ރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް، ދިވެހިންނަށް އޯރޑިނަރީ ޕާސްޕޯޓުގައި ވިސާ އާނުލައި އަޒަރުބައިޖާންއަށް ދަތުރުކުރެވޭގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމުގެ މަޝްވަރާތައް ކުރީ، ޗައިނާގެ ޓިއަންޖިން ގައި ބޭއްވި އެސްސީއޯ ސަމިޓްގެ ހާވާސާގައި ދެ ގައުމުގެ ރައީސުން ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ. ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ 80 ވަނަ އދ. ގެ އާންމު މަޖިލީހު ގެ ހަވާސާގައި ބޭއްވި ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ވިސާ […]
ފަހުގެ
ތ. އޮމަދޫގެ އިހްތިސާސްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ގާނޫނު އޮންނަގޮތުން އެއްވެސް ރަށެއްގެ އިހުތިސާސްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީނުކުރެވޭނެކަމަށާއި، ނަމަވެސް މިހާރުވެސް އެ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ. ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން […]
ސަރުކާރުން ބޭނުންވަނީ، ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ހިދުމަތް ހޯދުމުގެ ‘އަޅުވެތިކަން’ ނިމުމަކަށް ގެންނަވައި، ރައްޔިތުންނާ ހިސާބަށް ފަސޭހަކަން، ގެނެސްދެއްވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ތ. ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވަނީ ރަށުގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، އުމްރާނީ ތަރައްގީގެ ކަންކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ވޭމަންޑޫގެ ތަރައްގީއަށްޓަކައި މުހިންމު ތިން މަޝްރޫއެއްގައި ރޭގެ ރަސްމިއްޔާތުގައި ސޮއިކޮށްފައިވާއިރު، މިމަޝްރޫއުތަކަކީ […]
އަތުން ހިފޭ ތަރައްގީ ހޯދާއިރު، އަތުން ނުހިފޭ ތަރައްގީއަށްވެސް އެވަރުގެ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ، އެއީ އަޅުގަނޑުމެންގެ އުޅުމާއި، ގުޅުމާއި، އަހްލާގުގެ ތަރައްގީކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި އެކުވެރި، އެއްބައެއްގެ ގޮތުގައި ދިވެހިންނަށް އުޅެވިފައި އޮތީ އިސްލާމްދީނުގެ […]
އޮޑިދޯނިފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓަރ (އާރްއެސްޑަބްލިއު) ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރުގައި އިތުރު 200 މަސްވެރިއަކަށް ލޯނު ދޫކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތ. ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އާރްއެސްޑަބްލިއު ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރެއް، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާލައްވާނޭކަމަށެވެ. މިލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައިވަނީ ހިރިލަންދޫ އޮޑިވެރިންނަށްކަން […]
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ އެކަނިވެސް 80 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަން ބިދޭސީންނަށް އެހީވާ ދިވެހިންވެސް ހޯދައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އިމިގްރޭޝަނުން […]
ޫމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ދެކޮޅަށް ކުރި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފިއެވެ. އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާ ބިލާއި ދެކޮޅަށްކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށާއި، ގާނޫނާއި، ގަވައިދާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާކަމަށް ބުނެ، މީސްމީޑިއާގައި ފުލުހުންގެ މައްޗަށ ކުރާ ތުހުމަތުތައް އެކޮމިޝަނުން ބަލަން ނިންމާފައިވާަކަމަށެވެ. ފުލުހުންގެ މައްޗަށްކުރާ މި ތުހުމަތުތައް ދޮގުކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، […]
ތ. ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިފިއެވެ. ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. މި ރަސްމިއްޔާތުގައި ރައީސްއާއި، ލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ތ. ހިރިލަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ […]
އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމަނާފައި ވީނަމަވެސް، އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކަނޑޫދޫއަކީ ރާއްޖޭގެ ދަނދުވެރިކަމުގައި މިރުސް ހެއްދުމަށް މުހިއްމު ރަށެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސް ވިއްކާ އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން […]
އައްޑޫ ސިޓީ، ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ. ފުލުހުން ބުނީ، މި މައްސަލަ ފުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 01:17 ހާއިރުކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. ފުލުހުން ބުނީ އޭނަގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށެވެ. އޭނައަށް އައްޑޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ތ. ވިލުފުށީ އުމަރު ފާރޫގް މިސްކިތް، އިސްލާމީ މަރުކަޒެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް މިގޮތަށް ކަނޑައަޅުއްވާ އެކަން އިއުލާން ކުރެއްވީ ރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ބޭއްވި ޖަލްސާގައެވެ. މި ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރައްވާނެކަމަށް ރައީސް ވަނީ އިއުލާންކުރައްވާފައެވެ. މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސް ނިންމެވި ނިންމެވުމެެވެ. މި މިސްކިތުގައި ގުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ދަނީ ހިންގަމުންނެވެ. […]
ތ. ވިލުފުށީގައި އިމާރާތްކުރާ 37 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ. ވިލުފުށީ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ އަތޮޅަަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ. މި މަޝްރޫއުގެ ދަށުން، 7،147 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކަކާއި، 2،563 އަކަފޫޓުގެ ސާވިސް ސެންޓަރަކާއި […]











