ޙަބަރު
މިދިޔަ މަހު ގާތްގަނޑަކަށް ފަސް މިިލިއަން ރުފިޔާގެ މުދާ ފުލުހުން ރިކަވަރކުރި
މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ މަހު ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ މުދާ ރިކަވާކުރެވުނުކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ އޮގަސްޓް މަހުގެ 1 އިން 31 އަށް މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމަންޓްތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ފުލުހުން ވަނީ އާންމުކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން، މިިދިޔަ މަހު މާލޭ ފްރަންޓްލައިން ޕޮލިސިންގ އިން 90 ސައިކަލު ރިކަވަރ ކޮށްފައިވެއެވެ. މީގެއިތުރުން 19 މޯބައިލް ފޯނާއި، ތަފާތު 40 […]

- 90 ސައިކަލު: 4،285،880 ރުފިޔާ
- 19 މޯބައިލް ފޯނު:219،843 ރުފިޔާ
- 4 އިލެކްޓްރޯނިކްސް: 19،850 ރުފިޔާ
- 47 އެހެނިހެން ތަކެތި: 80،848 ރުފިޔާ
- ގެއްލުނު ފައިސާ: 329،350 ރުފިޔާ
ތަފާސްހިސާބުތަކުން ދައްކާގޮތުން، މިިދިޔަ މަހު މާލޭ މަގުމަތިން ޖުމްލަ 5،581 މީހަކު ހުއްޓުވައި ބަލައި ފާސްކޮށްފައިވެއެވެ. އޭގެތެރެއިން 5،373 މީހުންގެ ކުށުގެ ރެކޯޑު އޮވެއެވެ. ކުށުގެ ރެކޯޑު ނެތީ އެންމެ 208 މީހެއްގެއެވެ.







ކޮމެންޓު