ރަޝިޔާގެ ކަމްޗަޓްކާ ކައިރިއަށް އައި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. ރަޝިއާގެ އިރު އުތުރު އައްސޭރީގައި އޮންނަ ކަމްޗަޓްކާއަށް އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު 07:37 ގައެވެ. ރަޝިޔާގެ ކަމްޗަޓްކާގެ ބިން ހެލުން އައި ސަރަހަށްދަކީ، މާލެއާ 9،421 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހަށްދެކެވެ. އެގައުމުގެ ނޫސްތަކުގައި ވާގޮތުން، ކަމްޗަޓްކާ ސަރަހައްދުގެ އިރުމަތީ އައްސޭރިފަށަށް ބިންހެލުން އައިސްފައިވަނީ 10 […]
ފަހުގެ
މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ މަހު ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ މުދާ ރިކަވާކުރެވުނުކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ އޮގަސްޓް މަހުގެ 1 އިން 31 އަށް މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމަންޓްތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ފުލުހުން ވަނީ އާންމުކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން، މިިދިޔަ މަހު މާލޭ ފްރަންޓްލައިން ޕޮލިސިންގ އިން 90 ސައިކަލު ރިކަވަރ ކޮށްފައިވެއެވެ. މީގެއިތުރުން 19 މޯބައިލް ފޯނާއި، ތަފާތު 40 […]
ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ އިންދުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކާ […]
ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދގެ ޖެނެރަލް އެސެމްބްލީ އިން އެކުލަވާލާފައިވާ ނިއުޔޯކް ޑެކްލެރޭޝަން ބަލައިގަތުމާއި، މިނިވަން ދެދައުލަތެއް ގާއިމުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަރްޙަބާ ވިދާޅުވެއްޖެއެވެ. ރައީސްގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރައްވައި، މިފަދަ ކަންކަމަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެފައިވެއެވެ. […]
އެސްޓިއޯއިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް “އެންމް ފިނި ހިޓާޗީ ޑީލް” ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އެސީތަކުން 1000 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. މި ކޫޕަން ބޭނުންކޮށްގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއަރ ބްލޭޑް 125 އެއް […]
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ، ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީގެ ޕޯޓަލްއިން މިއަދު ފަށާފައިވާކަމަށެވެ. އެގޮތުން އެފްޑީސީގެ ޕޯޓަލް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ތަޅުދަނޑި ހަވާލުކުރުމަށް ތައާވަލްކުރަމުންދާނެކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. އެންމެ ފުރަތަމަ ހަވާލުކުރަނީ އަމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެތެރެއިން 14ވަނަ ޓަވަރުގެ ޔުނިޓްތަކުގެ ތަޅުދަނޑިތަކެވެ. މިހާތަނަށް 3000 […]
ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ލިސްޓު އަހަރުން އަހަރަށް ރިވިއުކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި […]
ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ކަމަށް އަލަށް ހޮވި ވަޑައިގެންނެވި، ނިޢުމާތު ޝަފީޤާއި، ދިވެހިރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުހައްމަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ނިޢުމާތު ޝަފީޤު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި […]
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ހޯމަ ދުވަހު ބާއްވަން ތައާވަލްކޮށްފިއެވެ. މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް މި މަހުގެ 15 ވާ ހޯމަ ދުވަހު ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެއިދާރާއިން ބުނެފައި ވެއެވެ. ދައުރުން ބޭރުން ބާއްވާ ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރެއެވެ. […]
ޝަރީއަތެއްގެ ހެކީންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުވާތީ ފުުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޝަރީޢަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ މައްސަަލައެއްގެ ތަހުގީގުގައި، މާލޭގައި ފުލުހުން އޮޕަރޭޝަނެއް ކުރިޔަށްގެންދާކަމަށެވެ. އޮޕަރޭޝަން ކުރިޔަށްދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އޮޕަރޭޝަން ގުޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްގެ ޝަރީއަތަކާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން […]
މިދިޔަ އޮގަސްޓު މަހު މީރާއިން ޓެކްސްގެ ގޮތުގައި 2.12 ބިލިޔަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހު އެ އިދާރާއިން ބަލައިގަނެފައިވާ އާމްދަނީގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6.9 އިންސައްތަ އިތުރުވެފައެވެ. މިއީ އޮގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަށްވުރެ 3.1 އިންސައްތަ އިތުރު އަދަދެކެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓު […]











