެއްވެސް އިތުރު ޗާޖެއް ނުނަގާނެ […]
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕް ކުރުން ހުއްޓާލައި ހަރަދުތައް ކުޑަކޮށްފައިވާ ތަން ފެންނަ ކަމުގައި މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ވިދާޅުވެއްޖެއެވެ. މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ ސަރުކާރުގެ ކެޕިޓަލް ހަރަދު ވެސް ދަށްވެފައިވާ ކަން ހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު ކެޕިޓަލް އެކްސްޕެންޑިޗާ 3.2 […]
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅޭ 900 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކުރެވިފައިވާނެ ކަމަށް ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ. މުއައްސަސާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮންޓްރޯލާ ޝައްމާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު […]
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ރާއްޖޭގެ ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވާނެ ކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ ކޭޝްފްލޯ އާ ގުޅޭގޮތުން އެމްއެމްއޭގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާ އިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މީގެ ކުރިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 25 ޕަސަންޓަށް ޑޮލަރު ދޫކުރާ […]
ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކޮށްފި އެވެ. އެ ގޮތަށް ނިންމީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި، ދިވެހި ބަހާއި ތާރީހާ ބެހޭ މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް ވަނީ މަޝްވަރާ ކުރުމަށް ފަހު އެވެ. އެ މިނިސްޓްރީން އެދުނީ އީދު ދުވަސް ފާހަގަކުރަން އެކި ހަރަކާތްތައް ބާއްވާތީ އެ ދުވަހުގެ ހަވީރު ހަމައެކަނި ފައިމަގުގައި އުޅެވޭ ގޮތަށް ހަމަޖައްސައި ދިނުމަށެވެ. އެހެންވެ، މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު […]











