ނ. މަގޫދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމްގެ މަސްއްކަތްތައް ކަމަށެވެ. އެމްޓީސީސީގެ ވެބްސައިޓުން ފެންނަ ގޮތުގައި މިހާރު އެ މަޝްރޫއުގެ 4% މަސައްކަތް ވަނީ ނިންމާލެވިފަ އެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓު މޯބަލައިސްކުރީ […]
ފަހުގެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓު ލިބުނު މީހުންގެ ތެރެއިން 588 މީހަކު ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ން ހާމަކޮށްފި އެވެ. ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން މިހާރު ފަށާފައިވާއިރު ބައެއް ތަންތަނުގެ ތަޅުދަނޑި ހަވާލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފުރަތަމަ ހަވާލުކުރަނީ އެ ކުންފުނިން ބުނިގޮތުމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން 14 ވަނަ ޓަވަރުގެ ޔުނިޓްތަކުގެ ތަޅުދަނޑިތަކެވެ. މިހާތަނަށް 3000 އަށްވުރެ […]
އާމްދަނީ އާއި ހިލޭ އެހީ 7.8 އިންސައްތަ އިތުރުވެ، ދައުތަލުން ކޮށްފައިވާ ޚަރަދުތައް 15.5 އިންސައްތަ ދަށަށް ހިނގައްޖެއެވެ. ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، މިދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހަފްތާގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ […]
މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި 1،306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 31 އޮގަސްޓު އިން 06 ސެޕްޓެންބަރާ ދެމެދު ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 452 ކޮންޓެއިނަރާއި 40 ފޫޓުގެ 427 ކޮންޓެއިނަރު ހިމެނެއެވެ. މި މުއްދަތުގައި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. އެގޮތުން 11،730 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، 7،160 […]
މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 6.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 160 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިންނަށް ޖުމްލަ 6,374,926 ރުފިޔާ ދޫކޮށްފައިވެއެވެ. މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން އެދުވަހު 34 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް […]
ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ، އޭގެ ނަތީޖާ ނެރެވިދާނެކަން މާފުށީ ކައުންސިލުން ސާބިތުކޮށްދެއްވައިފިކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާފުށީގައި ބަނދެފައިވާ ސޭންޑް ބާޖް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ހަރަކާތްތައް ފެށިގެން އައިތާ 15 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކަށް މާލީ […]
އޮޑިޓަރ ޖެނެރަލް އޮފީހުގެ ހަ ފަންގިފިލާގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިަށްދާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތަކީ، 17426.40 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 77718.10 އަކަފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްގީ ކުރާ އިމާރާތެކެވެ. ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އެމްޓީސީސީން ބުނީ، މި މަޝްރޫއުގައި މިހާރު ކުރިޔަށްދަނީ […]
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްވިއަސް، ސޯޝަލް މީޑިއާ ރެގިއުލޭޓް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މިބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ސަރުކާރުން މި ބިލަށް ހުށަހެޅި އިސްލާހުގައި، ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ހިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ […]
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ ޕެންޝަން އިނާޔަތްތައް ކުޑަކުރަން ތާއީދުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިސްލާހު ގެންނަން ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. މިކަމާއި ގުޅިގެން، މިިދިޔަ ދައުރުގައި މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުން އެމަނިކުފާނަށްވެސް […]
މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މޮނު ހައުލޭޑަރ (47އ) އާއި ސަކީބް މިއާ (25އ) އެވެ. މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް ދެމީހުންނެވެ. މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުން ހުއްޓުވައި ބަލައިފާސްކޮށް އަދި އެ މީހުން ދުއްވި […]
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 20 އިންސައްތަ އިތުރުވެފައިވާކަމަށް ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެެއަށް 1،529،806 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ނުވަ ދުވަހު ރާއްޖެއަށް 42،880 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 20.2 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ […]
ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަށް އިސްލާހު ހުށައެޅީ، މީޑިއާއަށް އެއްވެސް ހުރަހެއް ކުރިމަތިނުކޮށް، ދޮގު މައުލޫމާތުން އާންމުން ރައްކާތެރިކުރުމުގެ މަގުސަދުގައިކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މިބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ބިލާއި ގުޅޭގޮތުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު، ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ޖުމްލަ 14 އިސްލާހެއް […]











