އައިއޭސީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޔަމަނަކީ ދުނިޔޭގައި ފެނަށް އެންމެ ބޮޑަށް ޖެހިފައިވާ އެއް ޤައުމު ކަމަށްވާއިރު، މި ރަމަޟާން މަހާ ދިމާކޮށް ދިވެހީންގެ ފަރާތުން ޔަމަނުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދެވުނު ކަމަށް އައިއޭސީން ވަނީ ހާމަކޮށްފައެވެ. ޔަމަނުގެ ގާތްގަނޑަކަށް 19 މިލިއަން މީހުންނަކީ ފެނުގެ ރައްކާތެރިކަން ނެތް މީހުންނެވެ. އޭގެ ސަބަބުން ސާފުތާހިރުކަމުގެ ހާލަތު ދަށްވެ ބަލިތައް ފެތުރުމަށް މަގުފަހިވެގެންދެއެވެ. ކޮލެރާ އާއި އެކިއުޓް […]
ފަހުގެ
ވަޒީރު އިހުސާން މިހެން ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުންވަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެނެވެ. ވަޒީރު އިހުސާން ވިދާޅުވީ މިސްރާބު ހުރިގޮތް ގޯސްވުމުން ރައްޔިތުން އެމްޑީޕީގެ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ނޫނެކޭ ބުނީ ކަމަށެވެ. އެ ސަރުކާރުން ވަނީ ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި 9000 މިލިއަން ރުފިޔާއިން ރައްޔިތުންނަށް ދަރާފައި ކަމަށް ވިދާޅުވިއެވެ. […]
މުއާޒް ރޭގައި “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދާ، މަގާމުގެ ނާޖާއިޒު ފައިދާ ނަގާ، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓްތަކުން ފެނަކައަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެތައް ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ކުންފުނި ބޮޑުތަނުން […]
ހުޅުމާލޭގައި ސަރުކާރުން ތަރައްޤީކުރާ 400 ހައުސިން ޔުނިޓްގެ މަޝްރޫއުއަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި މާލީ ވުޒާރާ އިން ވަނީ މަޝްވަރާކުރައްވައިފިއެވެ. މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ރާއްޖޭގައި ހުރިހާ ރައްޔިތުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 65000 އަށްވުރެ ގިނަ ބޯޙިޔާވަހިކަން ފަހިކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ. އެންމެ ބޮޑު […]
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ހުކުރު ޚުތުބާ އިން އެ ދުއާ މިދިޔަ މަހުން ފެށިގެން އުނިކޮށްފައިވާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާތީ އެވެ. މިނިސްޓަރު ޝަހީމު ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާ ކޮންމެ ހުކުރު ހުތުބާއެއްގައި މެދުނުކެނޑި ނެތި އަންނަ ކަމަށެވެ. އިއްޔެގެ ހުކުރު ހުތުބާގައި ވެސް އެ ދުއާ ހިމެނުނު ކަމަށާއި، އެ ދުއާ އުނކުރިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށް މިނިސްޓަރު […]
ވިލިމާލޭގައި ހަދާނީ އެ ރަށުގެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ކަމަށާއި އެއާއެކު މިހާތަނަށް ރަނގަޅު ނުކުރެވި އޮތް ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުޢިއްޒު މިހެން ވިދާޅުވީ ”ރައީސްގެ ޖަވާބު” ސިލްސިލާގައި ވިލިމާލެ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އޭނާ ސުވާލު ދެންނެވީ ވިލިމާލެ ހޮސްޕިޓަލުގައި ދޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް އެދިއެވެ.އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ވިލިމާލޭގެ ސިއްހީ […]
އެކުންފުނިން ވިދާޅުވި ގޮތުގައި، މިކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. ސްޓެލްކޯއިން ވިދާޅުވީ، ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން ކަމުގައެވެ. މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ […]
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރަން އެ ގައުމުން ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްތަށް ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފޭބުމަށް […]
ވަޒީރު އިހްސާން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އެ ނިންމުން ނިންމާނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. ” ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިންމު. މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު […]
ކުރީސަރުކާރުގެ 100 ދުވަހާއި މިސަރުކާރުގެ ފުރުތަމަ 100 ދުވަހުގެ ކާމިޔާބީތައް ރައްޔިތުންނަށް ވަރަށް ސާފެވެ. ނަމަވެސް މިގޮތަށް ހަގީގަތާ ޙީލާފު ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. ޝާހިދު މިވަގުތު ދަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރަމުންނެވެ. މިދަތުރުގައި މ. އަތޮޅު ރަތްމަންދޫއަށް ވަޑައިގެން އެކްސްގައި ހިއްސާ ކުރެއްވި ވީޑީއޯއެއްގައި ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ފެއްޓެވި ތަރައްޤީގެ މަޝްރޫއުތައް […]
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރު ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ. ކުރީ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ސައުދީން ވަނީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސައުދީން ހަދިޔާކުރި ކަދުރާ ހަވާލުވުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސޮއިކުރައްވާފަ އެވެ.
އިއްޔެ ސްޕޯޓްސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި ސޮއިކުރެވުނީ ފުވައްމުލަކު ސިޓީގެ ދަނޑިމަގު ފުޓްބޯޅަދަނޑުގެ އިތުރުން ހދ.ވައިކަރަދޫއާއި ށ.ފުނަދޫ އަދި ހއ.ވަށަފަރުގެ ފުޓްބޯޅަދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތުގައެވެ. 16 މިލިއަނަށްވުރެ ގިނައިން ޚަރަދުވާނެ މި 4 މަޝްރޫޢުގެ ތެރެއިން ފުވައްމުލަކުގެ ދަނޑިމަގުގެ ފުޓްބޯޅަދަނޑުގެ ޓާރފްއެޅުން ހަވާލުކުރެވުނީ 4،609،431.36ރ އަށް ބޮޑުތިލަ އިންވެސްޓްމަންޓްއާއެވެ. ހދ.ވައިކަރަދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ކޯލްޑް ރީފް އާއެވެ. 82 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ހަވާލުކުރެވުނު […]











