ފަހުގެ

ސަފުހާ 147 / 192

ޙަބަރު

އިޖުތިމާއީ ގޮތުންނާއި، އަހުލާ ގޮތުން މުޖުތަމައުތައް ފަސާދަ ވަނީ، މާތް الله ދެއްވި މަތިވެރި ނިއުމަތްތައް ހަނދާން ނައްތާލާއި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް الله އަށް އުރެދި ޣާފިލުވުމުންކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޙުތުބާ ހާއްސަކޮށްފައިވަނީ، “މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫއުއަށެެވެ. ޙުތުބާގައި ބުނެފައިވަނީ، މުޖުތަމައު ގޯސްވުމުން، އެވާހަކަ ދައްކަނީވެސް ހަމަ އަހަރެމެންގެ ދޫތަކުންކަމަށެވެ. ނަމަވެސް އެކަންކަން ހައްލުކުރުމަށް އިހުލާސްތެރިކަމާއެކީ މަސައްކަތްކުރަނީ އަހަރެމެންގެ ތެރެއިން […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލްގެ “ކޮވެލި ލައުންޖް” ހުޅުވައިފިއެވެ. އައު ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފުއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި […]

ޙަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއިއްޒު، އުފައްދަވައިފިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސް އިއްޔެ ވަނީ ތަސްދީގުކުރައްވާފައެވެ. މި ބިލު ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށައިފައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި […]

ޙަބަރު

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށާނެ އެވެ. މުބާރާތް ފެށުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ. މި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެއެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ. […]

ޙަބަރު

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި، “ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު” އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުޠު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާކުރަން ފޮނުވައިފި […]

ސިޔާސީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި އެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށައެޅުއްވި މި ބިލު ދިރާސާކުރި މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އި އިސްލާހުތަކާއެކުު ކޮމިޓީން ބިލު ފާސްކުރީ މި މަހުގެ16 ވަނަ ދުވަހުގަ އެވެ. ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންވި 60 މެމްބަރުންގެ ވޯޓާއެކުއެވެ. ބިލާއި ދެކޮޅަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. ބިލުގެ ވޯޓުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައެއް […]

ޙަބަރު

ބާސެލޯ ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފްް) އިން ބުނީ، މި ހާދިސާ ހިނގީ ބާސެލޯގެ އިމާރާތުގެ އިރުމަތީކޮޅުގައި ހުންނަ އެ ހޮޓަލްގެ ޑަސްބިންތައް ބަހައްޓަން ހާއްސަކޮށްފައިވާ ތަނުގައި މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އެ އަލިފާންގަނޑު ފެތުރުމުގެ ކުރިން އެ ހޮޓަލުގެ މުވައްޒަފުން ވެގެން އަލިފާން ނިންވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޙަބަރު

ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ސަރުކާރުން ކުރިއަށް ގެންދާ ‘ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް’ ހޮވުނު 343 ޒުވާނުން ތަމްރީނަށް ގޮސްފި އެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ.. މުހައްމަދު މުއިއްޒު ވަނީ އެ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ.. މުހައްމަދު މުއިއްޒު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަމްރީނަށް ދިޔައީ ޕްރޮގްރާމަށް ކުރިަމތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު 343 ޒުވާނުން […]

ޙަބަރު

ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ނޫނީ އެއްވެސް އިސްލާހެއް ގެނައުމަށް އެދިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ ނުވަވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާ، އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، […]

ޙަބަރު

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ކަނޑައަޅައި، މި ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހޮވައިފިއެވެ. މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަގުބަލާ މެދު މަޝްވަރާކުރާނެއެވެ. މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަން އިއުލާންކުރީ މި މަހުގެ 15 އަދި […]

ޙަބަރު

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ. އެންޓި-ސްކޭމް ސެންޓަރަކީ ސްކޭމްގެ ހުރިހާ މައްސަލަތަކަކާ ދެކޮޅަށް މަސައްކަތްކުރާ މައި މަރުކަޒުގެ ގޮތުގައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާ ފުލުހުންގެ ޑިޕާޓްމަންޓެކެވެ. އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. މީގެ ތެރެއިން […]

ޙަބަރު

ރާއްޖޭގެ ކޯޓުތަކުން ހުކުމެއް ކުރަންވީގޮތެއް، ނުކުރަންވީ ގޮތެއް އެއްވެސް އިރަކު ބަލާފައި ނުވާނެކަމަށާއި، އަދި ކުރިޔަށް އޮތް ތަނުގައިވެސް ނުބަލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން މިއަދު ގެނެސްދިން ‘ރައްުޔިތުންނާއެކު’ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީއަކީ ފެށުނީއްސުރެވެސް، ފިނޭންސް މިނިސްޓްރީން އެހެން މިނިސްޓްރީތައް ކޮންޓްރޯލްކުރާހެން ކޮންޓްރޯލްކުރާތަނެއްކަމަށެވެ. އެއީ ޖުޑިޝަރީއަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. އެހެން ކަންތައްތައްވީމާ، ޖުޑީޝަރީއަށް ވަރަށް ބޮޑު ނިކަމެތިކަމެއް މި […]