ތ. ވިލުފުށީގައި ތަރައްގީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވިލުފުށި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު […]
ފަހުގެ
އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ، މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ހަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާކަމަށެވެ. ރައީސް ވިދާޅުވީ، ގައުމުގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން […]
މާދަމާ އިން ފެށިގެން 30 މަސްދުވަސް ތެރޭ ތ ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްގީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މިއަދު ރަސްމީގޮތުން ފައްޓައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމާދެއްވާނެކަމަށެވެ. […]
ތ. ބުރުނީ ޒުވާނުން ބޭނުންވާގޮތަށް އެރަށުގައި ފަރުމަސްވެރިކަން ކުރުމަށް ފާލަމެއް ހަދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހިޔާލު ހުށަހަޅުއްވައި، ރަށަށް […]
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމްގެ ތެރެއިން ޕްރައިމަރީ، ދިވެހި އަދި އިސްލާމް މާއްދާ އިން ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގައި، ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް މަހަކު 1،500 ރުފިޔާގެ ސްޓައިޕެންޑް ލިބޭނެއެވެ. މި ސްޓައިޕެންޑް ދިނުމުގައި ހާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކަށާއި، އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދޭނެ މުދައްރިސުން ލިބުން ދަތި ރަށްރަށުގެ ސްކޫލްތަކުގައި ވަޒީފާ އަދާކުރަން އެއްބަސްވާ […]
އަންނަ އަހަރު މ. ކޮޅުފުށީގައ 100 ހައުސިން ޔުނިޓް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކޮޅުފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށުގައި ތަރައްގީކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތައް ބޭނުންކުރަން ފެށުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިތުރު ހިދުމަތްތައް ފުރިހަމަކޮށް، އެހިދުމަތްތައް ފޯރުކޮށްދީ ނިންމުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން، ކޮޅުފުށީގެ ރައްޔިތުންނަށް ވަނީ ދެއްވާފައެވެ. މީގެއިތުރު 100 ހައުސިންގް ޔުނިޓް […]
ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ގާނޫނީ ވަކީލުންނަށް ރަސްމީ ލިޔުންތަކާއި، ތައުލީމީ ސެޓްފިކެޓުތަކާއި ސަނަދުތަކުގައި އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖެހުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ބާ ކައުންސިލުން ބުނެފިއެވެ. ބާ ކައުންސިލުން މިހެން ބުނެފައި މިވަނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މިފަހުން ނެރުނު “މޯލްޑީވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖެހުމާ ގުޅޭ އުސޫލާ” ގުޅިގެންނެވެ. ގާނޫނީ ފަންނުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި […]
މ. ކޮޅުފުށީގެ މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަަވައިދެއްވީ، ރައީސް މިއަދު ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކޮންސްޓްރަކްޝަން މިިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ ދަށުން، ކޮޅުފުށީގައި 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން މިއަދު ވަނީ، އެރަށު […]
ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 ހާއިރުކަމަށެވެ. ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި […]
މާލެއާއި ވިލިމާލޭގައި ހިންގާ ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. މިއީ، މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން ކުރިޔަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އިންސްޕެކްޓްކުރާނީ ސައި ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި، ޓޭކްއަވޭ ތަންތަނުގެ އިތުރުން، ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި، އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންނަނެވެ. މި އޮޕަރޭޝަންގެ ތެރެއިން އެމްއެފްޑީއޭގެ ހުއްދަ […]
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ ގައުމީ ބުރައެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. ތާރިގް މިހެން ވިދާޅުވީ، ‘ކޮޕް30’ގެ ކުރިން ބޭއްވި “މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާލަތާ ގުޅޭގޮތަށް ބަދަލުވުމާ ބެހޭ މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުން: އެޑެޕްޓޭޝަންގެ ތަންފީޒުކުރުމާއި އިންވެސްޓްމަންޓް އަވަސްކުރުން” ބައްދަލުވުމުގައެވެ. މިނިސްޓަރު ތާރިގް ވިދާޅުވީ، “އެޑެޕްޓޭޝަން” ނުވަތަ ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ […]
މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަގީންކަންދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މުލީގައި އެޅުމަށް ނިންމާފައިވާ 300 ހައުސިންގ މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީ މަހު […]











