ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. މި ސަމިޓް ކުރިއަށްދިޔައީ މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ އަރަބި – އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސް ތަގްރީރުކުރެއްވިއެވެ. އެ މަނިކުފާނުގެ ތަގުރީރުގައި، އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި ސިފަކުރެއްވިއެވެ. އިސްލާމީ […]
ފަހުގެ
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނީ، މިދަތުރުފުޅަކީ މިމަހުގެ 16 އިން 20 އަށް ޕާކިސްތާނުގެ އިސްލާމްއާބާދަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ. މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި […]
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާއެކު ރެގިއުލޭޓްކުރާނީ ރަޖިސްޓްރީކޮށް ހިންގާ ނޫސްތައް އެކަނިކަމަށާއި، މިބިލާއި ކޮންޓެންޓް ކްރިއޭޓަރުންނާ އެއްވެސް ގުޅުމެއް ނެތްކަމަށް މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ. މީޑިއާ ރެގުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅިގެން ރޭ ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިލުގައި މީޑިއާ މާނަކޮށްފައި އޮތީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ކަމަށާއި، ބިލު ތަންފީޒު ވާނީވެސް އެ މީޑިއާތަކަށް ކަމަށެވެ. އަސްވާޑް ވިދާޅުވީ […]
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ ޝާހު މާހިރު އައްޔަނުކޮށްފިއެވެ. މި މަގާމަށް ޝާހު މާހިރު އައްޔަނުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ފާމަސޫޓިކަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޯޑަށް ދެ މެމްބަރަކު ވަނީ އައްޔަންކޮށްފައެވެ. އެއީ، މ. ކުރެއްދޫގޭ އާއިޝަތު މުޙައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ (ފްލެޓް ނަމްބަރ 1-3-10) އެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” […]
އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުންކަމަށާއި، އެއީ އަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ އަރަބި – އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމަށެވެ. ޣައްޒާގެ މައްސަލައަށް ސުލްޙަވެރި […]
ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަށް ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު އެބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މިބިލު ފާސްކޮށްފައިވަނީ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ހެނދުނުން ފެށިގެން ވަނީ މީޑިއާ ކޮންޓްރޯލް ބިލުގެ މަސައްކަތްކޮށްފައެވެ. އެ އިސްލާހުތަކާއެކު ބިލު ފާސްކުރަން ވޯޓަށް އެހުމުން، ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ […]
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ. އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އެންމެ ފުރަތަމަ ކުރިޔަށްގެންދިޔައީ ކޭކް ފެޅުމުގެ ހަފްލާއެކެވެ. މި ހަފްލާގައި އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާން، އާއި މެނޭޖްމަންޓްގެ ބޭފުޅުން އަދި މުވައްޒަފުން ބައިވެރިވިއެވެ. ކޭކް ފެޅުމުގެ ހަފްލާއަށްފަހު، އެމް.ޕީ.އެލްއިން ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް، ހެނދުނު […]
ހީނާމާގޭ ޕާކިން ސަރަޙައްދުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބިދޭސީން ހައްޔަރުކޮށްފައި ވަނީ އިއްޔެ އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 19 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މީގެތެރޭގައި ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ މީހަކު ވެސް ހިމެނެއެވެ. އިމިގްރޭޝަނުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ހީނާމާގެ […]
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ޗެނަލުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް އެކަކާއި އާއި ފޭސް ދޭއް ގުޅޭ ޗެނަލް ސަރަހައްދަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއްކަމަށެވެ. އަދި އެ ސަރަޙައްދަކީ އެޗްޑީސީން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި މުރަކަ އިންދާ އާލާކުރުމަށްވެސް ކަނޑައަޅާފައިވާ ސަރަހައްދެއްކަމަށް އެކުންފުނިން ބުނެފައި […]
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާވެސް ބާއްވަން ތައާވަލްކޮށްފިއެވެ. މަޖިލީހުގެ އިދާރާއިން ބުނީ، ތައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް މި މަހުގެ 16 ވާ އަންގާރަ ދުވަހު ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ. މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރެެވެ. ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަން […]
ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށައިފިއެވެ. ފުލުހުން ބުނީ، މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައަޅާފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފލުހުން ވަނީ އެދިފައެވެ. މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން […]
މި ސަރުކާރުން، ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާނުލާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. މިއަދު މަޖިލީހުން ފާސްކުރި ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ މިވަގުތަށް މުހިންމު ބިލެއް ނޫންކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި އެކަން ސަރުކާރުން ކުރައްވަނީ އަމިއްލަ ބޭނުމެއް އޮވެގެންކަމަށާއި މި ބިލާއެކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ދައުރު ދަންމާލާނެ ކަމަށް އެ މެންބަރުން ތުހުމަތުކުރައްވައެވެ. މިކަމާ ގުޅިގެން […]











