ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ މެހެމާނުން އަމަލުކުރާނެ އުސޫލުތައް މުރާޖާކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ، މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުމަށް ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. މީޑިއާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށްދިޔައިރު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވި ބައެއް ފަރާތްތަކުން ވަނީ ބިލާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިހުތިޖާޖް ކޮށްފައެވެ. އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ނާޒިމް […]
ފަހުގެ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޗައިނާއާއެކު ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. އެމްއައިބީން މިއަދު ހާމަކުރި ގޮތުގައި 25 ސެޕްޓެންބަރުއިން ފެށިގެން، އެ ބޭންކް މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާ ފޮނުވުމާއި ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އެމްއައިބީން ޗައިނީސް ޔުއާންއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާއިރު، އެމްއައިބީން ކޯ-ސްޕޮންސަރ ކޮށްގެން އިކޮނޮމިކް މިނިސްޓްރީއާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލީބާބާ.ކޮމް އާ ގުޅިގެން “ފްރޮމް މޯލްޑިވްސް ޓު […]
ގައުމުގެ މުޅި އާބާދީ، ދުޅަހެޔޮ އާބާދީއަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ނާޒިމް ވިދާޅުވީ، ބަަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރަންޖެހޭ އަދި ވަރަށް ގިނަކަންކަމާ ގުޅި ލާމެހިފައިވާކަމެއްކަމަށެވެ. މިކަން ކަށަވަރު ކުރުމަކީ ގޮންޖެހުންތައްވެސް ވަރަށް ބޮޑުކަމެއްކަމުގައި މިިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، […]
އަލިބާބާ މެދުވެރިކޮށް ރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުގެ މާކެޓަކަށް އެކްސެސް ލިބޭކަމަށް އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީއާ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލީބާބާއާ ގުޅިގެން “ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް – އަންލޮކިންގ އީ-ކޮމާރސް ވިތު އަލީބާބާ” ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިއްޔެ ވަނީ ވެބިނާއެއް ބާއްވާފައެވެ. މިވެބިނާގައި އަލީބާބާ.ކޮމްގެ އިކޯސިސްޓަމާ ގުޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަރ އީ-ކޮމާރސް […]
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ، މިމަހުގެ 15 ވަނަ ދުވަހު، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. މި ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. މި ބިލުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، […]
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު އެބިލު މަޖިލީހުން ފާސްކޮށްފިއެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށައެޅުއްވި މި ބިލު ދިރާސާކުރި މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އި އިސްލާހުތަކާއެކުު ކޮމިޓީން ބިލު ފާސްކުރީ މިއަދުއެވެ. މިއަދުގެ ޖަލްސާގައި ބިލުގެ ކޮމިޓީ ރިޕޯޓް ވަނީ ހުށައަޅާފައެވެ. އެރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސްކޮށްފައިވާއިރު، ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ، މި ބިލާއެކު ނޫސްތައް […]
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މއ. ސިގްމާ، އަލްއުސްތާޒް މުޙައްމަދު މުޖްތާޒް މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މުޖްތާޒް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. މުޖްތާޒަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޒް މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން މުޖްތާޒާ ޙަވާލުކޮށްދެއްވާފައެވެ. މުޖްތާޒް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް […]
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަށްގެން ދޫކުރާ ލުއިލޯނާއި ގުޅިގެން އެފަރާތްތަކުގެ ހިޔާލު ހޯދައިފިއެވެ. ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވައިލައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ މިމަހުގެ 14 ވަނަ ދުވަހު ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ދޫކުރާ ލުއިލޯނު ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ. އެ […]
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދުގައި ތާރު އަޅައި، މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަށް ޖުމްލަ 144 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި މަސައްކަތް ކުރިޔަށްދާގޮތް ރައީސް ބައްލަވާލައްވާފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި، ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން […]
ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 60 ގަސް އިންދައިފިއެވެ. މި ހަރަކާތުގައި، ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީތު ބާލަސުބްރަމާނިއަމް އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު، ތާރިގް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ. މިނިސްޓްރީން ބުނީ، މި ހަރަކާތް ކުރިއަށްގެންދިޔައީ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުންތަކަށް އަލިކަމެއް ގެނެސްދިނުމާއި، ކުރިމަގަށްޓަކައި މި ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައިކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި ހާއްސަ ބައިވެރިއެކެވެ. […]
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަގާމަށް ފާތިމަތު ފާރިހަތު ވަހީދު އައްޔަންކޮށްފިއެވެ. އޮޕަރޭޝަންސް ޑައިރެކްޓަރުގެ ހައިސިއްޔަތުން އެސްޑީއެފްސީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިންގ އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ފާރިހަތު ބަލަހައްޓަވާނެއެވެ. އެސްޑީއެފްސީއާ ގުޅިވަޑައިގަތުމުގެ ކުރިން، ފާރިހަތު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑު ނެޓްވާރކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަރޝިޕްސްގެ މަގާމު ފުރުއްވާފައެވެ. ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާގައި 19 […]
ތުލުސްދޫގައި އަޅާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ. ތުލުސްދޫގައި އިމާރާތްކުރަނީ 30 އެނދުގެ އިމާރާތެކެވެ. މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އެމްޓީސީސީން ބުނީ، ހޮސްޕިޓަލް އަޅާ ސަރަޙައްދު ސާފުކުރުމާ ފެންސް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އަމަލީ މަސައްކަތަށް ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތްކަމަށް އެކުންފުނިން ބުނެއެވެ. އަދި މިމަހުގެ ފަހު ހަފްތާގައި އަމަލީގޮތުން އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ ދަށުން 30 […]











