ފަހުގެ

ސަފުހާ 150 / 192

ޙަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށައިފިއެވެ. ވަޒީފާއާބެހޭ ގާނޫނަށް އަލަށް ގެނައި ބަދަލާއެކު، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް -/50،000 (ފަންސާސްހާސް) ރުފިޔާއިން މިއަދުން ފެށިގެން ޖޫރިމަނާ ކުރެވޭނެއެވެ. މިއަދުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް އެފިޔަވަޅުތައް ތަންފީޒުކުރަމުންދާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއަދުން ފެށިގެން ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުން މެނުވީ، އެކްސްޕެޓް […]

ޙަބަރު

ނިންމުންތައް ނިންމާ ކޮންމެ މަރުހަލާއެއްގައިވެސް އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު ވަރަށްބޮޑަށް އިތުރުކުރައްވައި، ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގިނަ ބައެއްގެ އަޑުއެހުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކާ، ހައްގުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކާއެކު ރާއްޖެއިން ސާބިތުކަންމަތީ ދެމިއޮންނާނެކަމަށެވެ. ވަކިން ހާއްސަކޮށް މިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ […]

ޙަބަރު

ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކޮށް، އެތަންތަނުގެ މައުލޫމާތު އާއްމުކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށްް ބާރުއެޅުމަށާއި، އެއޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް 21 ސެޕްޓެމްބަރު އިން 31 ސެޕްޓެމްބަރަށް މާލޭ ސަރަހަށްދުގައި ހާއްސަ އިންސްޕެކްޝަނެއް ކުރިޔަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. މިއީ އެ އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލް އަދި […]

ޙަބަރު

ކީރިތި ޤުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. އެގޮތަށް ހަމަޖެއްސެވީ، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، ރަމަޝާން މަހުގެ 27 ވިލޭރޭ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބާއްވަވާ ޖަލްސާގައި ކަމަށްވާތީކަމުގައި ރައީސް އޮފީހުން ބުނެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީ، އެ […]

ޙަބަރު

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގަތަރަށް ފުރާވަޑައިގަންނަވައިފިއެވެ. މި ސަމިޓް ކުރިއަށްދާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ބާއްވާ މި ސަމިޓްގައި، ރައީސް ބަޔާނެއް އިއްވަވާނެއެވެ. މި ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަކީ، ރާއްޖެއިން ގަތަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ޙިމާޔަތްކުރުމަށް […]

ޙަބަރު

ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށައިފި އެވެ. ވަޒީފާއާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި ގެނައި އިސްލާހުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާ ދިން ފަރާތުން އިހުމާލުވެއްޖެ ނަމަ އެ ފަރާތެއްގެ މައުލޫމާތު އާއްމުކުރާނެ އެވެ. އަދި އެ ފަރާތްތަކަށް މަސައްކަތްތެރިންނާ ގުޅޭގޮތުން ދޭ ޚިދުމަތްތައް ޕޯޓަލް މެދުވެރިކޮށް ވަކި މުއްދަތަކަށް ހުއްޓާލުމާއި، އޭގެ އިތުރުން، ވަޒީފާއަށް ގެނައުމަށް ފަހު ތަކުރާރުކޮށް ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް، […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ބަންދުކުރެވުނު ޕާކިން ޒޯނުގެ ބައެއް މިއަދުން ފެށިގެން ވަގުތީ ގޮތުން ހުޅުވާލުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ. ވީއައިއޭގެ އިރުމަތީ ފަރާތު ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރެވޭ ގޮތަށް ބަންދުކުރުމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ނިންމީ އާ ޓާމިނަލް ހުޅުވުމާ ގުޅިގެން، ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން އޭރު ބުނީ […]

ޙަބަރު

ސްކޭމް މައްސަލަތަކަކާ ގުޅިގެން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފޯނު އަތުލައިގަނެފި އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މިމަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށެވެ. މިފަދަ އޮޕަރޭޝަނެއް ހިންގަން ޖެހުނީ، ފުލުހުން ބުނިގޮތުގައި ހުށަހެޅޭ ސްކޭމްގެ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިގެން […]

ޙަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރަން ފަށައިފި އެވެ. ހައުސިން މިނިސްޓްރީން މިއަދު ‘އެކްސް’ ގައި ކުރި ޕޯސްޓެއްގައި ވަނީ، ގޯތި ލިބުނު ފަރާތްތަކާއި އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާއިރު ގޯތި ލިބޭ ފައިނަލް ޕްލޮޓްތައް ކަނޑައަޅާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހެވެ. ޖެހިގެން އައި ޖުލައި މަހު […]

ޙަބަރު

މާލޭ މަޖީދީ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 5:15 ހާއިރު ކަމަށެވެ. މާރާމާރީގައި ޒަހަމްވެފައިވަނީ ފުލުހުން ބުނިގޮތުގައި، 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ބުނެފައިވެ އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ޙަބަރު

އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާސްއަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް 488 ފަރާތަކުން ރެޖިސްޓާ ކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ބުނެފި އެވެ. “އެތެރެފުށާ” ވާހަކަދައްކަވަމުން ބީސީސީގެ އެގްޒެކެޓިވް ބިއުރޯގެ އެޑްމިން އޮފިސަރު އަހުމަދު އަލާއު އިސްމާއީލް މިއަދު ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހު ކުރިއަށްދާ މި ސެމިނާ އޮންނާނީ އޮންލައިންކޮށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ […]

ޙަބަރު

ރ. މާކުރަތުގައި ގާއިމުކުރާ ޕޮލިސް ޕޯސްޓު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ރޫފިންގެ މަސައްކަތާއި ބޭރު ފާރުގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. މާކުރަތުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުނީ މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އެ ދަތުރުފުޅުގެ […]