ފަހުގެ

ސަފުހާ 140 / 192

ޙަބަރު

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް މާކެޓްކުރުމުގެ ގޮތުން “އެކްސްޕީރިއެންސް މޯލްޑިވްސް” ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މޯލްޑިވްސް” ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް […]

ޙަބަރު

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަންހެނަކު ޒަހަމްކޮށްލައިފިއެވެ. ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނަކަށްކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ޙަބަރު

މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގައި އަހުމަދު ސައީދު ހުންނެވިއިރު، އެކުންފުނިން ޕްރޮކިއުމަންޓް އުސޫލުތަކާއި ޕީސީބީގެ ގައިޑްލައިންތަކާ ހިލާފަށް އެތައް ކަމެއްކޮށް، ބިިލިއަނުން ކުންފުންޏަށް ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓް އޮފީހުން ވަނީ ފެނަކަ ކުންފުނީގެ 2021-2023 ގެ މާލީ މުއާމަލާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައެވެ. މި ރިޕޯޓްގައި ވާގޮތުން އެ މުއްދަތުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނަތްތެރިވެފައި ވެއެވެ. 2021 ވަނަ […]

ޙަބަރު

ޒިންމާދާރު ގޮތެއްގައި ބައިނަލްއަގުވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް، އދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭން ގޮވާލައިފިއެވެ. ރާއްޖޭން މިކަމަށް ގޮވާލާފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް އާއި ބައިނަލްއަގުވާމީ ސުލްހަލަމަލަސަސް ކަމާއިގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ހައި ލެވެލް އޯޕަން ޑިބޭޓްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. މިިނިސްޓަރު ހަލީލްގެ ތަގުރީރުގައި ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް އަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު […]

ޙަބަރު

ޓިކްޓޮކް ލައިވްތަކުން މަޝްހޫރުވި އައިމިނަތު ފޭޒްލީން، ހުއްދަނެތި ގެއަކަށްވަދެ، މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން އޭނަ ދޫކޮށްލަން ކޯޓުން ކަނޑައަޅައިފިއެވެ. ފޭޒްލީން ހައްޔަރުކޮށްފައިވަނީ، ގދ ތިނަދޫގައި، ހުއްދަ ނުހޯދާއި ގެއަކަށް ވަދެ، އެގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައެއްގައިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ފޭޒްލީން ކޯޓަށް ހާޒިރުކުރުމުން ނިންމީ، 10 ގަޑިއިރު ތެރޭ 10،000 ރުފިޔާ ކޯޓުގައި ބަހައްޓާގޮތަށް ކަފާލާތުގެ ދަށުން ދޫކުރުމަށްކަމަށެވެ. 10 ގަޑިއިރުތެރޭ […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އެސެޓް ރިކަވަރީ ބިލު، ގާނޫނަކަށް ވާ ދުވަހުން ފެށިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެސެޓް ރިކަވަރީ ބިލެއް ހުށައެޅީ، މިދިޔަ ދުވަސްތަކުގައި ގަައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ […]

ޙަބަރު

ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ޓޫރިޒަމް މިިނިސްޓަރު ތާރިގް އިބްރާހީމް ގޮވާލައްވައިފިއެވެ. މިނިސްޓަރު ތާރިގް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ. މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތީމަކީ ‘ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ބަދަލުތައް’ މިއެވެ. ތާރިގް ވިދާޅުވީ، މި ތީމުން ހަނދާންކޮށްދެނީ، ފަތުރުވެރިކަމަކީ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމެއްކަން ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުގެ ދައުރު ބޮޑުކަމުން، […]

ޙަބަރު

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީޢަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް […]

ޙަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ މީހަކީ 30 އަހަރުން މަތީގެ މީހެއްކަމުގައި ވާންޖެހޭނެކަމަށް އެކޮމިޝަނަށް މެމްބަރުން އައްޔަންކުރާ ގަވައިދުގައި ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދުގައި ވާގޮތުން، މެމްބަރުކަމަށް ކުރިމަތި ލާ މީހަކީ، ކުރިމަތިލެވޭނީ ނޫސްވެރިކަމުގެ ނުވަތަ ބްރޯޑްކާސްޓިން ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް […]

ޙަބަރު

ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފިއެެވެ. ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިންކަމަށެވެ. މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. މި މައްސަލަ މިހާރު ގެންދަނީ ކަސްޓަމްސްއިން ތަހުގީގުކުރަމުންނެވެ. ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސައްތަ ވަނީ ބޮޑުކޮށްފައެވެ. އޭގެފަހުން ގިނަ […]

ޙަބަރު

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ. ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކުރެވިފައިވާ އަތޮޅުތަކުގެ ތެރޭގައި ކ. އަތޮޅު، ފ. އަތޮޅު، ވ. އަތޮޅު އަދި ގއ. އަތޮޅު ހިމެނެއެވެ. ފުލުހުން ބުނީ، މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ހިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި މި ހިދުމަތް ތައާރަފުވުމާއެކު މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތުން މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ވެގެން ދާނެ ކަމަަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ […]

ޙަބަރު

ތޫނު އެއްޗަކުން ހަމަލާދީ ލ މާވަށުގައި މީހަކު މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވަނީ ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރުއެވެ. މި މާރާމާރީގައި އަނިޔާވި އެރަށު ނަލަހިޔާ، މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލުން ބުންޏެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) […]