ޙަބަރު

މާލޭަގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

އަހުސަން

1 މިނިޓު
މާލޭަގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭ މަޖީދީ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 5:15 ހާއިރު ކަމަށެވެ.

މާރާމާރީގައި ޒަހަމްވެފައިވަނީ ފުލުހުން ބުނިގޮތުގައި، 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ޝެއާ

ކޮމެންޓު